Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުޅުދުއްފުށި ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ މުހިންމު ބައެއް ތަންތަނުން ކަރަންޓު ކެނޑިއްޖެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މާބަނޑު އަންހެނުންގެ ވޯޑުތަކުގައި ވެސް ކަރަންޓު ނެތް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 17 ޖުލައި 2025 | ބުރާސްފަތި 17:48
ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް: ބައެއް މުހިންމު ތަންތަނުން  ވަނީ ކަރަންޓު ކެނޑިފަ

ކުޅުދުއްފުށި ސިޓީ ހޮސްޕިޓަލް: ބައެއް މުހިންމު ތަންތަނުން ވަނީ ކަރަންޓު ކެނޑިފަ

ކުޅުދުއްފުށި ސީޓީ ރީޖަނަލް ހޮސްޕިޓަލުގެ މާބަނޑު އަންހެނުންގެ ވޯޑުތައް ވެސް ހިމެނޭހެން ބޮޑު ބައަކުން ކަރަންޓު ކަނޑައިގެން ގޮސްފިއެވެ.

ކުޅުދުއްފުށި ސިޓީން ރާއްޖެ އެމްވީއަށް ނަން ހާމަނުކުރުމަށް އެދެމުން މައުލޫތު ދިން އެ ރަށު މީހަކު ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ކަރަންޓު ކެނޑިފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަންހާއިރުގައި ކަމަށާއި މިހާރު ކަރަންޓު ނެތި ކަނނު އަދިރީގައި ތިބޭތާ 10 ވަރަކަށް ގަޑިއިރު ވެއްޖެ ކަމަށެވެ.

އޭނާ ބުނީ ހޮސްޕިޓަލުގައި ކަރަންޓު ކެނޑިފައި ވަނީ ޕްރިވެޓް ރޫމްތަކުގަ އާއި މާބަނޑު އަންހެނުން ތިބޭ ވޯޑުތަކުގައި ކަމަށެވެ. އެގޮތުން އެވޯޑުތަކުގައި ވިހައިގެން ގިނަ އަދަދެއްގެ އަންހެނުން އެބަތިބި ކަމަށް އޭނާ ބުންޏެވެ. އަދި އެ ހުރިހާ އެންމެންވެސް ތިބީ ކަނު އަނދިރީގައި ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެމީހާ ބުންޏެވެ.

އޭނާ ބުނީ ކަރަންޓު ނެތި ގިނަ ބައަކަށް އެކަމުގެ އަސަރުކޮށްފައިވާ ކަމަށާއި އެގޮތުގެ މަތިން ކުރީ ހޮސްޕިޓަލް ހުރި އިމާރާތުގެ ވޯޑަކަށް ވެސް އަންހެނުން ވޯޑުގައި ތިބި މީހުން ބަދަލުކުރި ކަމަށެވެ. އަދި އެތަނަށް އެމީހުން ބަދަލުކުރި އިރު، އެތަނުގައި ވެސް ކަރަންޓު ނެތް ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން އެމީހާ ބުނީ ހޮސްޕިޓަލުގައި މަރާމާތަށް ބަންދުކޮށްފައި ވެސް ވޯޑެއް އެބަހުރި ކަމަށާއި އެވޯޑު މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ހަތަރު ވަރަކަށް މަސްވެެއްޖެ ކަމަށެވެ. ނަމަވެސް އެ ވޯޑުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ނުގެންދެވިފައި ހުރީ މި ސަރުކާރުން ބަޖެޓު ނުދީގެން ކަމަށް ހޮސްޕިޓަލުގެ ބޭފުލަކު މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ހޮސްޕިޓަލުން ކަރަންޓު ކަނޑައިގެން ދިއައީ މެންދުރު 12 ޖަހާކަންހާއިރު. އޭރުން ފެށިގެން އަދިވެސް ކަރަންޓު ނުލިބޭ. އެތަނުގައި ކަރަންޓު ނެތީ ޕްރައިވެޓް ރޫމްތަކާއި މާބަނޑު އަންހެނުންގެ ވޯޑުތަކުގަ. އެތަނުގައި ވިހައިގެން ވެސް ވަރަށް ގިނަ އަންހެނުން އެބަތިބި. އިއްޔެ އެކަނިވެސް ފައް މީހުން ވިހާފައިވޭ.
ކުޅުދުއްފުށިން މައުލޫމާތު ދިން ފަރާތް

މިކަމާއި ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުގެ ފައިނޭންސް އެގްޒެކެޓިވް މުޙައްމަދު މޫސާ ވިދާޅުވީ ކަރަންޓުގެ މައްސަލައެއް ދިވާވެފައިވާ ކަމަށާއި އެކަން އަދިވެސް މުޅިން ހައްލުނުކުރެވޭ ކަމަށެވެ. އަދި މިވަގުތު ކަރަންޓުގެ މައްސަލަ ދިމާވެފައިވާ އަންހެނުންގެ ވޯޑުގައި ވިހައިގެން ހަ މީހުންވަރު އެބަ ތިބި ކަމަށާއި ނަމަވެސް އެމީހުން މިހާރު ކުރީ ހޮސްޕިޓަލުގައި ހުރި ވޯޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލަ ދިމާވެފައިވަނީ ޕްރައިވެޓް ދެ ރޫމެއްގެ އިތުރުން ވޯޑަކަށް ކަމަށެވެ. އެހެން ނަމަވެސް ވޯޑުގައި ދިމާވެފައިވަނީ ބޮތްކެއްގެ މައްސަލަ ކަމަށާއި އެތަނުގެ އޭސީތަކުގައި ކަރަންޓު ހުރި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކަރަންޓުގެ މަންސަލަ ދިމާވީ ޕެނަލް ބޯޑަކަށް ދިމާވި ކުޑަ މައްސަލައަކުން ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރި ނަމަވެސް އަދި ސީދާ މައްސަލަ ދެނެގަނެވިފައި ނުވާކަމަށެވެ. ނަމަވެސް ދިމާވި މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް މަސައްކަތް ކުރެވެމުން އަންނަ ކަމަށް މުޙައްމަދު މޫސާ ވިދަޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ، ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްރަށުންވެސް ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.

ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލްމާބަނޑު އަންހެނުންގެ ވޯޑުކަރަންޓް ކެނޑުންބަޖެޓު ދަތިކަން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަމަށް އަލުން ކަރަންޓް ދީފި

ގަމަށް އަލުން ކަރަންޓް ދީފި

04 ޑިސެމްބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025
އައްޑޫ ސިޓީން ކަރަންޓު ކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި: ފެނަކަ

އައްޑޫ ސިޓީން ކަރަންޓު ކެނޑުނީ އައްޑޫގެ 41 ނަންބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި: ފެނަކަ

06 ސެޕްޓެމްބަރު 2025
ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

ކެންދޫ އިންޖީނުގޭގެ އިންޖީނަށް އަޅާ އަޑީތެޔޮ ހުސްވެ އިންޖީނު ހުއްޓި މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

01 ސެޕްޓެމްބަރު 2025
މުހިންމު މަސައްކަތަކަށް، މާލެ އަދި ހުޅުމާލެއިން ހޮނިިހިރު ދުވަހު އެއްގަޑި އިރަށް ކަރަންޓު ކަނޑާލަަނީ

މުހިންމު މަސައްކަތަކަށް، މާލެ އަދި ހުޅުމާލެއިން ހޮނިިހިރު ދުވަހު އެއްގަޑި އިރަށް ކަރަންޓު ކަނޑާލަަނީ

22 އޯގަސްޓު 2025

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު