Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ވާހަކަ ދެއްކުން ނުވަތަ މަޝްވަރާ ކުރުންތައް ކުރިއަށް ދާ ކަމަށާއި ހަތަރު ދުވަސް ކުރިން، ތިން ދުވަސް ކުރިން، ދެ ދުވަސް ކުރިން، އެއް ދުވަސް ކުރިން އަދި މިއަދު ވެސް ވާހަކަ ދައްކާފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 3 ޖޫން 2026 | ބުދަ 03:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ކުރިއަށް ދޢ މަޝްވަރާތައް ހުއްޓާލާފައިވާ ކަމަށް އީރާން އިން ބުނި ނަމަވެސް، އީރާން އާއެކު ވާހަކަ ދެއްކުން ހުއްޓައި ނުލާ ކަމަށާއި، މިއީ އެއްބަސްވުމަކަށް އަންނަންވީ ވަގުތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

އީރާންގެ ސަރުކާރާ ގުޅުން އޮންނަ މީޑިއާ ތަކުން ބުނެފައި ވަނީ، އެމެރިކާ އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް އީރާން އިން "ސަސްޕެންޑު" ކޮށްފައިވާ ކަމަށެވެ. އެއީ އިޒްރޭލް އިން ލުބުނާން އަށް އަރައި ގަތުމާ ގުޅިގެންނެވެ. ހަނގުރާމަ ހުއްޓާލުމަށް އީރާން އިން ކުރާ ޝަރުތު ތަކުގެ ތެރޭގައި، ސަރަހައްދުގައި ހިނގާ ހުރިހާ ހަނގުރާމައެއް ހުއްޓާލަން ވަނީ ހުށަހަޅައިފަ އެވެ.

ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް އީރާން އިންް ހުއްޓާލާފައިވާ ކަމަށް ބުނެ ދައުރު ކުރަނީ ދޮގު ވާހަކަ ތަކެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން ފަތުރަމުން އަންނަނީ ދޮގު ޚަބަރު ތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އީރާނާ އެކު އެއްބަސްވުމަކަށް އާދެވެނޭ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ ވާހަކަ ދެއްކުން ނުވަތަ މަޝްވަރާ ކުރުންތައް ދެމިއޮތް ކަމަށާއި ހަތަރު ދުވަސް ކުރިން، ތިން ދުވަސް ކުރިން، ދެ ދުވަސް ކުރިން، އެއް ދުވަސް ކުރިން އަދި މިއަދު ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ވާހަކަ ތަކުން ނިކުންނާނީ ކޮން ކޮން ނަތީޖާއެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަމަށާއި، އީރާން އިން ބުނާ ގޮތުން ނަމަ މިއީ އެއްބަސްވުމަކަށް އައުމުގެ ވަގުތު ކަމަށެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ ހަތް އަހަރު ނުވަތަ 10 އަހަރު ވަންދެން އީރާން އިން މިކަން ކުރަމުން އަންނަ ކަމަށާއި، އިތުރަށް މިކަން ދިގު ދެންމުމަކީ ބަަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމަށް ހުއްދައެއް ވެސް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާން އާއި އެމެރިކާއާ ދެމެދު ވާހަކަތައް ކުރިއަށްދާ މިންވަރާ ބެހޭ ގޮތުން ދެ ގައުމުން ވެސް ތަފާތު ވާހަކަތައް ދައްކަމުން އަންނައިރު، މި ވާހަކަ ތަކުގެ މައިގަނޑު މަގުސަދަކީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ބެހޭ ގޮތުން ހައްލެއް ހޯދުން ކަމަށް ބެލެވެ އެވެ. އީރާން އާއި ބައިނަލްއަގުވާމީ ބާރުތަކާ ދެމެދު ވެފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ ޓްރަމްޕްގެ ވެރި ކަމުގެ ފުރަތަމަ ދައުރުގަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

02 ޖޫން 2026

ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ

02 ޖޫން 2026
ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ
02 ޖޫން 2026

ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް

02 ޖޫން 2026
ހަނގުރާމަ ހުއްޓާލައި، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށް ހަފުތާއެއްގެ ތެރޭ އެއްބަސްވުމަކަށް އާދެވޭނެ: ޓްރަމްޕް
02 ޖޫން 2026

އީރާން އާއެކު މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

02 ޖޫން 2026
އީރާން އާއެކު މަޝްވަރާތައް ނުހުއްޓި ކުރިއަށްދާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
01 ޖޫން 2026

އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

01 ޖޫން 2026
އީރާންގެ ރައީސް ޕެޒެޝްކިއާން އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
01 ޖޫން 2026

އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި

01 ޖޫން 2026
އެމެރިކާގެ އެއާ ބޭސް އަކަށް އީރާން އިން ރައްދު ހަމަލާ ދީފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު