Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދޫ އުތުރު ދާއިރާ

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ސިނާންގެ ގޮނޑި ގެއްލުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި. މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން އަހްމަދު ސައީދު ކެންޑިޑޭޓު ނަންބަރު އެކެއްގެ ގޮތުގައި ވާދަކުރައްވާއިރު، އެމްޑީޕީގެ ފަރާތުން ކެންޑިޑޭޓު ނަންބަރު ދޭއްގައި ވާދަކުރައްވަނީ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 މެއި 2026 | ބުދަ 10:03
މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އަބްދުﷲ ސޯދިގް. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު.

މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީ މޭޔަރު އަބްދުﷲ ސޯދިގް. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު. | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަން ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ. 

އެ ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރައްޏެއް އޮވެ، އެ ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން އޭނާ ގެ މެންބަރުކަމުގެ ޝަރުޠު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާ ގުޅިގެންނެވެ. 

މި އިންތިޚާބުގައި އެމްޑީޕީ އިން ވާދަކުރައްވަނީ އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގެވެ. އަދި ޕީއެންސީއިން ވާދަކުރައްވަނީ އަހްމަދު ސައީދު އެވެ.

އޭގެ ތެރެއިން ޕީއެންސީގެ ސައީދަށް ލިބިލެއްވީ ކެންޑިޑޭޓު ނަންބަރު 1 އެވެ. ސޯބެއަށް ލިބިލެއްވީ ކެންޑިޑޭޓު ނަންބަރު 2 އެވެ. 

ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

ވޯޓު ގުނަން ފަށާނީ ވޯޓުލުން ނިމޭތާ 30 މިނެޓު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރާނީ 2026 ޖޫން 08 ވާ ހޯމަ ދުވަހު އެވެ. 

ހިތަދޫ އުތުރުސޯބެއިލެކްޝަން ކެމްޕެއިން

އިތުރަށް ކިޔާލަން

02 މެއި 2026

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު
29 އެޕްރީލު 2026

ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް

29 އެޕްރީލު 2026
ސިނާންގެ ޓިކެޓް އަތުލާފައި ދިނީ ސޮޑާ އަށް
25 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރީ އެ ގޮނޑި ގެއްލުނު ސިނާން!

25 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބުކުރީ އެ ގޮނޑި ގެއްލުނު ސިނާން!
16 އެޕްރީލު 2026

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި

16 އެޕްރީލު 2026
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓަރސް ރަޖިސްޓްރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 27ގެ ނިޔަލަށް ހުޅުވާލައިފި
13 އެޕްރީލު 2026

މަޖިލީހުގެ ހުސްވެފައިވާ ގޮނޑިއަށް ސޯބެ ހޮވުމަށް ފުރިހަމަ ތާއީދު އޮތްކަން ރައީސް ސޯލިޙު ހާމަ ކުރައްވައިފި

13 އެޕްރީލު 2026
މަޖިލީހުގެ ހުސްވެފައިވާ ގޮނޑިއަށް ސޯބެ ހޮވުމަށް ފުރިހަމަ ތާއީދު އޮތްކަން ރައީސް ސޯލިޙު ހާމަ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު