Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް މުހައްމަދު ނަޝީދު

ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނަން: ކުރީގެ ރައީސް ނަޝީދު

ރާއްޖޭގެ ރަށްރަށުގެ ތަރައްގީއާއި ރައްޔިތުންގެ އާމްދަނީ އިތުރުކުރުމަށް ކައުންސިލްތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅާނަމަ، އެކަމާ ދެކޮޅަށް ޝަރީއަތަށް ދިއުމާއި ސީދާ ހަރަކާތަށް ނުކުންނާނެ ކަމަށް ނަޝީދު ވިދާޅުވި. އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުގެ ބައިވެރިވުމާއެކު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށާއި، މިހާރުގެ ސަރުކާރުން ވެސް އެ ފުރުސަތު ކައުންސިލްތަކަށް ދޭން ޖެހޭ ކަމަށް. އެހެންކަމުން ލާމަރުކަޒީ ނިޒާމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ގާނޫނީ އިމުގެ ތެރެއިން އެކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ނަޝީދު ދެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 1 ޖޫން 2026 | ހޯމަ 10:13
ހޯމަ ދުވަހު ހދ.ނޮޅިވަރަންފަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި.

ހޯމަ ދުވަހު ހދ.ނޮޅިވަރަންފަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައި. | އެމްޑީޕީ

ރަށްރަށުގެ ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅާނަމަ ސީދާ ހަރަކާތަށް ނުކުންނަންޖެހޭ ހާލަތުގައި އެކަން ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ބޭއްވި ބޮޑު ބަދަލު ކެންޕޭންގައި ނަޝީދު ވަނީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެ ތަރައްގީ ކުރާނެ ގޮތަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ އިތުރުވާން ޖެހޭ ކަމަށާއި، ގޭބިސީތަކުގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށެވެ. 

ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތް ކުރާނީ އެމްޑީޕީންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ މި މަސައްކަތުގައި ކައުންސިލުގެ ބައިވެރިވުން ވެސް ވަރަށް ބޮޑު ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދަނީ ކައުންސިލްތަކާއެކު ކަމަށެވެ. 

ނަމަވެސް ސަރުކާރުން ކައުންސިލްގެ މަސައްކަތްތަކަށް ވަރަށް ގިނައިން ހުރަސް އަޅަމުންދާ މައްސަލަ ފާހަގަކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ މަސައްކަތަށް ހުރަސް އަޅާނަމަ ސީދާ ހަރަކާތަށް ނުވަތަ މުޒާހަރާ އަށް ނުކުންނާނެ ކަމަށާއި، ޝަރީއަތަށް ދާން ޖެހޭ ހާލަތެއް ގައި އެމަސައްކަތް ވެސް ކުރާނެ ކަމަށެވެ. 

ވަރަށް ގިނަ ފަހަރު ކައުންސިލްތަކުގެ ތަޖުރިބާ އަކީ މަރުކަޒީ ސަރުކާރުން ކައުންސިލްތައް ހިންގުމަށް ހުރަސް އަޅަނީ. އެމީހުން ކުރަން ބޭނުންވާ ކަންތައް ކުރަން ނުދެނީ. އަޅުގަނޑުމެންގެ މިވަގުތުގެ އަމާޒަށް ވާނީ ކޮބައިތޯ އެ ހުރި ހުރަސްތަކަކީ. ފުރަތަމަ ދެނެގަތުން. ގާނޫނީ ގޮތުން އެކަންކަމުން އަރައިގަތުމަށް އަޅުގަނޑުމެނަށް އޮތް ގޮތްތައް ދެނެގަތުން. ޝަރީއަތަށް ދާން ޖެހޭ ކަންކަމުގައި ޝަރީއަތަށް ދިއުން. އަދި ސީދާ ހަރަކާތަށް ދާންޖެހޭ ކަންކަމުގައި މުޒާހަރާ ކުރަން ޖެހޭ ކަންކަމުގައި މުޒާހަރާ ކުރުން. އަދި ހަމައެއާއެކު ދެނެގަންނަން އެބަޖެހޭ ކޮބައިތޯ ވާން ހުރި ކަންކަން. ނުވާން ހުރި ކަންކަން އެހުރީ އުދަނގޫ ކަންކަން ކުރުމަށް މަސައްކަތްތަކެއް ކުރަން މިޖެހެނީ. 
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ނަޝީދު ވިދާޅުވީ ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް އަންނަ ގޮތަށް ތަރައްގީ މުޅި ގައުމަށް އަންނަން ޖެހޭ ކަމަށާއި، ކައުންސިލްތައް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭނީ އެމްޑީޕީ ސަރުކާރެއް އުފެދުމުން ނޫން ކަަމަށާއި، މިހާރުގެ މިސަރުކާރާއެކު ވެސް މިމަސައްކަތްތައް ކައުންސިލުން ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ހދ.ނޮޅިވަރަންފަރުއެމްޑީޕީބޮޑު ބަދަލު ކެންޕޭންކައުންސިލްކުރީގެ ރައީސް މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

01 ޖޫން 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން

01 ޖޫން 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޔާމީނުގެ ތާއީދުވެސް ސޯބެއަށް، އެދިލެއްވީ ޕީއެންސީއަށް ވޯޓުނުދޭން
31 މެއި 2026

ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު

31 މެއި 2026
ރައްޔިތުންގެ ތަނަވަސްކަން އިތުރު ކުރުމަށް ގެންނަން ޖެހޭ ސިޔާސަތުތައް ގެނެސް، އެ މަސައްކަތް ހަމައެކަނި ކުރެވޭނީ އަޅުގަނޑަށް: ކުރީގެ ރައީސް ނަޝީދު
31 މެއި 2026

މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް

31 މެއި 2026
މަޖިލީހުން ކަންކުރަމުންދަނީ އެކިފަހަރު އެކި ގޮތަށް، ޝަމީމް ވަކިކުރަން ވޯޓަށް އެހީ އިސްތިއުފާދީފައި ވަނިކޮށް: މައުރޫފް
30 މެއި 2026

ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި

30 މެއި 2026
ވެމްކޯގެ ޖެނެރަލް މެނޭޖަރ އައިމިނަތު ފަޒްލާ ޕީއެންސީގެ ސެނެޓާއި، ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވައިފި
30 މެއި 2026

ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި

30 މެއި 2026
ޗެއަރޕަރސަންގެ އިންތިޚާބުން ނުހޮވިއްޖެ ނަމަ ވަކި ބަޔަކު ބާކީ ކުރާނެ ކަމަށް ބުނާތީ މީކާއިލް ކަންބޮޑުވުން ފާޅުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު