Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އުތުރު ކޮރެއާ

އެމެރިކާ އިން ވަނީ އުުތުރު ކޮރެއާ އާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި: އުތުރު ކޮރެއާ

ދާދިފަހުން އެމެރިކާގެ ހަނގުރާމައިގެ މަތިންދާ ބޯޓުތައް ވަނީ އުތުރު ކޮރެއާގެ އަށްސޭރިފަށާ ގާތުން އުދުހިފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2017 | އަންގާރަ 08:20
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކޮށް ބައިނަލްއަގްވާމީ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުން

އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކޮށް ބައިނަލްއަގްވާމީ ގޮވާލުންތަކަށް ބީރުކަންފަތެއް ދެމުން

އެމެރިކާ އިން އުތުރު ކޮރެއާ އާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފައިވާ ކަމަށާއި އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓުތައް ވައްޓާލުމުގެ ހައްގު އުތުރު ކޮރެއާ އަށް ލިބިގެންވާ ކަމަށް އުުުތުރު ކޮރެއާ އިން ބުނެފިއެވެ.

އުތުުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން-ހޯ އިތުރަށް ވިދާޅުވީ އެމެރިކާގެ ބޮން އަޅާ މަތިންދާ ބޯޓުތައް ދަތުރު ކުރަނީ އުުތުރު ކޮރެއާގެ ވައިގެ ސަރަހައްދުން ނޫން ކަމަށް ވިޔަސް އެ ބޯޓުތައް ވައްޓާލުމުގެ ހައްގު އުުތުރު ކޮރެއާ އަށް އޮންނާނެ ކަމަށެވެ. ރީ ޔޮން-ހޯ އދ ގެ ޖެނެރަލް އެސެމްބްލީ އަށް، އެމެރިކާގެ ނިއު ޔޯކް އަށް ވަޑައިގަތުމަށް ފަހު ފުރާވަޑައިގަތުމުގެ ކުރިން ރިޕޯޓަރުންނަށް ވިދާޅުވީ "މުޅި ދުނިޔެ ހަނދާން ކުރަން ޖެހޭނެ ކަމަކީ އުތުރު ކޮރެއާ އާ ދެކޮޅަށް ފުރަތަމަ ހަނގުރާމަ އިއުލާން ކުރިީ އެމެރިކާ އިން ކަމަށެވެ."

އުތުުރު ކޮރެއާގެ ފޮރިން މިނިސްޓަރު ރީ ޔޮން-ހޯ މިމޭރުމުން ވާހަކަފުޅު ދެއްކެވީ އުުތުރު ކޮރެއާގެ "ލީޑާޝިފް މާގިނަ ދުވަހެއްވަންދެން ނުއޮންނާނެ" ކަމަށް ވިދާޅުވެ ޓްވީޓް ކުރެއްވުމާ ގުޅިގެންނެވެ.

ދާދިފަހުން އެމެރިކާގެ ހަނގުރާމައިގެ މަތިންދާ ބޯޓުތައް ވަނީ އުތުރު ކޮރެއާގެ އައްސޭރިފަށާ ގާތުން އުދުހިފައެވެ.

އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނެފައި ވަނީ އުތުުރު ކޮރެއާގެ ވާހަކަތަކަކީ "ހަމަނުޖެހޭ މޮޔަ" ވާހަކަތަކެއް ކަމަށެވެ. އަދި އެމެރިކާގެ ޕެންޓަގަން އިން ބުނެފައި ވަނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ވާހަކަ ހުއްޓާލުމަށް އުުުތުރު ކޮރެއާ އަށް ގޮވާލާ ކަމަށެވެ. އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ވާހަކަފުޅާއި ގުޅިގެން އދ ގެ ތަރުޖަމާނު ވިދާޅުވީ "ރުޅިވެރިކަމުގެ ވާހަކަތަކުގެ ސަބަބުން" ވަރަށް ނުރައްކާތެރި އޮޅުންތައް އަރާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުުތުރު ކޮރެއާ އަށް އަންގަމުން ދަނީ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ ގޮވުންތަކަށް ދަނީ ބީރުކަންފަތެއް ދެމުންނެވެ. އުތުރު ކޮރެއާގެ އަމަލުތަކާ ހެދި ބައިނަލްއަގްވާމީ ދުނިޔެއާއި އެގައުމާމެދު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

ކިއުބާގެ ރައްޔިތުންނަށް ވިސާއާ ނުލައި އެމެރިކާގައި ތިބެވޭ ތިބުން ނިމުމަކަށް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު