Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތު
ލައިފްސްޓައިލް / ސިއްހަތު

ހެނދުނުގެ ނާސްތާއަށް އެވޮކާޑޯ އާއި ބިސް ކެއުމުން ހަށިގަނޑަށް އަންނާނީ ކޮން ބަދަލުތަކެއް؟

އެވޮކާޑޯ އާއި ބިސް އެއްކޮށް ކެއުމަކީ ހިތުގެ ސިއްހަތު ރަނގަޅުކޮށްދީ، ސިކުނޑީގެ މަސައްކަތްތައް ހަލުވިކޮށްދޭ ކަމެކެވެ. މީގެ އިތުރުން މިއީ ލޭގެ ހަކުރު ކޮންޓްރޯލްކޮށް، ހަމާއި އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމުގެ އިތުރުން ގިނައިރު ބަނޑުހައިނުވެ ހުރުމަށް އެހީތެރިވެދޭ ފައިދާހުރި ނާސްތާއެކެވެ. ބިހުގައި ހުންނަ މުހިންމު ވިޓަމިންތައް ހަށިގަނޑަށް ދަމައިގަތުމަށް އެވޮކާޑޯގައި ހިމެނޭ ފެޓްސް އެހީތެރިވެދޭތީ، މިއީ ސިއްހީ ގޮތުން ވަރަށް ފުރިހަމަ ކޮމްބިނޭޝަނެކެވެ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 09:00
އެވަކާޑޯ އާއި ބިސް އެކުގައި ކެއުމުން، އޭގެ ސިއްހީ ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް އެހީތެރިވެދެއެވެ

އެވަކާޑޯ އާއި ބިސް އެކުގައި ކެއުމުން، އޭގެ ސިއްހީ ފައިދާތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމަށް އެހީތެރިވެދެއެވެ | ވެރީވެލްހެލްތް.ކޮމް

އެވޮކާޑޯ އަދި ބިހަކީ އޭގެ ޒާތުގައިވެސް ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ދެ ބާވަތެވެ. މީރު ރަހައެއް ލިބުމުގެ އިތުރުން، މި ދެ ބާވަތް އެއްކޮށް ކެއުމުން ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ފެޓްސް، ޕްރޮޓީން އަދި މުހިންމު މައިކްރޯނިއުޓްރިއެންޓްސް ލިބިގެންދެއެވެ. މިއީ ހެނދުނުގެ ނާސްތާއަށް ތައްޔާރުކޮށްލަން އެންމެ ފުރިހަމަ އެއް ކޮމްބިނޭޝަނެވެ.

މި ދެ ބާވަތް އެއްކޮށް ކެއުމުން ހަށިގަނޑަށް ލިބޭ މުހިންމު 6 ފައިދާއެއް ތިރީގައި އެވަނީއެވެ.

1. ހިތުގެ ސިއްހަތު ރަނގަޅުކޮށްދޭ

އެވޮކާޑޯ އާއި ބިސް އެއްކޮށް ކެއުމުން ފައިދާހުރި ފެޓްސް އަދި މަތީ ފެންވަރުގެ ޕްރޮޓީން ލިބެއެވެ. އެވޮކާޑޯގައި އެކުލެވޭ 'މޮނޯއަންސެޗުރޭޓެޑް ފެޓްސް' ގެ ސަބަބުން ލޭގައި ހުންނަ ނުރައްކާތެރި ކޮލެސްޓްރޯލް (އެލް.ޑީ.އެލް) ދަށްކޮށްދީ، ސްޓްރޯކް އަދި ހިތުގެ ބަލިތަކުން ދުރުކޮށްދެއެވެ. މީގެ އިތުރުން ބިހަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު 9 އަމައިނޯ އެސިޑް އެކުލެވޭ ޕްރޮޓީންއަކަށް ވުމާއެކު، މިއީ ހިތުގެ ސިއްހަތަށް ވަރަށް ފައިދާހުރި ކެއުމެކެވެ.

2. ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދޭ

އެވޮކާޑޯއަކީ ފައިބަރ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެއް އެވޮކާޑޯގައި ގާތްގަނޑަކަށް 14 ގްރާމް ފައިބަރ ހުރެއެވެ. އަދި ބިހުގައި އެކުލެވޭ ޕްރޮޓީންގެ ސަބަބުން، ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތައް ރެގިއުލޭޓް ކޮށްދެއެވެ. މި ދެ ބާވަތް އެކުވުމުން ގިނައިރު ވަންދެން ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސްކުރުވައި، އިތުރަށް ކެއުމާ ދުރުކޮށްދެއެވެ.

3. ސިކުނޑީގެ މަސައްކަތްތައް ފުރިހަމަކޮށްދޭ

މި ދެ ބާވަތުގައިވެސް ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ މާއްދާތައް އެކުލެވެއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެވޮކާޑޯއާއި ބިސް ކެއުމުން އުމުރުން ދުވަސްވުމުން ދިމާވާ ހަނދާން ބަލިވުމުގެ މައްސަލަތަކާ ދުރުކޮށްދެއެވެ. އެވޮކާޑޯގައި ވިޓަމިން އީ، އަދި ބީ ވިޓަމިންސް ހިމެނޭއިރު، ބިހުގައި ޕްރޮޓީން، ކޮލެސްޓްރޯލް އަދި ކޮލީން ފަދަ ސިކުނޑިއަށް ފައިދާހުރި މާއްދާތައް ގިނަ އަދަދަކަށް ހިމެނެއެވެ.

4. ހަމާއި އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދޭ

އެވޮކާޑޯގައި ހިމެނޭ ވިޓަމިން އީ ގެ ސަބަބުން އިރުގެ ނުރައްކާތެރި ދޯދިތަކުން (ޔޫވީ) ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދެއެވެ. އަދި ބިހަކީ 'ބަޔޮޓިން' ގިނަ އަދަދަކަށް އެކުލެވޭ އެއްޗަކަށް ވުމުން، މިއީ ހަމާއި އިސްތަށިގަނޑު އުފެއްދުމަށް ބޭނުންވާ 'ކެރެޓިން' ޕްރޮޓީން އުފެއްދުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ ސަބަބުން ހަންގަނޑު އޮމާންވެފައި އިސްތަށިގަނޑު ވަރުގަދަވެއެވެ.

5. ލޭގެ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ

ބިހުގައި ހިމެނޭ ޕްރޮޓީން އާއި އެވޮކާޑޯގެ ފެޓްސް އަދި ފައިބަރ އެކުވުމުން ބަނޑުހައިވުން ކުޑަކޮށްދީ، ގިނައިން ކެއުމާ ދުރުކޮށްދެއެވެ. މީގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރު (ބްލަޑް ގްލުކޯޒް) އެއްވަރެއްގައި ހިފަހައްޓައިދީ، އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

6. ނިއުޓްރިއެންޓްސް ހަށިގަނޑަށް ދަމައިގަތުން އިތުރުކޮށްދޭ

ބިހުގެ ގޮބޮޅީގައި ވިޓަމިން އޭ، ޑީ، އީ އަދި ކޭ އެކުލެވެއެވެ. މިއީ 'ފެޓް-ސޮލިއުބަލް' ވިޓަމިންތަކެކެވެ. މާނައަކީ މިއީ ފެޓް ނުވަތަ ސަރުބީއާއެކު ކެއުމުން ނޫނީ ހަށިގަނޑަށް ފުރިހަމައަށް ބޭނުން ނުހިފޭނެ ވިޓަމިންތަކެކެވެ. އެހެންކަމުން، އެވޮކާޑޯ ފަދަ ފައިދާހުރި ފެޓްސް ހިމެނޭ ބާވަތަކާއެކު ބިސް ކެއުމުން، ބިހުގައި ހިމެނޭ މި މުހިންމު ވިޓަމިންތައް ހަށިގަނޑަށް ފަސޭހައިން ދަމައިގަނެ، އޭގެ ފުރިހަމަ ފައިދާ ލިބިގެންދެއެވެ.

އެހެންކަމުން، ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާގައި ބިހާއި އެވޮކާޑޯ އެއްކޮށް ކެއުމަކީ ދުޅަހެޔޮ ސިއްހަތަކަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ މީރު އަދި ހަށިގަނޑަށް ފައިދާހުރި ފުރިހަމަ ފެށުމަކަށް ވާނެއެވެ.

އެވޮކާޑޯބިސްހިތުގެ ސިއްހަތުކޮލެސްޓްރޯލްލޭގެ ހަކުރުސިކުނޑީގެ ސިއްހަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

06 ފެބުރުއަރީ 2026
ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

11 ނޮވެމްބަރު 2025
އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

އިންޑިއާއިން ރާއްޖެ ގެންނަ ވެކްސިން ޑަބްލިއުއެޗްއޯގެ މިންގަނޑަށް ފެތޭނެ: އެޗްޕީއޭ

19 ޖެނުއަރީ 2021
ހެނދުނުގެ ނާސްތާއަށް ދޮންކެޔޮ!

ހެނދުނުގެ ނާސްތާއަށް ދޮންކެޔޮ!

31 އޮކްޓޯބަރު 2020
ކޮރޯނާވައިރަސް އިން އަރައިގަތުމަށް 6 ހަފްތާ އާއި 10 ހަފްތާގެ މުއްދަތެއް ނަގާފާނެ: ބިލް ގޭޓްސް

ކޮރޯނާވައިރަސް އިން އަރައިގަތުމަށް 6 ހަފްތާ އާއި 10 ހަފްތާގެ މުއްދަތެއް ނަގާފާނެ: ބިލް ގޭޓްސް

20 މާރިޗު 2020

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު