Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ރައީސް ސޯލިހު

ރައީސް ސޯލިހު ފުވައްމުލައް ސިޓީ އަށް ވަޑައިގެންފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށް ތާއީދު ހޯއްދެވުމަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ވަފުދެއް ފުވައްމުލައް ސިޓީއަށް ވަޑައިގެންފި. "އިތުބާރު" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ މި ދަތުރުފުޅުގައި އެ ސިޓީގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ. އަންނަ ހުކުރު ދުވަހު ބާއްވާ މި އިންތިޚާބުގައި މީކާއިލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 5 ޖޫން 2026 | ހުކުރު 13:11
ފުވައްމުލައް ސިޓީ އިން ރައީސް ސޯލިހަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފަ.

ފުވައްމުލައް ސިޓީ އިން ރައީސް ސޯލިހަށް ވަނީ ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާފަ. | އެމްޑީޕީ ސެކްރިޓޭރިއެޓް

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ފުވައްމުލައް ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ވަޑައިގަތީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އެމަނިކުފާނު އެ ސިޓީއަށް ވަޑައިގަތުމުން ފުވައްމުލަކު އެއާޕޯޓުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފަ އެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހުގައި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ބައިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހު ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށް ތާއީދު ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން "އިތުބާރު" ކެމްޕެއިން ޓީމުގެ ފަރާތުން ފުވައްމުލައް ސިޓީގައި ބޮޑު ޖަލްސާ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެ ވެ.

12 ޖޫން 2026 ގަ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި މީކާއިލްގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ އެކި ރަށްރަށަށް ދަތުރުކުރައްވައި ކެމްޕެއިން ހަރަކާތްތައް ބާއްވަމުންނެވެ.

ފުވައްމުލައް ސިޓީއެމްޑީޕީމީކާއިލް ނަސީމްއިތުބާރު ކެމްޕެއިންކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

އިތުރަށް ކިޔާލަން

05 ޖޫން 2026

ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް

05 ޖޫން 2026
ޝާހިދު ކިޔައިދެއްވީ ހައްތަހާވެސް އައްޑޫގެ ތަރައްޤީ އާއި މެދު ސަރުކާރުން "ކަނޑާ ފޮނި"، އަމަލާއި ދިމާ ނުވާ ސަބަބުތައް
05 ޖޫން 2026

ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް

05 ޖޫން 2026
ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް
05 ޖޫން 2026

''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

05 ޖޫން 2026
''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު
05 ޖޫން 2026

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު