Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިކެއަރ

ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ، ކެއަރ ސޮސައިޓީގެ ދަރިވަރުންނަށް އައިކެއަރއިން ލޮލުގެ ސްކްރީނިން ހަދައިދީފި!

26 އެޕްރީލު 2026 | އާދީއްތަ 08:46

ކެއަރ ސޮސައިޓީގެ އަހަރީ ހެލްތު ސްކްރީނިން އިވެންޓާ ގުޅިގެން، އައިކެއަރ އިން ވަނީ އެ ސޮސައިޓީގެ 50 އެއްހާ ބައިވެރިންނަށް ލޮލުގެ ހިލޭ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ. މި ހަރަކާތުގެ ތެރެއިން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުންގެ ލޮލުގެ ފެނުން ޗެކްކޮށް، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ވަނީ ލަފާ ދީފަ. މިއީ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމަށް އައިކެއަރގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މުހިންމު މަސައްކަތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އެޕްރީލު 2026 | އާދީއްތަ 08:46
ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކް ކޮށް ދިނުމަށް އައިކެއަރ އިން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމްގެ ތެރެއިން

ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކް ކޮށް ދިނުމަށް އައިކެއަރ އިން ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮގްރާމްގެ ތެރެއިން | އައިކެއަރ އޮޕްޓިކަލްސް

ލޮލުގެ ސިއްހީ ހިދުމަތަކީ މުޅި މުޖުތަމައުއަށް ފަސޭހަކަމާއެކު ލިބިގަނެވޭނެ ހިދުމަތަކަށް ހެދުމަށާއި، ދުޅަހެޔޮ ލޮލުގެ ސިއްހަތަށް ހޭލުންތެރިކުރުމަށް އައިކެއަރ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކެއަރ ސޮސައިޓީގެ ބައިވެރިންނަށް ލޮލުގެ ފެނުން ޗެކް ކޮށް ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ހިންގައިފި އެވެ.

ކެއަރ ސޮސައިޓީން އަހަރީކޮށް ބާއްވާ ހެލްތު ސްކްރީނިން އިވެންޓަށް އެއްބާރުލުން ދިނުމުގެ ގޮތުން، އެ ސޮސައިޓީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ މި ހިލޭ ސްކްރީނިން ޕްރޮގްރާމްގައި، ތަފާތު ގޮތްގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 50 ބައިވެރިން ބައިވެރިވި އެވެ.

Advertisement - newsAdvertisement

އައިކެއަރ އިން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ ލޮލުގެ ފެނުމާ ގުޅޭ މައްސަލަތައް ކުރީބައިގައި ދެނެގަނެ، ލޮލުގެ ސިއްހަތު ރަނގަޅަށް ބެހެއްޓޭނެ ގޮތްތަކާ ބެހޭ ލަފާ ދިނުން ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން އައިކެއަރގެ އޮޕްޓޮމެޓްރިސްޓުންގެ ޓީމުން ބައިވެރިންގެ ލޮލުގެ ފެނުމުގެ އަސާސީ ޓެސްޓުތައް ހަދައި، އިތުރު ފަރުވާ ބޭނުންވާ ފަރާތްތަކަށް ލަފާ ދީފައިވާ ކަމަށް ވެސް އައިކެއަރ އިން ވަނީ ބުނެފަ އެވެ. 

މުޖުތަމައުތަކަށް ވާސިލްވެ، ލޮލުގެ ސްކްރީނިންގެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އައިކެއަރ ގެ އިޖްތިމާއީ ޒިންމާ (ސީއެސްއާރް) ގެ މުހިންމު ބައެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ގޮތެއްގައި ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ފޯރުކޮށްދިނުމާއި، ބޭނުންވާ ވަގުތު އެކަށީގެންވާ ލަފަޔާއި އިރުޝާދު ދިނުމުގައި އެ ކުންފުނިން ދެމިތިބޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ގަވާއިދުން ލޮލުގެ ޗެކަޕް ހެދުމުގެ މުހިންމުކަން މުޖުތަމައުތަކަށް ފޯރުކޮށްދިނުމަކީ، އައިކެއަރގެ ސީއެސްއާރް ހަރަކާތްތަކުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފަ އެވެ.

ކެއަރ ސޮސައިޓީއައިކެއަރ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 ނޮވެމްބަރު 2021

ކެއަރ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާ ބައްވައިފި

09 ނޮވެމްބަރު 2021
ކެއަރ ސޮސައިޓީގެ އަހަރީ އާންމު ޖަލްސާ ބައްވައިފި
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
22 ފެބުރުއަރީ 2017

ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ

22 ފެބުރުއަރީ 2017
ޖިންސީ ގުޅުމުން އަރާ ތަފާތު ބަލިތަކާ ގުޅޭ ދިރާސާއެއް ކުރަނީ
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް