ކ. މާލެ
|
23 ސެޕްޓެންބަރ 2017 | ހޮނިހިރު 13:11
ސްޓެލްކޯ ބިލްޑިންގް
ސްޓެލްކޯ ބިލްޑިންގް
ގޫގުލް
ކަރަންޓް ކެނޑުން
ކަރަންޓް ކެނޑުނީ ފީޑަރަކަށް ދިމާވި މައްސަލައާ ގުޅިގެން
ގަލޮޅު އަދި ހެންވޭރުގެ ސަރަހައްދަކުން ވަނީ ކަރަންޓް ކެނޑިފައި
ކަރަންޓު ކެނޑުނީ އިންޖީނު ނިވުމުގެ ސަބަބުން
ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރަމުން

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ހިނގައްޖެ އެވެ.

އެގޮތުން ހެންވާރުގެ ސަރަަހައްދުތަކުންނާއި ގަލޮޅުގެ ބޮޑު ސަރަހައްދަކުންވަނީ ކަރަންޓް ކެނޑިފަ އެވެ. ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައޫފު ވިދާޅުވީ ކަރަންޓް ކެނޑުނީ، ފީޑަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީނު ނިވުމުގެ ސަބަބުން ކަމަށެވެ. ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައޫފު ވިދާޅުވި އެވެ. މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާފަންނާއި ގަލޮޅާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ވަނީ ކެނޑިފަ އެވެ.

ކަރަންޓް ކެނޑިފައިވާ އިރު ހުކުރު ދުވަހުގެ ހަވީރުވެސް ވަނީ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް