Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ''ރޫޓް ކެނަލް'' ހެދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދާލައި، ޕްރޮސީޖަރގެ ލިޔުން ދޭން ދެކޮޅު ހަދަނީ!

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ދަތުގެ ފަރުވާ ހޯދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދައިގެން ދިޔަ މައްސަލައެއްގައި އެ ހޮސްޕިޓަލުގެ އިހުމާލު އޮތް ކަމަށް ބުނެ ބަލިމީހާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. މި ހާދިސާއާ ގުޅިގެން ލިބުނު ގެއްލުމުގެ ޒިންމާ ހޮސްޕިޓަލުން ނުއުފުލާ ކަމަށާއި، އިތުރު ފަރުވާއަށް ފޮނުވައިދިނުމަށް އެދުމުން އެކަމަށް އެއްބާރުލުން ނުދޭ ކަމަށް އޭނާ ބުނި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 13:53
Your browser does not support the video tag.
0:00 / 0:00

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ''ރޫޓް ކެނަލް'' ހެދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދާލައިފި އެވެ. 

ރާއްޖެއެމްވީ މި އަނިޔާ ލިބުނު މީހާ ވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވަރަށް ތަފްސީލްކޮށް ހާދިސާ ހިނގިގޮތް ކިޔާދިފަ އެވެ. 

Advertisement - newsAdvertisement

އޭނާ ބުނީ، ދަތުގެ ފަރުވާ ހޯދުމަށް ޕްރައިވެޓް ކްލިނިކަށް ނުގޮސް، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ދިޔައީ އަގުހެޔޮ، ރަނގަޅު ޚިދުމަތެއް ހޯދުމަށް ކަމަށެވެ.

އޭނާ ބުނީ، މިމަހުގެ 8 ވަނަ ދުވަހު ޑޮކްޓަރަށް ދެއްކުމުން ރޫޓް ކެނަލް ހަދަން ޖެހޭ ކަމަށް އެންގި ކަމަށެވެ.

އެހެންކަމުން ފަރުވާ ފެށުމުގެ ކުރިން ދަތް ސާފު ކުރުމުގެ މަސައްކަތް ކުރި ކަމަށާއި، އެމަސައްކަތުގެ ތެރެއިން ދަތުގެ ތެރެއަށް ކަށި ބިންދާގެން ދިޔަ ކަމަށެވެ.  ކަށި ނެގުމުގެ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވުމުން، އެތަން އިންގޮތަށް ބައިންދާފައި ފުޓުނި އެޅުން ކަމަށް އިރުޝާދު ދިން ކަމަށް އޭނާ ބުންޏެވެ. ފުޓުނި އެޅުމުގެ ޕްރޮސީޖަރ ކުރިއަށް ގެންދިއުމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރުހި ކޮންސެންޓް ލިޔުމެއްގައި ސޮއި ކުރުމަށް ވެސް އެންގި ކަމަށް އޭނާ ބުންޏެވެ. 

ނަމަވެސް ކަށި ބިންދާގެން ދިޔައީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ރޫޓް ކެނަލްގެ ޕްރޮސީޖަރގެ ދަށުން ކަމަށް ބަޔާންކޮށް ލިޔުމެއް ދޭން އެދުމުން އެކަމަށް ހޮސްޕިޓަލުން އިންކާރު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ރޫޓު ކެނަލް ހެދުމަކީ ވަރަށް ސީރިއަސް ކަމެއް. ދަތުގެ މަދާ މިކުޅެނީ. މަދު މިއީ ވަރަށް ސީރިއަސް ކަމެއް. ސީދާ ކައްޓާ ގުޅިފައި ހުންނާތީ ކޮންމެ ކޮންމެ ޑޮކްޓަރެއް ރޫޓް ކެނަލް ނުހަދާ ކަމަށް މައުލޫމާތު ވެސް ލިބެނީ. 
އަނިޔާ ލިބުނު މީހާ

އޭނާ ބުނީ، އެލިޔުން އެގޮތަށް ނުދޭތީ އިތުރަށް އެއްވެސް ފަރުވާއެއް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހޯދަން ބޭނުންނުވާ ކަމަށެވެ. އަދި ރަނގަޅު ފަރުވާއެއް ލިބޭނެ ހޮސްޕިޓަލަށް ފޮނުވާ ދިނުމަށް އެދުމުން އެކަމަށް ވެސް އިޖާބައެއް ނުދޭ ކަމަށާއި، ކޮސްމެޓިކްސް ފަރުވާއެއް ކަމަށް ބުނެ އާސަންދަ ވެސް ހަމަޖައްސައިނުދޭ ކަމަށް އޭނާ ބުންޏެވެ. ދަތުގެ ފަރުވާގެ ތެރެއިން އިތުރު ގެއްލުމެއް ލިބުމުން މިކަމުގެ ޒިންމާ ނަގައި، އެހީ ހަމަޖައްސައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ރޫޓް ކެނަލް ހެދި މީހެއްގެ ދަތުގެ ތެރެއަށް ކަށި ބިންދާލައި، އެކަން ސިއްރު ކުރުމަށް އެހޮސްޕިޓަލުން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް މި ހާދިސާ އާ ގުޅޭގޮތުން އެ ހޮސްޕިޓަލް ގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްރޫޓް ކެނަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ފުރަތަމަ އުރަމަތީގެ ކެންސަރ ސަރޖަންގެ ޝަރަފު ޑރ. އަލްޠާފް އަދުނާން އަށް!

ރާއްޖޭގެ ފުރަތަމަ އުރަމަތީގެ ކެންސަރ ސަރޖަންގެ ޝަރަފު ޑރ. އަލްޠާފް އަދުނާން އަށް!

03 މެއި 2026
ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

ކުޅުދުއްފުށި ސިޓީގެ އެސްޓީއޯ ބޭސް ފިހާރައިން މުއްދަތު ހަމަވެފައި ހުރި ބޭހެއް ބަލި މީހަކަށް ދޫކުރި މައްސަލައެއް ފެންމަތިވެއްޖެ

26 އެޕްރީލު 2026
މެޑަމް ސާޖިދާ ކޭއާރުއެޗްގެ އައު އީ.އާރު ހުޅުވުމަށް ވަޑައިގަތުމާ ގުޅިގެން މިއަދު އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

މެޑަމް ސާޖިދާ ކޭއާރުއެޗްގެ އައު އީ.އާރު ހުޅުވުމަށް ވަޑައިގަތުމާ ގުޅިގެން މިއަދު އޯޕީޑީގެ ޚިދުމަތް މެދުކަނޑާލައިފި

29 މާރިޗު 2026
މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

މި ސަރުކާރުން ދޮޅު އަހަރުތެރޭގައި ނިންމަން ބުނި ކުޅުދުއްފުށީ ދަމަނަވެށި ވެސް އެންމެފަހުން ވީ "އިބިލީހު ކައިވެންޏަށް"

11 މާރިޗު 2026
ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވި އިރު، އެ ސިޓީގެ ހޮސްޕިޓަލުން އަސާސީ ޚިދުމަތްތައް ނުލިބި، ރައްޔިތުން ހިތްދަތިކަމެއްގައި

ކުޅުދުއްފުށި ސިޓީގައި އައިނު ފިހާރަ ހުޅުވި އިރު، އެ ސިޓީގެ ހޮސްޕިޓަލުން އަސާސީ ޚިދުމަތްތައް ނުލިބި، ރައްޔިތުން ހިތްދަތިކަމެއްގައި

18 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު