Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ނަތަންޔާހޫއާ ނުރުހުންވެ، ޓްރަމްޕް އޭނާ އަށް ފާޑު ވިދާޅުވެއްޖެ

2 ޖޫން 2026 | އަންގާރަ 08:50

ލުބުނާނުގެ ބެއިރޫތަށް ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަންގަވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. އިޒްރޭލުގެ އަމަލުތަކުގެ ސަބަބުން މުޅި ދުނިޔެ އެ ގައުމާ މެދު ފޫހިވެފައިވާ ކަމަށާއި، އާންމުން މަރުވާ ގޮތަށް ދޭ ހަމަލާތަކުގެ ސަބަބުން އިޒްރޭލު ބައިނަލްއަގުވާމީ މައިދާނުގައި އެކަހެރިވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. މި ފޯނު ކޯލަށް ފަހު، ބެއިރޫތަށް ހަމަލާ ދިނުމަށް ރާވާފައި އޮތް ރޭވުންތައް އިޒްރޭލުން މިހާރު ވަނީ މަޑުޖައްސާލާފައެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 2 ޖޫން 2026 | އަންގާރަ 08:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އިޒްރޭލް އިން ލުބުނާން އަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށް، މަސްރަހު އިތުރަށް ގޯސް ކުރަމުން ދާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު ވަރަށް ބޮޑަށް ކޯފާވެ، ހަރުކަށި އިބާރާތުން ފާޑު ވިދާޅުވެއްޖެ އެވެ.

އެކްސިއޯސް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު މި ދެ ބޭފުޅުން ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާ ތަކުގައި ޓްރަމްޕް ވަނީ ނަތަންޔާހޫއާ ދިމާލަށް ހަޑި ހުތުރު ބަހުން މުޚާތަބު ކުރައްވައި، ލުބުނާންގެ ވެރިރަށް ބެއިރޫތު އަށް ހަމަލާ ނުދިނުމަށް އަންގަވާފައި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސް އިން ބުނެފައި ވަނީ، ނަތަންޔާހޫ އަކީ "މޮޔައެއް" ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އަދި ނަތަންޔާހޫގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަ ތަކަށް އިޝާރާތް ކުރައްވައި، ނަތަންޔާހޫ ޖަލަށް ނުގޮސް ސަލާމަތްވެ ހުރީ ޓްރަމްޕްގެ އެހީތެރިކަމާ ހެދި ކަމަށް ވެސް ޓްރަމްޕް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ޓްރަމްޕް ވިދާޅުވީ އިޒްރޭލްގެ އަމަލު ތަކުގެ ސަބަބުން މިހާރު މުޅި ދުނިޔެ ވެސް އިޒްރޭލް އާއި ނަތަންޔާހޫ ދެކެ ފޫހި ވެފައިވާ ކަމަށެވެ.

މި ފޯނު ކޯލުގައި ޓްރަމްޕް ވަނީ ބެއިރޫތު އަށް ހަމަލާ ދީފި ނަމަ، ބައިނަލްއަގުވާމީ މައިދާނުގައި އިޒްރޭލް އިތުރަށް އެކަހެރި ވާނެ ކަމުގެ އިންޒާރު ދެއްވާފައި އެވެ. ހިޒްބުالله އިން އިޒްރޭލް އަށް ހަމަލާދޭކަން ޓްރަމްޕް ގަބޫލު ކުރެއްވި ނަމަވެސް، އަދި އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުގެ ހައްގު އޮތް ކަމަށް ވިދާޅުވި ނަމަވެސް، ފަހަކަށް އައިސް އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކަކީ އެއްވެސް އުސޫލެއް ނެތް، އިންސާފުން ބޭރު ހަމަލާ ތަކެއް ކަމަށް ޓްރަމްޕް ގަބޫލު ކުރައް ވައެވެ. ޚާއްސަކޮށް ހިޒްބުاللهގެ ކޮމާންޑަރުންނަށް އަމާޒުކޮށް ހަމަލާ ދޭއިރު، މުޅި އިމާރާތްތައް ގޮއްވާލައި އާންމުން މަރަމުންދާ ދިއުމަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާފައި އެވެ.

ޓްރަމްޕްގެ ކޯފާ މިހާ ބޮޑަށް ނަތަންޔާހޫ އަށް އަމާޒުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކަށް އިޒްރޭލްގެ އަމަލު ތަކުގެ ސަބަބުން ހުރަސް އެޅެމުންދާތީ އެވެ. ލުބުނާންގައި އިޒްރޭލް އިން ހިންގާ އަސްކަރީ ހަރަކާތްތަކާ ގުޅިގެން، އެމެރިކާ އާއެކު ކުރިއަށްދާ ވާހަކަތައް ހުއްޓާލާނެ ކަމުގެ އިންޒާރު އީރާން އިން ވަނީ ދީފަ އެވެ. އެމެރިކާ އާއި އީރާންއާ ދެމެދު މިހާރު މަޝްވަރާ ކުރެވެމުންދާ އެއްބަސްވުމުގައި ލުބުނާންގެ ހަނގުރާމަ ހުއްޓާލުމާ ގުޅޭ މާއްދާ ތަކެއް ހިމެނޭ އިރު، މިއީ ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު އަބަދު ވެސް ޚިޔާލު ތަފާތުވުން އުފެދޭ ކަމެކެވެ.

މި ފޯނު ކޯލަށް ފަހު، ބެއިރޫތުގައި ހުރި ހިޒްބުاللهގެ އަމާޒު ތަކަށް ހަމަލާ ދިނުމަށް ރާވާފައި އޮތް ރޭވުންތައް އިޒްރޭލް އިން މިހާރު މަޑު ޖައްސާލާފައިވާ ކަމަށް އިޒްރޭލްގެ އޮފިޝަލަކު އެކްސިއޯސް އަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ. އިޒްރޭލް އާއި ލުބުނާންގެ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ވަރުގަދަވެ، އިޒްރޭލް އިން ދެކުނު ލުބުނާން އަށް އެއްގަމު މަގުން އަރައި ގަނެފައިވާ މި ދަނޑިވަޅުގައި، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރި ދާނެ ކަމުގެ ބިރު ބޮޑުވެ، ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ ހަނގުރާމަ ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-އިސްރާއީލު-އިރާން އެމެރިކާ-އިޒްރޭލުއިސްރާއީލް-ލުބުނާންހިޒްބުﷲއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި

09 އޯގަސްޓު 2026
އެމެރިކާއިން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލު ނުކުރާނެ ކަމަށް ބުނެ ބޭރުކޮށްލައިފި
09 އޯގަސްޓު 2026

ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

09 އޯގަސްޓު 2026
ރަފަހް ސިޓީ އާބާދުކުރުމުގެ ހުއްދަ ނަތަންޔާހޫ ދީފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
08 އޯގަސްޓު 2026

އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް

08 އޯގަސްޓު 2026
އިންޑިއާއާ އެކު އޮންނަ ގުޅުން ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަމާ އެކު، ނަތަންޔާހޫގެ ޝުކުރު މޯދީ އަށް
08 އޯގަސްޓު 2026

2028 ގެ ރިޔާސީ ޓިކެޓު ނައިބު ރައީސް ވޭންސް އަށް ދެއްވުމަށް، ޓްރަމްޕް ގެންދަވަނީ ސިއްރިއްޔާތުގައި މަސައްކަތް ކުރަައްވަމުންކަން ފެންމަތިވެއްޖެ

08 އޯގަސްޓު 2026
2028 ގެ ރިޔާސީ ޓިކެޓު ނައިބު ރައީސް ވޭންސް އަށް ދެއްވުމަށް، ޓްރަމްޕް ގެންދަވަނީ ސިއްރިއްޔާތުގައި މަސައްކަތް ކުރަައްވަމުންކަން ފެންމަތިވެއްޖެ
06 އޯގަސްޓު 2026

ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!

06 އޯގަސްޓު 2026
ޓްރަމްޕްގެ ގޮލްފް ކޯހުން ފިސްތޯލައަކާއި ވަޒަންތަކަކާ އެކު ހައްޔަރު ކުރި މީހާ، އޮޅުވާލައިގެން ޓްރަމްޕްގެ ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވެ، ޕްރޮޓޮކޯލްގެ މައުލޫމާތު ވެސް ހޯދި!
04 އޯގަސްޓު 2026

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި

04 އޯގަސްޓު 2026
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ދެކޮޅު ހަދާ ހަމާސްގެ ހަތިޔާރު ނައްތާލުމުން ނޫނީ ޣައްޒާ އިން ނުފައިބާނެ ކަމަށް އިސްރާއީލުން ބުނެފި
01 އޯގަސްޓު 2026

ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟

01 އޯގަސްޓު 2026
ހަތިޔާރު ބަހައްޓަން ހަމާސް އިން އެއްބަސްވުމުން ޓްރަމްޕް އުފާކުރެއްވިޔަސް އިސްރާއީލުން ޣައްޒާ އިން ފައިބާނެތަ؟
31 ޖުލައި 2026

ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް

31 ޖުލައި 2026
ނަތަންޔާހޫގެ ސިޔާސަތުން އިސްރާއީލާއި އެމެރިކާގެ ވަރުގަދަ ގުޅުމަށް ބޮޑު ގެއްލުމެއް
30 ޖުލައި 2026

ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި

30 ޖުލައި 2026
ނަތަންޔާާހޫ އެމެރިކާާ އަށް ވަޑައިގެންނެވި ދަތުރުފުޅާ ދިމާކޮށް، ޕްރިންސް ޚާލިދު ބިން ސަލްމާން އާއި ޓްރަމްޕް ބައްދަލުކުރައްވައިފި
29 ޖުލައި 2026

ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް

29 ޖުލައި 2026
ނަތަންޔާހޫ އާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް