ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 15:57
ރޮހިންޖާ މުސްލިމުނަށް އެޙީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި ކޮމިޓީ
ރޮހިންޖާ މުސްލިމުނަށް އެޙީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލި ކޮމިޓީ
ފާތިމަތު ޝަނާ މުހައްމަދު
ޓެލެތޯން
ރޮހިންޖަ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިންތިޒާމު ކުރި ޓެލެތޯން ފަށައިފި
ޓެލެތޯން ފަށާފައިވަނީ ހެނދުނު 09:00 ގައި
މިމަހުގެ 30 ހާ ހަމައަށް ފަންޑަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
މި ޓެލެތޯން ކުރިއަށްދަނީ ދެ ދުވަހަށް

ރޮހިންޖާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޓީން އިންތިޒާމުކުރާ ޓެލެތޯން ފަށައިފި އެވެ.

މިއީ ރޮހިންޖާ މުސްލިމުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ޓެލެތޯނެކެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ،  މި ޓެލެތޯނުގައި ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަނީ ބައިވެރިވެފަ އެވެ. ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް ޓެލެތޯނެއް ކުރިއަށްދާއިރު ވަކިވަކިން ފަންޑް ރައިޒް ކުރުމުގެ ހަަރަކާތްތައް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވެސް ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް އެކުލަވާލާފައިވާ ކޮމިޓީން ދަނީ ކުރަމުންނެވެ.  މި ޓެލެތޯން ފަށާފައި ވަނީ ހޮނިހިރު ދުވަހު ހެނދުނު 09:00 ގަ އެވެ. މީގެ އިތުރުން އިތުރު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާފައިވާ ފަންޑު މިމަހުގެ 30 ވަނަ ދުވަހުގެ ނިއަލަށް ވަނީ ހުޅުވާލާފަ އެވެ.

މީގެ ކުރިން މިކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މުސްލިމު އުންމަތުގެ ބަޔަކަށް އެހީތެރިކަން ފޯރު ކޮށްދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމަށެވެ އަދި ދިވެހިންނަކީ މިފަދަ ހާލަތްތަކުގައި އަބަދުވެސް އެހީތެރިކަން ވަރަށް ފުރިހަމައަށް ފޯރުކޮށްދޭ ބައެއްކަން ފާހަގަ ކުރެއްވި އެވެ.

އެގޮތުން 1440 އަށް ގުޅައިގެން ކުރިއަށްގެންދާ ހަރާކާތްތަކުގެ ތަފްސީލުތައް ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް