Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތި

ލަންކާ މަގުން ރާއްޖެއައި އިންޑިއާގެ ފަސް މީހަކު 4.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުން ވެސް ކޯޓުން ދޫކޮށްލައިފި

21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 09:37

އެމީހުން ރާއްޖެއައީ ލަންކާ މަގުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 21 ސެޕްޓެމްބަރު 2017 | ބުރާސްފަތި 09:37
ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން އަތުލައިގަނެފައިވާ މަސްތުވާތަކެތި

ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން އަތުލައިގަނެފައިވާ މަސްތުވާތަކެތި | ޕޮލިސް

ސްރީލަންކާއިން ރާއްޖެއައި އިންޑިއާ ފަސް މީހަކު 4.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި ކަސްޓަމްސް އާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައި، ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 47 އަހަރުގެ އަންހެނެކެވެ. މި ފަސް މީހުންނަކީީ އިންޑިއާއަށް ނިޞްބަތްވާ ފަސް މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކޮލަމްބޯއިން ގަމަށް ވައިގެ މަގުން ދަތުރު ކުރި ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 09:30 ހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާ ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރިއިރު އެމީހުން ގެނައި ލަގެޖް ފޮށިތަކުން ނެގި ރަބަރު ކޮތަޅު ތަކެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 4.65 ކިލޯ ގްރާމް ހުއްޓެވެ. މީގެ އިތުރުން އެފޮށިތަކުން މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ބައެއްކަހަލަ ތަކެތިވެސް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް