Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހަކުރު ބަލި

ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހު ވެސް ޖަހަން ޖެހޭ އިންސުލިން '' ގްލާޖިން'' މުޅި ރާއްޖެއިން ހުސްވެއްޖެ، އެކަމަކު އެސްޓީއޯ އިން ބުނީ ސްޓޮކް އެބަހުރި ކަމަށް!

ރާއްޖެއަށް އިންސިއުލިން އެތެރެކުރާ ހަމައެކަނި ކުންފުނި ކަމަށްވާ އެސްޓީއޯއިން "ގްލާޖިން" އިންސިއުލިން ހުސްވުމާ ގުޅިގެން، ހަކުރު ބަލި ތަހައްމަލުކުރާ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ ބިރު ވަނީ ހީވެފައި. މިކަން ދިމާވީ ޝިޕްމަންޓް ކްލިއަރ ކުރުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބޭއިރު، މީގެ ދެ މަސް ކުރިން ވެސް މިފަދަ މައްސަލައެއް ކުރިމަތިވެފައިވޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 08:16
ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހު ވެސް ޖަހަން ޖެހޭ ''ގްލާޖިން އިންސުލިން''. މި އިންސުލިންގ ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެސްޓީއޯ ފަރމަސީން ބުނެފައިވާ ކަމަށް މައުލޫމާތު ލިބޭ.

ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހު ވެސް ޖަހަން ޖެހޭ ''ގްލާޖިން އިންސުލިން''. މި އިންސުލިންގ ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް އެސްޓީއޯ ފަރމަސީން ބުނެފައިވާ ކަމަށް މައުލޫމާތު ލިބޭ. | އިންޑިއާ މާޓް

ހަކުރު ބަލި ހުންނަ މީހުން ކޮންމެ ދުވަހަކު ވެސް ޖަހަން ޖެހޭ އިންސުލިން '' ގްލާޖިން'' މުޅި ރާއްޖެއިން ހުސްވެއްޖެ އެވެ. 

ރާއްޖެއެމްވީ އަށް އިތުރުބާރު ހުރި ފަރާތަކުން ވިދާޅުވީ، ގްލާޖިން އިންސިއުލިން ހުސްވެފައިވާ ކަމަށާއި، އެސްޓީއޯ ފަރމަސީން ނުލިބޭ ކަމަށެވެ. އަދި ވިދާޅުވީ އެ ލިބޭ ދުވަހެއް ވެސް ނޭނގޭ ކަމަށެވެ. 

Advertisement - newsAdvertisement

މިމައްސަލަ މީގެ ދެ މަސް ކުރިން ވެސް ދިމާވިކަން ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ހަކުރު ބަލި ތަހައްމަލް ކުރާ މީހުންނަށް ދެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށާއި، އެމީހުންގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅޭ ކަމެއް ކަމަށެވެ. އަދި މި އިންސުލިން ރާއްޖެއަށް ހަމައެކަނި އެތެރެ ކުރަނީ އެސްޓީއޯ ފަރމަސީން ކަމަށްވާތީ، އެހެން އެއްވެސްތާކުން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ގްލާޖިން އިންސިއުލިން ލިބުމުގައި ލަސްތަކެއް ކުރިމަތިވީ ޝިޕްމަންޓް ކްލިއަރ ކުރުމުގައި ލަސްތަކެއް ކުރިމަތިވެގެން ކަމަށެވެ.

މިމައްސަލައާ ގުޅިގެން އެކަން ދޮގުކޮށް އެސްޓީއޯ އިން ބުނީ، މިވަގުތު ސްޓޮކް އެބަހުރި ކަމަށާއި، ހުސްވެފައި ހުރި ފާމަސީތަކަށް ސްޓޮކް ޑެލިވަރ ކުރަމުންދާ ކަމަށެވެ. އަދި އިތުރު ޝިޕްމަންޓެއް ވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އެސްޓީއޯން ބުނެ އެވެ.

މީގެ އިތުރުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަކުރު ބަލީގެ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ބައްޔަށް ހޭލުންތެރި ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުން ގެންދާ ޖަމިއްޔާއެއް ކަމުގައި ވާ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އަށް ފައިސާ ނުލިބޭތީ ހިންގުމަށް ވަނީ ދަތިވެފައެވެ. މިހެން ދިމާވެގެން އުޅެނީ، ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން ދޫކުރާ ފައިސާ ފެބްރުއަރީ މަހުން ފެށިގެން ދޫކޮށްފައިނުވާތީ އެވެ.

ގްލާޖިންއެސްޓީއޯ ފަރމަސީހަކުރު ބަލިޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ 5 ބާވަތެއް އެކުލެވޭ "ސެމަން" ރެސިޕީއެއް!

ރޭގަނޑުގެ ކެއުމަށް ފަސޭހައިން ތައްޔާރުކޮށްލެވޭ 5 ބާވަތެއް އެކުލެވޭ "ސެމަން" ރެސިޕީއެއް!

12 މާރިޗު 2026
ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

13 ޖެނުއަރީ 2026
އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

އޮރެންޖު ޖޫސްތަ؟ އޮރެންޖުތަ؟ ރަނގަޅީ ކޮން ގޮތެއް؟

02 ޖެނުއަރީ 2026
ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

ހަކުރު ބަލި ނެތްކަމަށް ބުނި އާބާދީގެ ތެރެއިން 11.5 އިންސައްތަ މީހުންގެ ހަކުރު ހުންނަންޖެހޭ މިންވަރަށްވުރެ މަތި

25 މެއި 2023
"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް ސްޓެލްކޯގެ އެހީ

"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް ސްޓެލްކޯގެ އެހީ

04 ޖުލައި 2022

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު