Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭނާ އާއި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރިފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 08:22
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ރިޔާސަތުގައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ރިޔާސަތުގައި | މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙުމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނެފައި ވަނީ، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޤަރާރެއް މަޖިލީހުގެ އިދާރާ އަަށް ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށް މަޖިލީހުން ބުނެފައިވެ އެވެ.

Advertisement - newsAdvertisement

ނަމަވެސް މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ ޤަރާރުގައި ސޮއި ކުރީ ކިތައް މެމްބަރުން ކަމެއް ހާމަ ކޮށްފައި ނުވެއެވެ. ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭނާ އާއި ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް މީގެ ކުރިން ވެސް އަޑު ފެތުރިފައިވެ އެވެ.

ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ޕީއެންސީގެ ޕީޖީ އިން މަސައްކަތް ފެށީ ބުދަ ދުވަހު އެވެ. ހަމަ އެ ދުވަހު، މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ސޮއި ވަނީ ހަމަ ކޮށްފަ އެވެ. އޭގެ ކުރިން ޕީއެންސީގެ ޕީޖީ ގުރޫޕަށް ރައީސް މުޢިއްޒު އިރުޝާދު ދެއްވާ ވަޓްސްއެޕް ގުރޫޕް އިން ނާޒިމް ވަނީ ބޭރު ކޮށްފަ އެވެ.

މަޖިލިސްމަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްޕީއެންސީ

އިތުރަށް ކިޔާލަން

14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
13 މެއި 2026

ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން

13 މެއި 2026
 ޕީއެންސީ އަށް ނިސްބަތްވާ 9 މެމްބަރެއްގެ ގޮނޑި ވަނީ ގެއްލިފަ، ފެށޭ ހަފްތާގަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާނަން: އަލީ ހުސެއިން
13 މެއި 2026

ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް

13 މެއި 2026
ޕީއެންސީން ހައިކޯޓަށް އައި ފަނޑިޔާރުގެ ތާއީދާއެކު ވޭވަށު ކައުންސިލް ގޮނޑި އެމްޑީޕީއަށް ގެއްލި، ޕީއެންސީއަށް
13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު