Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިތުބާރު ކެމްޕޭން

ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އަޅުގަނޑު: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމްގެ އެންމެ ބޮޑު އަމާޒަކީ އުސޫލީ ސިޔާސަތުތަކެއްގެ ތެރެއިން ޕާޓީއަށް ގެއްލިފައިވާ އިތުބާރު ހޯދައިދީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުން. މިކަން ހާސިލުކުރުމަށްޓަކައި ޕާޓީގެ ތެރޭގައި އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބާއްވައި، އާންމު މެންބަރުންނަށް ތެދުވެރިކަމާއެކު ޚިދުމަތްކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައި. ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ފުއްދަން ނިޔަތް ނެތް ވައުދެއް ނުވާނެ ކަމަށާއި، ބަހުގެ އިތުބާރު ހިފަހައްޓާނެ ކަމަށްވެސް މީކާއިލް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 18:52
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް. | ރާއްޖެ އެމްވީ

ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އޭނާ ކަމަށާއި، އެންމެ ބޮޑު އަމާޒަކީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން ކަމަށް އެ ޕާޓީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ އޭނާގެ "އިތުބާރު" ކެމްޕޭންގެ މެނިފެސްޓޯ އިއުލާނުކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗުގައި ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، އޭނާ އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ޕާޓީއަށް ގެއްލިފައިވާ ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދައިދިނުމަށް ކަމަށެވެ. ސިޔާސީ ދާއިރާއަކީ ހަޑި އަދި މީހުން ވަންނަން ހެޔޮނުވާވަރުގެ ދާއިރާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި ނަމަވެސް، އެއީ ތާއަބަދަށް އެކަން އޮންނަންޖެހޭނެ ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ މަސައްކަތް ކުރަނީ އެ އުސޫލުތައް ބަދަލުކޮށް، އުސޫލުތަކެއްގެ މައްޗަށް ބިނާވާ ސިޔާސަތުތަކެއް ރާއްޖޭގެ ވެރިކަމަށް ގެނައުމަށް ކަމަށްވެސް މީކާއިލް ފާހަގަކުރެއްވި އެވެ.

މީކާއިލް ވިދާޅުވީ އޭނާގެ މަގްސަދަކީ ރާއްޖޭގެ ސިޔާސީ މަޝްރަހަށް "ޕްރިންސިޕަލްޑް ޕޮލިޓިކްސް" ނުވަތަ އުސޫލީ ސިޔާސަތުތަކެއް ތައާރަފުކޮށް، ވެރިކަން ހިންގުމުގެ ނިޒާމު އެމްޑީޕީގެ ތެރެއިން ބަދަލުކުރުން ކަމަށެވެ. ރައްޔިތުން އެދޭފަދަ ބަދަލުތަކާއި ސިޔާސަތުތައް ތަންފީޒުކޮށް، 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް ގާއިމުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުން އޭނާއަށް އިތުބާރު ކުރަންޖެހޭ ސަބަބަކީ، ބަހުގެ އިތުބާރު ހިފަހައްޓާނޭ ކެންޑިޑޭޓަކީ އޭނާ ކަމަށްވާތީ ކަމަށްވެސް ވިދާޅުވި އެވެ.

އަޅުގަނޑެއް ގަބޫލެއް ނުކުރަން ސިޔާސީ ދާއިރާއަކީ ތާއަބަދަށް ހަޑި ދާއިރާއެއްގެ ގޮތުގައި އޮންނަންޖެހޭ ދާއިރާއެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. މިކަން ބަދަލުވާން އެބަޖެހޭ. އަޅުގަނޑުމެން ސިޔާސީ މަސައްކަތް މި ކުރަނީ، މި އުސޫލުތައް ބަދަލުކުރަން. އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ، އުސޫލުތަކެއްގެ މައްޗަށް ބިނާކުރާ ސިޔާސަތުތަކެއް މި ރާއްޖޭގެ ވެރިކަމަށް ގެނެސްދޭން. އަޅުގަނޑުމެން މި މަސައްކަތްކުރަނީ، ޕްރިންސިޕެޑް ޕޮލިޓިކްސްއަށް ގެނެސް، މި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު މި ޕާޓީން ބަދަލުކުރަން. އަޅުގަނޑު މި އިންތިޚާބަށް ނުކުމެ މިހިރީ ރައްޔިތުން އެދޭފަދަ ބަދަލުތަކެއް، ރައްޔިތުން އެދޭފަދަ ސިޔާސަތުތަކެއް ތަންފީޒުކުރާނޭ. އެމް.ޑީ.ޕީގެ ސަރުކާރެއް ދެހާސް އަށާވީހުގައި ޤާއިމުކުރާނަން. އެކަން އަޅުގަނޑުމެން ކުރާނަން. އެކަން އަޅުގަނޑުމެން ކުރާނަން.
މީކާއިލް އަހުމަދު ނަސީމް

ޕާޓީގެ އާންމު މެންބަރުންނާ މުޚާތަބު ކުރައްވައި މީކާއިލް ވިދާޅުވީ، ޕާޓީއަށް ދިމާވި ކާމިޔާބީގައާއި ނާކާމިޔާބީގައިވެސް އޭނާ ހުންނެވީ މެންބަރުންނާއެކު ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ދެމިހުންނަވާނީ އެގޮތުގައި ކަމަށެވެ. ދިވެހި ރައްޔިތުން މިއަދު އެދެނީ އިތުބާރު އޮތް އެމްޑީޕީއަކާއި އިތުބާރު އޮތް ސަރުކާރަކަށް ކަމަށް ފާހަގަކުރައްވައި، މީކާއިލް ވިދާޅުވީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ފުއްދަން ނިޔަތް ނެތް ވަައުދެއް އޭނާ ނުވާނެ ކަމަށެވެ. އަދި އާންމު މެންބަރުންނަށް ތެދުވެރިވެ، ވަފާތެރިކަމާއެކު ޕާޓީގައި ދެމިހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ ސިޔާސީ ގޮތުން ބާރުވެރި ޕާޓީއަކަށް ހަދައިދޭނެ ކަމަށް ވައުދުވަމުން މީކާއިލް ވިދާޅުވީ، އެކަމަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީގެ ތެރޭގައި ހަމަހަމަ އަދި އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބޭއްވުން ކަމަށެވެ. އެފަދަ އިންސާފުވެރި މަގަކުން ކަންކަން ކުރިއަށް ގެންދާނެ ޗެއަރޕާސަނަކު އިންތިޚާބު ކުރުމަކީ ޕާޓީގެ މުސްތަގުބަލަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީއިތުބާރު ކެމްޕެއިން

އިތުރަށް ކިޔާލަން

14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ ކުރި މުޒާހަރާ އިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 3 މީހަކަށް ބަންދު މުއްދަތު ޖަހައިފި
14 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!

14 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި ކުރި މުޒާހަރާއިން 10 މީހަކު ހައްޔަރުކުރި!
14 މެއި 2026

ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!

14 މެއި 2026
ނޫސްވެރިންނަށް ނުފޫޒު ފޯރުވައި، ޒިންމާތަކަށް ހުރަސްއަޅާކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަތް!
13 މެއި 2026

ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި

13 މެއި 2026
ނޫސްވެރިން ދޫކޮށްލަން ގޮވާލާ މާލޭގައި މުޒާހަރާކޮށްފި
13 މެއި 2026

2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް

13 މެއި 2026
2028 ގެ ރިޔާސީ އިންތިހާބަށް އާންމު މެންބަރުން ބޭނުންވަނީ އެއްބައިވަންތަ ޗެއަރޕާސަނެއް: މީކާއިލް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު