Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޫސާ މަނިކު

މި ސަރުކާރުގެ ސިޔާސަތެއް ނެތް ވަރު މަގުމައްޗަށް އެކަނި ބަލާލިޔަސް އެނގޭނެ: ރީކޯ މޫސަ

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާ ގުޅިގެން ދުރާލާ ފިޔަވަޅު އެޅުމުގެ ބަދަލުގައި، އިންތިޚާބާ ދިމާކޮށް ވަޒީފާ ބެހުމާއި ބޭކާރު ޚަރަދުތައް ކުރުމުގެ ސަބަބުން ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަމަށް މޫސަ ވިދާޅުވި. މީގެ އިތުރުން މަގުމަތީގެ ތަރުތީބު ގެއްލި، ބިދޭސީންގެ މައްސަލަތައް ބެލެހެއްޓުމުގައި ސަރުކާރުގެ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތްކަން އޭނާ ފާހަގަކުރެއްވި. މި ހުރިހާ ކަމަކުން ހާމަވަނީ ދައުލަތް ހިންގުމުގެ ނިޒާމު މުޅިން ފެއިލްވެފައިވާ ކަން ކަމަށްވެސް މޫސަ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 25 އެޕްރީލު 2026 | ހޮނިހިރު 11:39
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ފަލަސުރުކީ ޕްރޮގުރާމުގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ފަލަސުރުކީ ޕްރޮގުރާމުގައި ވާހަކަދައްކަވަނީ | ރާއްޖެއެމްވީ

މި ސަރުކާރުގައި ދައުލަތުގެ ހިންގުންތެރިކަމުގެ އެއްވެސް ނިޒާމެއް ނެތް ކަމަށާއި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތް ކަން ހަމައެކަނި މަގުމައްޗަށް ބަލާލިއަސް އެނގިގެން ދާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މިހާރު ދުނިޔެ އަށް ކުރިމަތިވެފައި ވަނީ ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުން އެކަމާ ގުޅިގެން ފިޔަވަޅުތައް އެޅި އިރުވެސް ރާއްޖެ އިން އެފަދަ ފިޔަވަޅެއް ވެސް އަޅާފައި ނުވާ ކަން މޫސަ ފާހަގަ ކުރެއްވި އެވެ. 

Advertisement - newsAdvertisement

މޫސަ ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތުތައް ހަރުދަނާ ނަމަ ހަނގުރާމަ ފެށުމާއެކު، އިންތިޚާބާ ދިމާކޮށް ވަޒީފާ ބެހުން ފަދަ ކަންކަން ހުއްޓާލީސް ކަމަށެވެ.

މިކަން ފެށުނު ދުވަހު މި އިންތިޚާބު ބޯމަތިވެފަ އޮތަސް ވަޒީފާތައް ބަހައި، ބޭކާރު ޚަރަދު ކޮށް، ޑްރެޖަރުތައް ގެނަސްގެން ތަންތަން ނުހިއްކައި އިގްތިސާދު ހިފެހެއްޓިނަމަ އަޅުގަނޑު ދަންނަވާނީ މެނޭޖް ކުރެވޭ ވަރަށް، ރައްޔިތުންނަށ ްކާބޯތަކެތި ދެވޭ ވަރަކަށް، ރައްޔިތުންގެ ބޭސް ފަރުވާ އަގުބޮޑުވެގެން ނުދާނެ، ކަރަންޓު ބިލު އަގުބޮޑުވެގެން ނުދާނެ ވަރަކަށް ހިފެހެއްޓުމަށް ރައީސް ސިޔާސަތެއް ގެންގުޅުއްވި ނަމަ މިއަދު މިކަމެއް ކުރިމަތި ނުވާނެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) 

މޫސަ ވިދާޅުވީ މިއަދުވެސް މާލޭގެ މަގުތަކަށް ސައިކަލުތައް ރަޖިސްޓްރީ ކުރަމުން ދަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ. މަގުތައް ފުރި ބާރުވެ، ހިނގާނެ ތަނެއް ވެސް ނެތް ކަމަށާ ހަމައެކަނި މަގުމައްޗަށް ބަލާލިއަސް މި ސަރުކާރުގެ ސިޔާސަތުތައް ނެތްކަން ހާމަވާ ކަމަށެވެ. 

އޭގެ އިތުރުން ފުލުހުންގެ ފަރާތުން ވެސް ފެންނަމުން ދަނީ އެއްވެސް ހަރުދަނާ ކަމެއް ނެތް މުއައްސަސާ އަކުން ފެންނަ މަންޒަރުތައް ކަމަށާއި ފުލުހުންނަށް ވެސް މި ގައުމުގައި މުޒާހަރާ ހުއްޓުވުން ފިޔަވައި ކުރެވޭ ކަމެއް ނެތް ކަމަށެވެ. 

މި ގައުމަށް ބިދޭސީން އެތެރެވާ މިންވަރަށް މިހާރު ވެސް އެތެރެވަމުން ދާއިރު ގައުމުގައި ހުރި އެއްވެސް ކަމެއް ބެލޭނެ ގޮތެއް ނެތް ކަމަށް މޫސަ ވިދާޅުވި އެވެ. މި ހުރިހާ ކަމަކުން ވެސް ހާމަވަނީ މި ސަރުކާރުގައި ދައުލަތުގެ ހިންގުންތެރިކަމުގެ އެއްވެސް ނިޒާމެއް ނެތް ކަން ކަމަށް މޫސަ ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

މޫސާ މަނިކުއެމްޑީޕީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

ހަމަލާ ދިނުމާއި ގުޅިގެން މޭޔަރު އާޒިމްއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރީގެ ރައީސް ސޯލިހު ގޮވާލައްވައިފި

25 އެޕްރީލު 2026
ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

ރޯދަމަހަށް ފަހު، ކަރަންޓު ބިލުތަށް އެތަށް ގުނައެއް ބޮޑުވެފައިވާތީ އެމްޑީޕީ އިން ސްޓެލްކޯ ކުރިމަތީ އިހުތިޖާޖު ކޮށްފި

25 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި

އެމްޑީޕީގެ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމް އަށް ހަމަލާ ދީފި

24 އެޕްރީލު 2026
އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

22 އެޕްރީލު 2026
ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

ރައީސް މުއިއްޒު ހަނދުމަފުޅުނެތަސް ޕީޕީއެމްގެ އަދަބެއް، އަޚުލާގެއް ނެތް މުޒާހަރާތައް ރައްޔިތުން ހަނދާނެއް ނުނެތޭ

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު