Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ސިއްހަތު
ކުކިން އޮއިލް

ސިއްހަތައް ފައިދާ ބޮޑީ ކޮން ވައްތަރެއްގެ ކުކިން އޮއިލެއް؟ އޮލިވް އޮއިލްތަ؟ ސަންފްލާވަރ އޮއިލްތަ؟

އެއްވެސް ބާވަތެއްގެ ކައްކާ ތެލަކުން ސިއްހީ ހުރިހާ ހައްލެއް ނުލިބޭ ކަމަށާއި ކައްކާ ތެލާ ބެހޭ ގޮތުން އާންމުންނަށް ބައެއް ކަންކަމުގެ ހަގީގަތް އޮޅިފައިވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2025 | އަންގާރަ 12:58
ފިހާރައެއްގެ ޝެލްފް ގައި ވިއްކަން ބަހައްޓާފައި ހުރި ޒައިތޫނި ތެޔޮ

ފިހާރައެއްގެ ޝެލްފް ގައި ވިއްކަން ބަހައްޓާފައި ހުރި ޒައިތޫނި ތެޔޮ

ސުޕަމާކެޓުތަކުގެ ހަރުތަކުގައި ކުކިންގ އޮއިލްގެ އެކި ބާވަތްތައް އަތުރާފައި ހުންނަ އިރު އޭގައި ސަންފްލަވަރ އަދި ވެޖިޓަބަލް އޮއިލްގެ ފުޅިތަކުން ފެށިގެން ގޮސް ސިއްހަތައް ވިސްނާ މީހުންނަށް ޚާއްސަ ބާވަތްތައް ކަމަށް ބުނާ އަގުބޮޑު އޮލިވް، އެވޮކާޑޯ އަދި ކޮކޮނަޓް އޮއިލް ގެ ބާވަތްތަކުން ހުންނަނީ ފުރިފަ އެވެ.

ކުކިން އޮއިލްގެ ބާވަތްތަކުގެ ސިއްހީ ފައިދާ ތަކާއި ގެއްލުންތަކުގެ ބަހުސް އަކީ ދިގު މުއްދަތަކަށް ނިއުޓްރިޝަނަލް މާހިރުންގެ ތެރޭގައި ހިނގަމުން އަންނަ ބަހުސް އެކެވެ. އެއާއެކު އެކި ކަންކަމަށް އެކި ބާވަތްތަކުގެ ތެޔޮ ރަނގަޅު ކަމަށް ދެކި އެ ގޮތައް އަމަލު ކުރަމުންދާ މީހުން ވެސް މަދެއް ނޫނެވެ.

ކައްކާ ތެލާއި ގުޅިފައިވާ އެންމެ މުހިންމު މައްސަލަ އަކީ އޭގައި އެކުލެވޭ ފެޓްސް އާ ބެހޭ ގޮތުންނެވެ. ހުރިހާ ފެޓް އެއް ހަށިގަނޑުގައި އެއް ގޮތަކަށް ނަތީޖާ އެއް ނުނެެރެއެވެ. ބައެއް ބާވަތުގެ ފެޓްސް އިން ކޮލެސްޓްރޯލް އިތުރުކުރާއިރު އަނެއްބައި ފެޓުން ކޮލެސްޓްރޯލު ދަށްކުރަން އެހީތެރިވެދެއެވެ.

ކޮލެސްޓްރޯލް އަކީ ފުރަމޭ ގައި އުފައްދާ ޠަބީއީ ފެޓީ މާއްދާ އަކަށް ވުމުގެ އިތރުން އިންސާނުން ކާ ބައެއް ކާނާތަކުގައި ވެސް އެކުލެވިފައި ހުންނަ އެއްޗެކެވެ. މީގެ ތެރޭގައި ހިމެނޭ ނުރަނގަޅު ކޮލެސްޓްރޯލް ލޭގެ ހޮޅިތަކުގެ ތެރޭގައި ފެޓީ ޑިޕޮޒިޓްތައް ޖަމާވުމަށް މަގުފަހިކޮށްދީ، ހޮޅިތައް ބެދުމުގެ ސަބަބަކަށް ވެގެންދެ އެވެ.

ކެމްބްރިޖް ޔުނިވަރސިޓީގެ ޕޮޕިއުލޭޝަން ހެލްތު އެންޑް ނިއުޓްރިޝަން ޕްރޮފެސަރު ނީތާ ފަރޯހީ، ބީބީސީ އަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ އެއްވެސް ބާވަތެއްގެ ކައްކާ ތެލަކުން ސިއްހީ ހުރިހާ ހައްލެއް ނުލިބޭ ކަމަށާއި ކައްކާ ތެލާ ބެހޭ ގޮތުން އާންމުންނަށް ބައެއް ކަންކަމުގެ ހަގީގަތް އޮޅިފައިވާ ކަމަށެވެ.

1. ކެއްކުމަށް ސަންފްލަވަރ އަދި ވެޖިޓަބަލް އޮއިލް ބޭނުން ކުރޭ

ރޭޕްސީޑް އޮއިލް (އާންމުކޮށް ވެޖިޓަބަލް އޮއިލްގެ ގޮތުގައި ވިއްކާ ތެލެއް) އަދި ސަންފްލަވަރ އޮއިލް އާ ބެހޭ ގޮތުން ނުރަނގަޅު ވިސްނުން މީހުންނަށް އައިސްފައިވާ އިރު، ބައެއް މީހުން ބުނަނީ އެއީ އަލްޓްރާ-ޕްރޮސެސްޑް އެއްޗެއް ކަމަށާއި އިންފްލަމޭޝަން މައްސަލަތައް ދިމާވެ ކާޑިއޯވެސްކިއުލަރ ސިއްހަތަށް ގެއްލުން ދޭ އެއްޗެއް ކަމަށެވެ.

އެކަމަކު، މިކަން ސާބިތުކުރާ ހެއްކެއް ނެތެވެ.

ހަގީގަތުގައި، މި ބާވަތުގެ ވެޖިޓަބަލް އޮއިލް ގައި ނުރަނގަޅު ސެޗުރޭޓެޑް ފެޓްގެ މަދު މިންވަރެއް - 5-10% - ހިމެނޭއިރު، ސިއްހަތަށް ރަނގަޅު މޮނޯ- އަދި ޕޮލިއަންސެޗުރޭޓެޑް ފެޓްތައް ގިނައެވެ. ޕޮލިއަންސެޗުރޭޓެޑް ފެޓްތައް (އޮމެގާ-3 އަދި އޮމެގާ-6 ހިމެނޭ) ސިކުނޑީގެ އަދި ހިތުގެ ސިއްހަތަށް މުހިންމެވެ.

ޕްރޮފެސަރ ނީތާ ވިދާޅުވަނީ މި ބާވަތުގެ ތެޔޮ ސިއްހަތައް ރަނގަޅު ކަމުގައެވެ.

އޭނާ މިކަން ސާފު ކޮށްދެއްވަމުން ވިދާޅުވީ، "ބަޓަރު، ލާޑް ނުވަތަ ގިތެޔޮ ފަދަ ސެޗުރޭޓެޑް ފެޓްތައް [ނުބައި ކޮލެސްޓްރޯލް އިތުރުކުރާ] ގިނަ ބާވަތްތައް ބޭނުން ކުރުމުގެ ބަދަލުގައި ވެޖިޓަބަލް އޮއިލް ބޭނުން ކުރުމުން ބަލީގެ ރިސްކް ކުޑަކުރެވޭނެ،" ކަމަށެވެ.

2. މާޖިރީން ނުބައި ކޮލެސްޓްރޯލް ދައްކުރަން އެހީތެރިވެދޭ

މާޖިރީން އަކީ ވެސް ގޯސް ބާވަތެއްގެ ގޮތުގައި މީހުން ދެކެމުން އަންނަ އެއްޗެކެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ގިނަ މީހުން ގަބޫލު ކުރަނީ އެއިން ދުރުހެލިވާންޖެހޭ ކަމަށެވެ.

އެއީ ކުރިން އުފައްދާ މާޖިރީން ގައި ގެއްލުން ބޮޑު ޓްރާންސް ފެޓްތައް ހިމެނޭތީއެވެ. އެއީ ކާޑިއޯވެސްކިއުލަރ ބައްޔާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އެކަމަކު ޕްރޮފެސަރ ނީތާ ވިދާޅުވަނީ މިހާރުގެ މާޖިރީން ގައި "ޓްރާންސް ފެޓް ހުންނަނީ ސުމަކާ ގާތް ކުރާހާ ކުޑަ މިންވަރެއް" ކަމަށެވެ. އެހެން ކަމުން މާޖަރީން ބެލެވިފައި ވަނީ ކޮލެސްޓްރޯލް ދައްކޮށްދޭ ރަނގަޅު ބާވަތެއްގެ ގޮތުގައެވެ.

މާޖިރިން އަދި ބަޓަރު ވެސް ކެއްކުމުގައި ބޭނުން ބޭނުން ކުރެވިދާނެ އެވެ. އެކަމަކު ތަޖުރިބާކާރުން ލަފާދެނީ ބައެއްފަހަރު މާޖިރިން އާއި ބަޓަރު ގެ ބަދަލުގައި ތެޔޮ ބޭނުން ކުރުމަށެވެ. އެއީ ސެޗުރޭޓެޑް ފެޓް މަދުވާތީއެވެ.

3. އޮލިވް އޮއިލް (ޒައިތޫނި ތެޔޮ) ޑީޕް ފްރައިން އަށް ރަނގަޅެއް ނޫން

ތެޔޮ ހޫނު ކުރަން ފެށުމާ އެކު އެއަށް އަންނަ ބަދަލުތަކަށް ބަލާއިރު ބައެއް ބާވަތުގެ ތެލަކީ ގަދަ ހޫނުގައި ރަނގަޅު އެއްޗަކަށް ނުވެއެވެ.

މިސާލަކަށް، އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ގައި އެންޓިއޮކްސިޑެންޓް ތަކާއި ފައިދާހުރި މާއްދާތަކުން ފުރިފައިވާ އިރު، ޒައިތޫނި ތެލަކީ ލޯ ސްމޯކް ޕޮއިޓެއް ލިބިފައިވާ އެއްޗެކެވެ. އޭގެ ދަށް ސްމޯކް ޕޮއިންޓް ގެ މާނަ އަކީ ސަލަޑް ޑްރެސިން އަށް ނުވަތަ ކާނާގެ މައްޗަށް އަޅާލުމުން އޭގެ ފައިދާ ކުރާނެ ކަމެވެ. އޭގެ ބަދަލުގައި. އޭގެ މާނަ އަކީ، ޑީޕް ފްރައިން އަށް ރަނގަޅު ނުވާނެ ކަމެވެ.

ސްމޯކް ޕޮއިންޓް އަކީ ތެލުގައި ހުންނަ ފެޓްތައް ބަދަލުވާން ފަށައި، ނުރަނގަޅު ކޮމްޕައުންޑްތައް އެއިން އުފެދި، ތެލުގެ ރަހަ އަށް ވެސް ބަދަލު އަންނަ ޕޮއިންޓެކެވެ.

ކެއްކުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ޝެލޯ ފްރައިން އަށް ޒައިތޫނި ތެޔޮ ރަނގަޅެވެ.

އެކަމަކު ޗިޕްސް ނުވަތަ މަސް ފަދަ އެއްޗެއް ޑީޕް ފްރައި ކުރުމަށް، ވެޖިޓަބަލް ނުވަތަ ސަންފްލަވަރ އޮއިލް އެންމެ ރަނގަޅެވެ. އެއީ އޭގެ ޕްރޮޕަޓީ އަށް ބަދަލު ނައިސް ގަދަ ހޫނު ގައި ވެސް ހުންނާތީ އެވެ.

ބައެއް ދިރާސާތަކުން ދައްކާފައި ވަނީ ކޮންމެ ތެލެއްގެ ސްމޯކް ޕޮއިންޓަށް ވުރެ މަތީގައި ހޫނުކުރާއިރު ވިހަ ބައި-ޕްރޮޑަކްޓް ތައް ބޭރުވާ ކަމަށެވެ.

ތަޖުރިބާކާރުން ގެ ނަޒަރުގައި އެއްޗެހި ފްރައި ކުރުމުގައި ޖުމްލަ ކޮށް ބޭނުން ކުރަން އެންމެ ރަނގަޅީ ވެޖިޓަބަލް އޮއިލް އެވެ.

ކޮންކަމަކަށް ރަނގަޅީ ކޮންކަހަލަ ތެލެއް؟

ކޮންމެދުވަހެއްގެ ކެއްކުމުގައި ނަމަ: ސަންފްލަވަރ ނުވަތަ ރޭޕްސީޑް އޮއިލް އަގުގެ ގޮތުންނާއި ސިއްހީ ގޮތުން ބަލާއިރު ބޭނުން ކުރެވިދާނެއެވެ.

ސަލަޑްތަކަށާއި ފިނިޝިން ޑިޝްތަކަށް: އެކްސްޓްރާ ވާޖިން އޮލިވް އޮއިލް ރަހަ އަދި ސިއްހީ ފައިދާތަކަށް ބަލާއިރު ބޭނުން ކުރުން ރަނގަޅެވެ.

ޑީޕް ފްރައިން އަށް: މަތީ ސްމޯކް ޕޮއިންޓް ތެޔޮ ކަމުގައިވާ ވެޖިޓަބަލް ނުވަތަ ސަންފްލަވަރ އޮއިލް ބޭނުން ކުރެވިދާނެ އެވެ.

މަސްދަރު: ބީބީސީ

ކުކިން އޮއިލްކޮލެސްޓްރޯލްޒައިތޫނި ތެޔޮ

ކޮމެންޓް

އިތުރަށް ކިޔާލަން

ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟

ހާރުދަމުގައި ކާންވީ ކޮން އެއްޗެއްކަން އެނގޭތަ؟

31 މެއި 2018
ނިދުން: ފައިދާ ހުރި ކަސްރަތެއް

ނިދުން: ފައިދާ ހުރި ކަސްރަތެއް

29 މެއި 2018
ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

ސެލެޑް: ހަށިގަނޑަށް އެތައް ފައިދާއެއް ލިބޭ، ނުކާންވީ ސަބަބެއް ނެތް

27 މެއި 2018
ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

ކަދުރުން ލިބޭ އަޖައިބެއް ފަދަ ފައިދާ

15 މެއި 2018
ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

ކޮންމެ ދުވަހަކު ބޯ ދޮވުން، އެއްގޮތަކަށް ވެސް ކަމުދާ ކަމެއް ނޫން..

10 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު