Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުކުކުޅު ބިސް

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ދުވާލެއްގެ މައްޗަށް ބިސް ކާންޖެހެނީ ވަކި މިންވަރަކަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 ޖެނުއަރީ 2019 | ހޯމަ 15:50
މިއީ ބަރުދަން ލުއިކޮށްލަދޭ އެއްޗެއް

މިއީ ބަރުދަން ލުއިކޮށްލަދޭ އެއްޗެއް

ކުކުޅު ބިހަކީ ހަށިގަނޑަށް އެކި ގޮތް ގޮތުން ފައިދާ ހުންނަ އެއްޗެއް ކަމަށް ތަފާތު ދިރާސާތަކުން ދައްކައެވެ.

އެ ގޮތުން މިއީ ޕްރޮޓީން އާއި ހެލްތީ ފެޓް ގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗަކަށް ވާއިރު ހަށިގަނޑުގެ ބަރުދަން ލުއިކޮށްދޭ އެއްޗެއް ވެސް މެއެވެ.

ގިނަ އަދަދަކަށް ނިއުޓްރިޝަންގެ މާއްދާތައް ވެސް އެކުލެވޭ ބިހަކީ ތަފާތު އެކި ގޮތްތުން ވެސް ހަށިގަނޑަށް ވަރަށް ފާއިދާ ހުރި އެއްޗެކެވެ. އެގޮތުން ބިހުގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދިނުމާއި ދިފާއީ ނިޒާމު ވަރުދަގަކޮށްދިނުން ހިމެނެއެވެ.

އެހެން ނަމަވެސް އުފެދޭ ސުވާލަކީ ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތޯއެވެ.

ދިރާސާތަކުން މީގެ ކުރިން ދައްކާފައިވާ ގޮތުންނާއި ގިނަ ބަޔަކު ލަފާދޭ ގޮތުގައި ބިހުގައި ފާއިދާ ހުންނަނީ ހުދު ބައިގައެވެ. ބިހުގެ ގޮބޮޅި ބައި ކާން ގިނަ ބަޔަކު ދެކޮޅު ހަދައެވެ. އެއީ އެބައިގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް އާއި ފެޓްގެ މާއްދާ އެކުލެވޭތީއެވެ.

އެހެން ނަމަވެސް ފަހުގެ ދިރާސާތަކުން ދެއްކި ގޮތުގައި ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވުމުގެ ސަބަބުން މިއީ ހަކުރުބަލި ހުންނަ މީހުން ކާން ވަރަށް ރަނގަޅު އެއްޗެކެވެ.

އެގޮތުން ބަލާއިރު ދުވާލެއްގެ މައްޗަށް ބިސް ކާންޖެހެނީ ވަކި މިންވަރަކަށެވެ. ހަކުރުބަލި ހުންނަ ދެ ވައްތަރެއްގެ މީހުން ތިބޭއިރު މާގިނައިން ބިސް ކައިފި ނަމަ ކޮލެސްޓްރޯލް މައްޗަށް ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ކޮލެސްޓްރޯލް މައްޗަށް ގޮސްފި ނަމަ ހިތުގެ ބަލިތަކާއި ސްޓޯކް ޖެހުމަށް މަގުފަހިވެދެއެވެ. މިގޮތަށް ކޮލެސްޓްރޯލް އެއްވަރެއްގައި ހިފެހެއްޓުމަށް އެއް މިންވަރެއްގައި ކެއުން ބެހެއްޓުމަކީ މުހިއްމު ކަމެވެ.

ގިނަ އަދަދަކަށް ނިއުޓްރިޝަން އެކުލެވޭ ބިހަކީ ހެލްތީ ޑައިޓަކަށް ވަރަށް ރަނގަޅު އެއްޗެކެވެ. އެންމެ ފަހުން ކުރި މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗުން ދައްކާ ގޮތުގައި ހަކުރުބަލި ހުންނަ މީހުން ދުވާލެއްގެ މައްޗަށް ކާންޖެހޭނީ އެންމެ ބިހެކެވެ.

ނިއުޓްރިޝަންސް، ވިޓަމިންސް، މިނަރަލަސް، ގިނަ އަދަދެއްގެ ޕްރޮޓީން، އަދި ގުޑް ފެޓްސް ހިމެނޭ ބިސް ދުވާލަކު އެއް ފަހަރު ކާއިރު ކައްކައިގެން ނުވަތަ ސްކްރަންބަލްޑްކޮށް ހަދައިގެން ވެސް ކެވިދާނެއެވެ.

އިތުރަށް ކިޔާލަން

01 މެއި 2020

ޒުވާންކަންމަތީ ހުންނަން ބޭނުންތަ؟ ގްރީން ޓީއެއް ބޯލާ!

01 މެއި 2020
ޒުވާންކަންމަތީ ހުންނަން ބޭނުންތަ؟ ގްރީން ޓީއެއް ބޯލާ!
11 އެޕްރީލު 2020

ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ

11 އެޕްރީލު 2020
ސައުދީގައި 24 ގަޑީއިރު ތެރޭ 364 މީހުންނަށް ކޮވިޑް-19 ޖެހިއްޖެ
23 މާރިޗު 2020

ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި

23 މާރިޗު 2020
ގައުމުން ބޭރު މީހުންނަށް ފަރުވާ ކުރުން ހުއްޓާލަން ޑޮކްޓަރުންނަށް ސިންގަޕޫރު ސަރުކާރުން އަންގައިފި
12 ޖެނުއަރީ 2019

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

12 ޖެނުއަރީ 2019
ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
01 އޯގަސްޓު 2018

ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟

01 އޯގަސްޓު 2018
ހަކުރު ބަލި ހުންނަ މީހުން ވޯލްނަޓް ބޭނުންކުރަން ޖެހެނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު