Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ގަލްފު ސަރަހައްދުގައި އީރާން އިން ދިން މިސައިލް ހަމަލާ ތަކެއް ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި

ސެންޓްކޮމް އިން ވަނީ އީރާންގެ ވާހަކަތައް ދޮގު ކޮށްފައި. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ، އީރާން އިން އަވަށްޓެރި ގައުމު ތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ތަކެއް ފޮނުވާލި ނަމަވެސް، އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލު ވެފައި ނުވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 06:29
ޔޫއެސްއެސް އަބްރަހަމް ލިންކަން.

ޔޫއެސްއެސް އަބްރަހަމް ލިންކަން. | ރޮއިޓާސް

ގަލްފު ސަރަހައްދުގައި އީރާން އިން ފޮނުވާލި މިސައިލް ތަކާއި ޑްރޯން ހަމަލާ ތަކެއް އެމެރިކާގެ އަސްކަރިއްޔާ އިން ކާމިޔާބު ކަމާ އެކު ހުއްޓުވާފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަންގާރަ ދުވަހު ބުނީ، އީރާންގެ ހަމަލާ ތަކުން ދިފާއު ވުމުގެ ގޮތުން އީރާންގެ ގޭޝްމް އައިލެންޑަށް އެމެރިކާ އިން ހަމަލާ ތަކެއް ދީފައިވާ ކަމަށެވެ.

އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ބަހްރެއިން ގައި ހުންނަ އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސް ވަނަ ފްލީޓްގެ މައި މަރުކަޒަށާއި، އެ ސަރަހައްދުގައި ހުރި އެހެން އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ސެންޓްކޮމް އިން ވަނީ އީރާންގެ މި ވާހަކަތައް ދޮގު ކޮށްފަ އެވެ. ސެންޓްކޮމް އިން ނެރުނު ބަޔާނެއްގައި ބުނީ، އީރާން އިން އަވަށްޓެރި ގައުމު ތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ތަކެއް ފޮނުވާލި ނަމަވެސް، އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލު ވެފައި ނުވާ ކަމަށެވެ.

މި ހަމަލާ ތަކުގެ ތަފުސީލް ހާމަ ކުރަމުން އެމެރިކާ އިން ބުނީ ކުވެއިތަށް އަމާޒުކޮށް އީރާން އިން ފޮނުވާލި ދެ މިސައިލެއް މަގު މަތިން ފެއިލް ވެފައިވާ ކަމަށެވެ. އަދި ބަހްރެއިން އަށް އަމާޒުކޮށް ފޮނުވާލި ތިން މިސައިލެއް އެމެރިކާ އާއި ބަހްރެއިންގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ވައްޓާލާފައި އެވެ. ކުވެއިތުގެ އަސްކަރިއްޔާ އިން ވެސް ވަނީ އެ ގައުމަށް އަމާޒުވި މިސައިލް ތަކާއި ޑްރޯން ހަމަލާތައް ދިފާއު ކޮށްފައިވާ ކަމަށް ބުނެފައި އެވެ. މީގެ އިތުރުން، ކުވެއިތުގައި ތިބި އެމެރިކާ ސިފައިންނަށް އަމާޒުކޮށް އީރާން އިން ފޮނުވާލި ޑްރޯން ތަކެއް ވެސް ވައްޓާލާފައިވާ ކަމަށް ސެންޓްކޮމް އިން ބުންޏެވެ.

ކަނޑު މަތީގެ ސަލާމަތާ ގުޅޭ ގޮތުން ސެންޓްކޮމް އިން ބުނީ، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ އާންމު އުޅަނދު ތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި ތިން ޑްރޯނެއް ވެސް އެމެރިކާ ސިފައިން ވައްޓާލާފައިވާ ކަމަށެވެ. އެމެރިކާ އިން ހަމަލާ ދިން ގޭޝްމް އައިލެންޑް އަކީ ތެޔޮ ބޭރު ކުރާ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒްގައި އޮންނަ ރަށެކެވެ. މިދިޔަ ފެބްރުވަރީ މަހުގެ ފަހު ކޮޅު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އީރާން އިން ވަނީ މި ސަރަހައްދު ބަންދު ކޮށްފައި އެވެ.

އެމެރިކާ އިން ބުނީ ގޭޝްމް އައިލެންޑް އަށް ދިން ހަމަލާގައި އަމާޒު ކުރީ އީރާންގެ އަސްކަރީ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަނަކަށް ކަމަށާއި، މި ހަމަލާގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާ ވެފައި ނުވާ ކަމަށެވެ. ނަމަވެސް އީރާންގެ ރަސްމީ ނިއުސް އެޖެންސީ އިރްނާ މެދުވެރިކޮށް އައިއާރުޖީސީ އިން ބުނީ، އެމެރިކާގެ މަރުކަޒު ތަކަށް ހަމަލާ ދިނީ ގޭޝްމް އައިލެންޑަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ. މި ވާހަކަ ތަކަށް ރައްދު ދީ ސެންޓްކޮމް އިން އެކްސްގައި ބުނީ އެއީ ދޮގެއް ކަމަށާއި، އެމެރިކާ ސިފައިންނަށް ދިން ހުރިހާ ހަމަލާއެއް ނާކާމިޔާބު ވެފައިވާ ކަމަށެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ދާއިމީ ސުލްހަ އަކަށް ކުރެވުނު މަޝްވަރާތައް ވަނީ ނާކާމިޔާބު ވެފައި އެވެ. އީރާން އިން ހޯމަ ދުވަހު ބުނެފައި ވަނީ ލުބުނާންގައި އިޒްރޭލް އިން ހިންގާ އަސްކަރީ ހަރަކާތް ތަކުގެ ސަބަބުން، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އަތު ވެދާނެ ކަމަށެވެ.

މީގެ އިތުރުން، އޭޕްރީލް 13 ވަނަ ދުވަހުން ފެށިގެން އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑްއާ ޚިލާފަށް އީރާންގެ ބަނދަރަކަށް ދަތުރު ކުރަން އުޅުނު އުޅަނދަކަށް އެމެރިކާ ސިފައިން ވަނީ މިސައިލުން ހަމަލާދީ އެ އުޅަނދު ހުއްޓުވާފައި އެވެ. މިއީ މި ބްލޮކޭޑްއާ ޚިލާފު ވެގެން އެމެރިކާ އިން ބާރުގެ ބޭނުން ކޮށްގެން ހުއްޓުވި ހަ ވަނަ އުޅަނދެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްކޮމްގަލްފް ސަރަޙައްދު

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

އީރާންގެ ކްރިޕްޓޯ އެކްސްޗޭންޖު ތަކަށް އެމެރިކާ އިން ފިޔަވަޅު އަޅައިފި

03 ޖޫން 2026
މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

މުޖުތަބާ ޚާމަނާއީ ދިރި އެބަހުރި، ޙަރަކާތްތެރިކަން އިތުރުވޭ: ރޫބިއޯ

03 ޖޫން 2026
މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

03 ޖޫން 2026
ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ

ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ

02 ޖޫން 2026
ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް

ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް

02 ޖޫން 2026

އަހަރުތަކުން މިއަދު

2 ޖޫން
4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި
20251 އަހަރު ކުރިން
ރިޕޯޓު

4000 ފުލެޓުގެ ވައުދު ފުއްދޭނެ "ސިމްޕަލް" ގޮތެއް ނަސީބަކުން 18 މަސް ފަހުން ރައީސް މުއިއްޒު އަށް ވިސްނި ވަޑައިގެންފި

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"
20242 އަހަރު ކުރިން
ރިޕޯޓު

ކަރަންޓް ބިލް ބޮޑުކުރީ "ސީދާ ރައީސް ޑރ މުއިއްޒު ވިދާޅުވެގެން"

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި
20233 އަހަރު ކުރިން
ރާއްޖެ

މަޖިީދީ މަގުގައި މާރާމާރީއެއް ހިންގައިފި

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް
20224 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި "ޒެނޮފޯބިއާ": ކަންބޮޑުވާން ޖެހިފައިވާ ކަމެއް

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް
20215 އަހަރު ކުރިން
ރާއްޖެ

އެމްބިއުލާންސް އަށް ވިހޭ މާބަނޑުމީހާ، ގުޅިތާ ހަތް މިނެޓު ތެރޭގައި ބަލައި ފޮނުވިން- އައިޖީއެމްއެޗް

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި
20197 އަހަރު ކުރިން
ރާއްޖެ

ދީނާއި ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދިޔަ ގެއެއް ރޫޅާލައިފި

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!
20188 އަހަރު ކުރިން
ރިޕޯޓު

ދަރިފުޅު މަރުވީ އިހުމާލުގެ ވާހަކަ ދަރިފުޅު އަމިއްލައަށް ބުނި ދުވަހު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު