Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއާރްއޯއެލް

އާރްއޯއެލް ގެ ޚާއްސަ ޕްރޮމޯޝަނެއް: ގިގަފައި އިންޓަރނެޓަށް އާ ކަސްޓަމަރުންނަށް ފުރަތަމަ 3 މަހުގެ ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް!

6 މެއި 2026 | ބުދަ 10:00

އާރުއޯއެލްގެ ގިގަފައި އިންޓަނެޓް އަލަށް ހޯއްދަވާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހުގެ މަހު ފީން 50 އިންސައްތައިގެ ޑިސްކައުންޓް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ. ޖޫން 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން، "ROL5050" ކޯޑު ބޭނުންކޮށްގެން ޚިދުމަތަށް އެދޭ ފަރާތްތަކަށް ސެޓަޕް ފީ އާއި ޑިޕޮސިޓް ހިލޭވުމުގެ އިތުރުން އަޕްލޯޑާއި ޑައުންލޯޑް ސްޕީޑް އެއްވަރެއްގައި ހިފަހައްޓައިދޭ ސިމެޓްރިކަލް ބޭންޑްވިޑްތް ލިބިގެންދާނެއެވެ. މި ފުރުސަތަކީ ހަމައެކަނި ގޭބިސީތަކަށް ދޫކުރާ ރެސިޑެންޝަލް ކަނެކްޝަންތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 6 މެއި 2026 | ބުދަ 10:00
ގިގަފައި އިންޓަރނެޓް އާ ކަސްޓަމަރުންނަށް ފުރަތަމަ 3 މަހުގެ ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް

ގިގަފައި އިންޓަރނެޓް އާ ކަސްޓަމަރުންނަށް ފުރަތަމަ 3 މަހުގެ ފީ އިން 50 އިންސައްތައިގެ ޑިސްކައުންޓެއް | އާރްއޯއެލް

އާރުއޯއެލް  އިން އާ ކަސްޓަމަރުންނަށް ހާއްސަ، ގިނަ ފައިދާތަކެއް ލިބިގެންދާނެ އާ ޕްރޮމޯޝަނެއް ފަށައިފި އެވެ. މި ޕްރޮމޯޝަނުގެ ދަށުން އާރުއޯއެލް ގެ ގިގަފައި އިންޓަރނެޓް ޚިދުމަތް އަލަށް ހޯއްދަވާ ކަސްޓަމަރުންނަށް، ކަނެކްޝަން ސެޓަޕް ހެދުމާއި، ބޭނުންވާ ޑިވައިސްގެ އިތުރުން ޑިޕޮސިޓް ފީ ވެސް މުޅިން ހިލޭ ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެ އެވެ.

މީގެ އިތުރުން، ގިގަފައި އިންޓަރނެޓްގެ އާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހުގެ މަހު ފީން 50 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ. މި ހުރިހާ ފައިދާތަކުގެ އިތުރުން، ގިގަފައި އިންޓަރނެޓްގެ އާ ކަސްޓަމަރުންނަށް "ސިމެޓްރިކަލް ބޭންޑްވިޑްތް" ލިބޭނެ އެވެ. މިއީ އިންޓަނެޓް އަޕްލޯޑް ކުރާ ސްޕީޑާއި ޑައުންލޯޑް ސްޕީޑް ދުވެލި އެއްވަރެއްގައި ހިފަހައްޓައިދޭނެ ޚިދުމަތެކެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އާ ކަސްޓަމަރުން އާރު.އޯ.އެލްގެ ވެބްސައިޓް މެދުވެރިކޮށް އާ އެކައުންޓެއް ހުޅުވާއިރު، ޕްރޮމޯ ކޯޑެއްގެ ގޮތުގައި "ROL5050" ބޭނުންކުރަން ޖެހޭނެއެވެ. މީގެ އިތުރުން، އާރު.އޯ.އެލްގެ ސޯޝަލް މީޑިއާ ޗެނަލްތަކާއި، އެ ކުންފުނީގެ ފްރަންޓް އޮފީހަށް ޒިޔާރަތްކޮށްގެން ނުވަތަ ހޮޓްލައިން ނަންބަރު 133 އަށް ގުޅައިގެން ވެސް މި ޕްރޮމޯޝަނަށް އެދި ހުށަހެޅޭނެ އެވެ.

30 ޖޫން 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ހަމައެކަނި ގިގަފައިގެ ހޯމް ނުވަތަ ރެސިޑެންޝަލް ސެގްމަންޓަށް ހާއްސަ ޕްރޮމޯޝަނެކެވެ.

އާރްއޯއެލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2017

ދިރާގު ޓީވީއަށް އާ ޗެނަލްތަކެއް ލޯންޗުކޮށް، ޕްރޮމޯޝަނެއް ފަށައިފި

24 އޮކްޓޯބަރު 2017
ދިރާގު ޓީވީއަށް އާ ޗެނަލްތަކެއް ލޯންޗުކޮށް، ޕްރޮމޯޝަނެއް ފަށައިފި
02 ސެޕްޓެމްބަރު 2017

ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
14 އޯގަސްޓު 2017

ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް

14 އޯގަސްޓު 2017
ޕިރަމިޑު "ހޯލް ސޭލް" ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް
13 އޯގަސްޓު 2017

އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!

13 އޯގަސްޓު 2017
އުރީދޫގެ ޚާއްސަ ކަސްޓަމަރުންނަށް އަރާމު ކްލަބު ޕްރިމިއާ ލައުންޖެއް!
20 ޖުލައި 2017

ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި

20 ޖުލައި 2017
 ޕޮއިސްއިން ކުޅިވަރު ކުޅޭ ފަރާތްތަކަށް ޚާއްސަ "ހޮޓްއައިސް ސްޕޯޓްސް" ތައާރަފްކޮށްފި
05 ޖޫން 2017

ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި

05 ޖޫން 2017
ދިރާގުން އަނެއްކާ ވެސް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ފަށައިފި
15 މެއި 2017

ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ

15 މެއި 2017
ރޯދަ މަހަށް ޚާއްސަކޮށް ވަގުތީ ދަތުރުވެރިންގެ މާރުކޭޓެއް ޤާއިމުކުރަނީ
26 އެޕްރީލު 2017

ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި

26 އެޕްރީލު 2017
ޑޫސާން ލައްކަ ޕްރޮމޯޝަން ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ ފަށައިފި
15 މާރިޗު 2017

ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

15 މާރިޗު 2017
ލިޓަސް އިންތިހާބް 2017ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
03 ފެބުރުއަރީ 2017

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް