Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަ ސުރުހީ

ތާއީދެއް ނެތް ވެރިކަމެއް އޮތުމަކީ ދައުލަތުގެ މާލިއްޔަތަށް ވަރަށް ގެއްލުންހުރި ކަމެއް: ވައްޑޭ

ވައްޑޭ ވިދާޅުވީ އިންތިހާބެއް ނެގޭވަރު ކުރަން ސަރުކާރުން އަނެއްކާވެސް ޖެހޭނީ ސުމަކުން ފައްޓައިގެން ކޮންމެ ރަށެއްގައި އެތައް ވަޒީފާއެއް އުފައްދަން ކަމަށާއި ކޮންމެ ރަށެއްގައި އެތަށް ދޮގު ވައުދެއްގެ ބިންގާ އަޅުއްވަން ޖެހޭނެ ކަމަށެވެ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ޖޫން 2025 | ހޮނިހިރު 17:52
ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު

ތާޢީދެއް ނެތް ބަޔަކު ވެރިކަމުގައި ތިބުމަކީ ދައުލަތުގެ މާލިއްޔަތަށް ނުވަތަ ރައްޔިތުން ދައްކާ ޓެކްސް ފައިސާއަށް ވަރަށް ގެއްލުންހުރި ކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު ވައްޑެ ވިދާޅުވި، މިހާރު ޑރ. މުޢިއްޒަކަށް މިރާއްޖޭގައި 1 ޕަސެންޓުވެސް ތާއީދު ކުރާނެ ކަމަަށްކަށް ގަބޫލެއް ނުކުރެވޭ ކަމަށާއި ނަމަވެސް ސަރުކާރުގެ ބޮޑެތި ފުރުސަތުތަކާއި ވަޒީފަތަށް ލިބޭ މަދު ބަޔަކާއި އެމީހުންގެ އާއިލާތައް ހިމަނައިގެން 5 ވަރަކަށް ޕަސެންޓުގެ ތާއީދު އޮވެދާނެކަމަށެވެ.

ވައްޑޭ ވިދާޅުވީ އިންތިހާބެއް ނެގޭވަރު ކުރަން ސަރުކާރުން އަނެއްކާވެސް ޖެހޭނީ ސުމަކުން ފައްޓައިގެން ކޮންމެ ރަށެއްގައި އެތައް ވަޒީފާއެއް އުފައްދަން ކަމަށާއި ކޮންމެ ރަށެއްގައި އެތަށް ދޮގު ވައުދެއްގެ ބިންގާ އަޅުއްވަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން މިހާރު ރައްރަށަށް ފޮނުވާ ޓީމު ތަކުން ދެވަނަ ބޮޑު ސްކޭމް ހިންގުމުގެ ދިރާސާތައް ކުރައްވަމުން ގެންދަވާ ކަމަށާއި އެ ދަތުރު ތަކަކީ ރައްޔިތުންނަށް އޮޅުވާލެވޭނެ ކަންކަން ދެނެގަތުމުގެ ދަތުރުތަކެއް ކަމަށް ވައްޑޭ ފާހަގަކުރެއްވިއެވެ.

މުޢިއްޒު އެބަ ވިދާޅުވޭ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަ ވާހަކަ، އަދި ޕީއެންސީގެ އެންމެ މެނަބަރަކަށްވެސް ސާފެއް ނުވާނެ ކޮންބަދަލުތަކެއް ކަމެއް ގެންނަނީވެސް، ކައުންސިލްތައް ކުޑަކުރަށްވާ ވާހަކަ އެބަ ވިދާޅުވޭ އަދި އެދަތުރުތަކުގައި ވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އެނގިވަޑައިނުގަންނަވާނެ ކައުންސިލްގެ ހިމެނޭ މެންބަރުންގެ އަދަދަކަށް ވާނީ ކިހާވަރެއް ކަމެއްވެސް، ރަށު ކައުންސިލްތައް ބައްވާފަ އަތޮޅު ކައުންސިލްތައް އުވާލާ ވާހަކަ އެބަ ދައްކަވާ، ރައްރަށް ފަޅުކޮށްފަ މާލެ ސަރަހައްދަށް ބަދަލުކުރާ ވާހަކަ އެބަދައްކަވާ، އެއީ މިދެންނެވީ މިހާރު ދަތުރު ކުރަށްވާ ބޭފުޅުންނަށްވެސް ފުރަތަމަކަމަކަށް ވާންއުޅޭ އެއްޗެއްވެސް ސާފެއް ނުވާނެ، އެހެންވީމަ މިދެންނެވީ އެހާލަތުގައި ތިއްބަވައިގެން އެކުރައްވަނީ އަނެއްކާވެސް ބޮޑު ސްކޭމެއް،
މުޙައްމަދު ވަހީދު (ވައްޑޭ)

މީގެ އިތުރުން ވައްޑޭ ވިދާޅުވީ، ދޮގުވެރިއަކު ދޮގު ހަދާކަށް މިނެއް އިމެއް ހައްދެއް ނެތް ކަމަށާއި އެކަން އެބޭފުޅުން ކުރާއްވާނެ ކަމަށެވެ. އެހެން ނަމަވެސް ދައުރު ދެބައިވާން ގާތްވީމަ ރަށެއްގައި ކުރެވުނު އެއްވެސް ކަމެއް ނެތްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ވައްޑޭ ވިދާޅުވިއެވެ.

އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި މިހާރު އޮތީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ކަން ފާހަގަކުރަށްވާ ވައްޑޭ ވިދާޅުވީ، މިސަރުކާރުގެ ޕްރޮގްރާމަކުން ނުވަތަ މިސަރުކާރުން އަޅުއްވަން ފެއްޓެވި އެންމެ ފްލެޓެއްވެސް ނެތް ކަމަށެވެ. ވައްޑެ ފާހަގަކުރެއްވި ގޮތުގައި މިހާރުވެސް ހިނގަމުންދަނީ އެމްޑީޕީގެ ސަރުކާރުން ފެއްޓެވި މަޝްރޫޢުތަކެވެ. ވައްޑެ ވިދާޅުވީ ދޮގު މައްޗަށް ބައިވަރު ދޮގު ހެދުން ނޫން ގޮތެއް ކުރިއަށް އޮތް އިންތިހާބުގައި އެބޭފުޅުންނަށް ނޯންނާނެކަމަށެވެ.

މުހައްމަދު ވަހީދު ޑރ. މުޢިއްޒުރައްޔިތުންގެ މަޖިލިސްސަރުކާރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު