Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރަށް ޣަފޫރު ފާޑުވިދާޅުވުން

ޣަފޫރު: މި ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއް, ސަރުކާރެއްގެ ސިފަ އެއް ނެތް

5 ޖޫން 2026 | ހުކުރު 08:45

މި ސަރުކާރަށް 170 ބިލިއަން ރުފިޔާ ލިބިފައިވާއިރު ރައްޔިތުންނަށް ފައިދާހުރި ކަމެއް ނުކުރެވޭ ކަމަށާއި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 43 ބިލިއަން ރުފިޔާގެ ބޮޑު ދަރަންޏެއް އުފައްދާފައިވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ތުހުމަތުކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 ޖޫން 2026 | ހުކުރު 08:45
ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީގެ ޖަލްސާgawi ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެމްޑީޕީގެ ޖަލްސާgawi ވާހަކަދައްކަވަނީ | އެމްޑީޕީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ވަގުންގެ ބޮޑު ގޭންގެއްގެ ގޮތުގައި  އެމްޑީޕީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ސިފަކުރައްވައިފި އެވެ.

އެމްޑީޕީ އިން އައްޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޣަފޫރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި އޮތީ ސަރުކާރެއް ނޫން ކަމަށާއި އެއީ ވަގުންގެ ބޮޑު ގޭންގެއް ކަމަށެވެ. މުޅި ދައުލަތުގެ ރައްޔިތުންގެ ފައިސާ އެ މީހުން ވަގަށް ނޮޅައި ކައި ހުސްކުރަމުންދާ ކަމަށެވެ. އަދި އެ މީހުން މަރުވާނެކަން ވެސް ހިތަށް ނާރާ ކަމަށް ޣަފޫރު ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

ޣަފޫރު ވިދާޅުވީ މީގެކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ފައިސާ ނުދޭ މިންވަރަށް މި ސަރުކާރަށް ވޭތުވެ ދިޔަ ތިންއަހަރުގެ ތެރޭގައި ބަޖުޓުން ފައިސާ ދެވިފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރަށް 170 ބިލިއަން ރުފިޔާ ދީފައި ވީ ނަމަވެސް މިހާތަނަށް އައި އިރު ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން ރާއްޖޭގެ ތާރީހުގައި ވެސް އެއްވެސް ސަރުކާރަކުން ނުއުފައްދާ މިންވަރަށް މި ސަރުކާރުން ދަރަނި އުފައްދާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ތަފްސީލްތަކަށް ބައްލަވާލައްވަމުން ޣަފޫރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެކަނިވެސް 43 ބިލިއަން ރުފިޔާގެ ދަރަނި މި ސަރުކާރުން އުފައްދާފައިވާ ކަމަށެވެ. އެކަމުން ގައުމަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ.

ސަރުކާރުގެ ތެރޭގައި ހިނގަމުންދާ ކޮރަޕްޝަނުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން ޣަފޫރު ވިދާޅުވީ، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކޮށްގެން ވައްކަން ކުރުމުގެ ސަބަބުން ކަސްޓަމްސްއަށް ދެ ބިލިއަނެއްހާ ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ޣަފޫރު ވަނީ ވިދާޅުވެފަ އެވެ. ޣަފޫރު ވަނީ ކަސްޓަމްސް އާއި އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުރި 40 ފޫޓުގެ ދެ ކޮންޓޭނަރުގެ ސިނގިރޭޓަށް ވީގޮތެއް ނޭނގި ގެއްލިފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސަރުކާރަށް ނޭނގި ދެ ތެޔޮ ބޯޓު ރާއްޖޭގެ ސަރަހައްދުގައި ހަތް ދުވަސް ވަންދެން އޮތް ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެ ބޯޓުތައް ފަހުން ބެލިއިރު އޭގައި އެއްވެސް އެއްޗެއް ނެތް ކަމަށް ޣަފޫރު ވިދާޅުވި އެވެ. 


ޑރ. މުޙައްމަދު މުޢިއްޒުއަބްދުލްޣަފޫރު މޫސާއެމްޑީޕީހިތަދޫ އުތުރުއަބްދުﷲ ސާދިގު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

05 ޖޫން 2026

''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު

05 ޖޫން 2026
''ޕީއެންސީން މިތަނަށް ވޯޓު ހޯދަން ފޮނުވާފައި އެހުރީ އުކުޅަހު ކުއްޖެއް'' : ކުރީގެ ރައީސް ނަޝީދު
05 ޖޫން 2026

ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް

05 ޖޫން 2026
ބައި އިލެކްޝަންގައި ވާދަކުރާ ސޮޑާ އަކީ އަވަށްޓެރި ދެ ގައުމަކުން ބޮއިކޮޓްކޮށްފައިވާ މީހެއް: އަސްލަމް
04 ޖޫން 2026

ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

04 ޖޫން 2026
 ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ތިނަދޫ ކައުންސިލްގެ ރައީސް މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި
04 ޖޫން 2026

ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ

04 ޖޫން 2026
ކަންކަން ނުވިޔަސް ޕީއެންސީ މެމްބަރުން ތިބޭނީ އާގަމަ ވެފައި، ބައި އިލެކްޝަންގައި އެމްޑީޕީ ހޮވަންވީ އެހެންވެ: ސޯބެ
04 ޖޫން 2026

މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު

04 ޖޫން 2026
މިއަދުގެ ހާލަތަކީ މަޖިލީހުގެ ރިމޯޓް އޮތީ ރައީސްގެ އަތްޕުޅުގައި، ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ މަޖިލީސް ސަލާމަތްކުރުން : ރައީސް ސޯލިހު
04 ޖޫން 2026

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް

04 ޖޫން 2026
އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިބްރާހިމް މުހައްމަދު (ވާޑު)ގެ ތާއީދު މީކާއިލް އަށް
04 ޖޫން 2026

އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް

04 ޖޫން 2026
އެމްޑީޕީގެ މެމްބަރުން ކުރިއަށް ދާން ބޭނުމީ ޕާޓީ އާއި އެކު ދެގޮތެއް ނުވެ ތިބި ފަރާތްތަކާއި އެކު: މީކާއިލް
04 ޖޫން 2026

ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު

04 ޖޫން 2026
ވޯޓުލީ މީހާ އަމިއްލައަށް ޖެހި އިތުރު ފާހަގައެއް އެމްޑީޕީގެ ވޯޓުގެ ތެރެއިން ބާތިލުކުރި 3 ވޯޓު ކަރުދާހުގައިވެސް ނެތް: ސުއޫދު
03 ޖޫން 2026

ރައީސް ސޯލިހު ސޯބެގެ ކެމްޕެއިނަށް އައްޑޫ އަށް ވަޑައިގެންފި

03 ޖޫން 2026
ރައީސް ސޯލިހު ސޯބެގެ ކެމްޕެއިނަށް އައްޑޫ އަށް ވަޑައިގެންފި
03 ޖޫން 2026

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު

03 ޖޫން 2026
ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަކީ ވެސް ވަރަށް ނުބައި މަގާމެއް، އިންތިޚާބުގައި ވާދައެއް ނުކުރާނަން: ކުރީގެ ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް