Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހއ.ހޯރަފުށި

ހޯރަފުށީ ހޮސްޕިޓަލްގެ މަޝްރޫއުގެ ސްޕީޑް ވަރަށް ލަސް، މިއަހަރު ޚިދުމަތެއް ނުދެވޭނެ: ވަހީދު

ވަހީދު ވިދާޅުވީ ހޯރަފުށީގައި އަޅާ އައު ހޮސްޕިޓަލުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު، މިއަހަރުގެ ތެރޭގައި އެތަން ނިންމައި ޚިދުމަތް ދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް. ނަމަވެސް ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވަނީ ހޯރަފުށި ހިމެނޭހެން ރާއްޖޭގެ 6 ރަށެއްގައި ތަރައްގީކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މިއަހަރު ނިންމާލެވޭނެ ކަމަށް. ކުރީ ސަރުކާރުގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ ރަށުގެ އާބާދީއަށް ސިއްހީ ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ރައްޔިތުން ނުހަނު ބޭނުންވެފައިވާ މުހިންމު މަޝްރޫއެއް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 އެޕްރީލު 2026 | ހޮނިހިރު 09:03
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހއ.ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހއ.ހޯރަފުށީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން. | ސޯޝަލް މީޑިއާ

ހއ. ހޯރަފުށީ ހޮސްޕިޓަލް ގެ މަޝްރޫއު މިއަހަރުގެ ތެރޭގައި ނިންމާ ޚިދުމަތް ދޭން ނުފެށޭނެ ކަމަށް އެރަށުގެ ކައުންސިލް ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

ފަށާއިރު ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. 

Advertisement - newsAdvertisement

އެމަސައްކަތުގެ ދަށުން އައު ހޮސްޕިޓަލެއް އިމާރާތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް އަމަލީ މަސައްކަތް ފެށުނު ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރާއެކު، ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ކުރިއަށް ދާ ސްޕީޑް ވަރަށް ލަސް ކަމަށާއި، މި އަހަރު ވެސް މިމަޝްރޫއު ނިންމައި، ޚިދުމަތް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑުމެންގެ ދައުރުގައި ވަރަށް ބޮޑު ލުއި ފަސޭހައަކަށް ރައްޔިތުންނަށް އެ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ފެށީ އެނގޭތޯ. އެންމެ ބާރު ސްޕީޑްގައި ނުދިޔަ ކަމުގައި ވިޔަސް ކޮންމެވެސް ވަރަކަށް ހުއްޓުމެއްނެތި މަޑުމަޑުން ހޮސްޕިޓަލް ގެ މަސައްކަތް ކުރިއަށް އެބަ ދޭ. އެހެންނަމަވެސް ދަންނަވަންތޯ މިއަހަރު ނިމުމާ ހަމައަށްދާއިރު ވެސް މިދާ ރޭޓުގައި ދާ ކަމަށްވަންޏާ ނިމި ޚިދުމަތަށް އަންނާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ކޮންމެ ޕްރޮޖެކްޓެއް ވެސް މިއިންނަނީ ވަރަށް ބޮޑަށް ސްލޯވެފައި.
ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ވިދާޅުވީ ހއ. ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު، ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް މިއަހަރު ނިންމާ ޚިދުމަތް ދޭނެ ކަމަށެވެ.

ހއ. ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދަށްވާއިރު، ކުރީ ސަރުކާރުގައި އެރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް 6 ސެޕްޓެންބަރު 2023 ގައި ވަނީ ފަށާފަ އެވެ. 

3500އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހޯރަފުށީގައި ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. 

ހއ.ހޯރަފުށީމުހައްމަދު ވަހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް 
އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

ހޯރަފުށީގެ ތަރައްގީގެ ހުރިހާ ވައުދެއް ''ޖަމަލު ފޮޑިއަށް ވަނީ ބަދަލުވެފައި'' ، އިންތިޚާބާ ދިމާކޮށް އާދަޔާ ހިލާފު ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫއު ވެސް ފެށި!

18 އެޕްރީލު 2026
ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

ހޯރަފުށީގެ ތަރައްގީ އޮތީ ވަރަށް ނިކަމެތި ހާލަތެއްގައި، 12.5 މިލިއަން ރުފިޔާގެ ބޮޓްލިން ޕްލާންޓު ވެސް ދަބަރަށްވެ ގެއްލިގެން ދިއުމުގެ ބިރުއެބައޮތް: ވަހީދު

17 އެޕްރީލު 2026
 އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

އެލްޖީއޭ އިން ނުހައްގުން ސަސްޕެންޑް ކުރި ހޯރަފުށީ ކައުންސިލްގެ ރައީސް އެނބުރި އޮފީހަށް ނިކުތުމުން ރަތްދޫލައިގެ މަރުހަބާ އެއް

23 މާރިޗު 2026
ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

ރިޔާސީ ދައުރެއް ދެ ބައިވީ، ހޯރަފުށި ތިބީ ތަރައްޤީގަ ކާނެ އެއްޗެއް ނެތިފައި ހައި ބަނޑާ: ކައުންސިލް ރައީސް

31 އޮކްޓޯބަރު 2025
40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

40 އަހަރުގެ ތެރޭގައި ކުނަހަންދޫ އަށް ވަޑައިގަތް ފުރަތަމަ ރައީސް އަކީ މުއިއްޒު ކަމަށް ޕީއެސްއެމް އިން ޚަބަރު ފެތުރި އިރު މުއިއްޒު ކުރިން އެރަށަށް ވަޑައިގަތީ ރައީސް ވަހީދު އަރިހުގައި

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު