Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ

ހައިޑްރޯޖެން ބޮމެއް ޓެސްޓް ކުރަން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފި

22 ސެޕްޓެމްބަރު 2017 | ހުކުރު 05:57

މި އިންޒާރު ދީފައިވަނީ ޓްރަމްޕް އުތުރު ކޮރެއާ ނައްތާލާނެ ކަމަށް ބުނުުމުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 22 ސެޕްޓެމްބަރު 2017 | ހުކުރު 05:57
އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ

އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ

ޕެސިފިކް ކަނޑުގައި ހައިޑްރޮޖެން ބޮމެއް ޓެސްޓް ކޮށްފާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރު ދެއްވައިފިއެވެ.

އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާ ނައްތާލަން ޖެހިދާނެ ކަމަށް ވިދާޅުވުމާ ވިދިގެން، އުތުރު ކޮރެއާގެ ފޮރިން މިނިސްޓާރ ރީ ޔޮންހޯ ނޫސްވެރިންނާ ވާހަކަ ދައްކަމުން ވިދާޅުވެފައި ވަނީ ޕެސިފިކް ކަނޑުގައި އެ ގައުމުން ހައިޑްރޮޖެން ބޮމެއް ޓެސްޓް ކޮށްފާނެ ކަމަށާއި މި ބޮން ވެގެންދާނީ މިހާތަނަށް ޓެސްޓް ކުރެވޭ އެންމެ ބާރުގަދަ ހައިޑްރޯޖެން ބޮމަށް ކަމަށެވެ. އެހެން ނަމަވެސް ރީ ވިދާޅުވެފައި ވަނީ މިފަދަ ކަމެއް ކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ގައުމުގެ ލީޑަރު ކިމްޖޮންގް އުން ކަމަށެވެ.

ޓްރަމްޕް، އުތުރު ކޮރެއާއަށް އިންޒާރު ދެއްވުމާ ގުޅިގެން އެ ގައުމުގެ ލީޑަރު ކިމްޖޮންގް އުން ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެގޮތުން މި ބަޔާނުގައިވަނީ ޓްރަމްޕްގެ އިންޒާރަށް ދެވެން އޮތް އެންމެ ވަރުގަދަ ރައްދު ދޭނެ ކަމަށާއި އަދި ޓްރަމްޕް މައިތިރި ކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ކިމްގެ މި ބަޔާނުގައި ވަނީ ޓްރަމްޕްއަކީ މުސްކުޅި ބަލިޖެހި ސިނކުޑީގެ މައްސަލަތައް ދިމާވެފައިވާ މީހެއް ކަމަށެވެ.

އުތުރު ކޮރެއާ ނައްތާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ދީފައިވާއިރު އޭނާ ވަނީ އެ ގައުމާ ދެކޮޅަށް ދަތިކުރުމިގެ ފިޔަވަޅު އެޅުމަށް އެގްޒެކްޓިވް އޯޑަރެއްގައި ސޮއިކުރައްވާފައެވެ. އެގޮތުން އުތުރު ކޮރެއާއަށް ޓެކްނޮލޮޖީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހުން ހުއްޓުވުމަށް ޓްރްމްޕްގެ މި އެގްޒެކްޓިވް އޯޑަރުގައި ވެއެވެ.

ބައިނަލްއަގްވާމީ ދުނިޔެއިން ތަކުރާރުކޮށް އުތުރު ކޮރެއާ އަށް އަންގަމުން ދަނީ އެ ގައުމުން ހިންގާ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށާއި އަދި މިސައިލް ޓެސްޓްތައް ކުރުން ހުއްޓާލުމަށެވެ. އެހެން ނަމަވެސް އުތުރު ކޮރެއާ އިން ބައިނަލްއަގްވާމީ ދުނިޔޭގެ މި ގޮވުންތަކަށް ދެމުންދަނީ ބީރުކަންފަތެކެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި

21 މާރިޗު 2017
ފޯންކޯލް އަޑުއެހިކަމުގެ ހެއްކެތް ނެތް:އެފްބީއައި
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
23 ފެބުރުއަރީ 2017

20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ

23 ފެބުރުއަރީ 2017
20 މިލިއަން މީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހިދާނެ
19 ފެބުރުއަރީ 2017

މޮގަދިޝޫގައި ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި

19 ފެބުރުއަރީ 2017
މޮގަދިޝޫގައި  ބޮމެއް ގޮއްވާލައި ވިއްސަށް ވުރެ ގިނަ މީހުން މަރާލައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން

14 ޖެނުއަރީ 2017
އިސްރާއީލު ބަލައިގެންފައި އޮތް އޮތުން އިޔާދަކުރަންޖެހިދާނެ: ފަލަސްތީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް