Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސަރުކާރު އެސްއޯއީތައް

ކުންފުނިތަކުގެ ވެރިން ބަދަލުކުރުމުގެ ސިލްސިލާ ބޮޅު: ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ފަހުމީ އެމްޑަބްލިއުއެސްސީއަށް!

14 އެޕްރީލު 2026 | އަންގާރަ 05:40

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލްމަތީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި ހުސައިން ފަހުމީ ވަނީ އައްޔަންކުރައްވާފައި. ފަހުމީ މި މަގާމަށް ބަދަލުކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއްގައި ހުންނަވަނިކޮށް. މިފަހަކަށް އައިސް ކުންފުނިތަކުގެ އިސް މަގާމުތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 އެޕްރީލު 2026 | އަންގާރަ 05:40
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ | ސްޓެލްކޯ

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ ބޯޑު މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި ޙުސައިން ފަހުމީ އައްޔަންކުރައްވައިފިއެވެ. 

އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި އަބްދުލްމަތީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement - newsAdvertisement

މަތީނު މަގާމުން އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް ހާމަ ނުކުރައްވަ އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވިދާޅުވި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ. 

މިހާރު އެ މަޤާމަށް އައްޔަނު ކޮށްފައިވާ ފަހުމީ ކުރިން ސްޓެލްކޯގެ އެމްޑީގެ މަޤާމުގައި ހުންނަވަނިކޮށް ވަކި ކުރެއްވުމަށް ފަހު އޭރު އޭނާ އައްޔަނު ކުރެއްވީ ރައީސް އޮފީހުގެ އިސް މަޤާމަކަށެވެ. އެއީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީންގެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމުތަކެކެވެ. މި މަގާމަށް އޭރު ފަހުމީ އައްޔަނު ކޮށްފައި ވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސްއެވެ.

އޭރު ފަހުމީ ވަކި ކުރެއްވުމަށްފަހު ސްޓެލްކޯގެ އެމްޑީއަކަށް އައްޔަނު ކުރެއްވީ މިފްކޯގެ އެމްޑީކަމުން ވަކި ކުރެއްވި އަހްމަދު ޝަމާހް ރަޝީދުއެވެ. ނަމަ ވެސް ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރިތާ 5 މަސް ވެސް ނުވަނީސް ޝަމާހު ވަކިކޮށްފައިވާއިރު، އޭރު އޭނާ އެ މަގާމުން ވަކި ކުރީ ބޮޑު ތުހުމަތެއް ކޮށް، އެއްމަސް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހުގަ އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ ހިންގުމަށް މިފަހުން ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ. މި ސަރުކާރު ފެށުނު ފަހުން ކުންފުނިތަކުގެ ހިންގުމަށް ދޭތެރެ ދޭތެރެއިން މި ބަދަލުތައް އަންނަމުންދާކަން ފާހަގަ ކުރެވެއެވެ. މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ވެރިއަކު ނެތި، އެ މަގާމު ހުހަށް ހުންނަތާ ދުވަސްތަކެއް ފާއިތުވެފައިވާ ކުންފުނިތައްވެސް އެބަހުއްޓެވެ. 

އޭގެ ތެރޭގައި ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އެގްރޯ ނެޝަނަލް ކޯޕަރޭޝަން އަދި މިފްކޯ ހިމެނެއެވެ. 

ހުސައިން ފަހުމީރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއެމްޑަބްލިޔުއެސްސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2026

ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟

12 އެޕްރީލު 2026
ކުންފުނިތަކުގެ ވެރިން ވަކިކުރުމާއި އިސްތިއުފާގެ ބޮޑު ސިއްރު!!؟
12 އެޕްރީލު 2026

އެމްޑަބްލިއުއެސްސީ. ގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި

12 އެޕްރީލު 2026
އެމްޑަބްލިއުއެސްސީ. ގެ އެމްޑީ މަތީން އިސްތިއުފާ ދެއްވައިފި
18 ފެބުރުއަރީ 2026

އިންތިޚާބު ބޯމަތިވުމުން ބ. ކުޑަރިކިލުގައި ކުރީ ސަރުކާރުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށް ގެންދޭ، ނަމަވެސް ދޮންފަނު އަދި ކިހާދޫގައި މިމަޝްރޫއު ކުރިއަށް ގެންދާނެ ދުވަހެއް ނޭނގޭ

22 ޑިސެމްބަރު 2025

ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!

22 ޑިސެމްބަރު 2025
ސްޓެލްކޯ ގެ ކޮރަޕްޝަން މިނިސްޓަރާ ހިއްސާ ކުރުމުގެ ނަތީޖާ: ޖެހިގެން އައި ހަފްތާ ގައި ވަޒީފާ އިން ކަނޑާލީ މައްސަލަ ރިޕޯޓު ކުރި މުވައްޒަފު!
06 އޮކްޓޯބަރު 2025

އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ

06 އޮކްޓޯބަރު 2025
އެމްބަޑްލިއުއެސްސީގެ މުވައްޒަފުންގެ ޕޯޓަލް އަށް އިތުރު ގަޑި ނޭޅޭތާ ތިން ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ
02 އޯގަސްޓު 2025

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަނެއްކާ ވެސް 'ޓްރާންސްފަރ މާކެޓް' ގެ މޫސުމެއް!؟

02 އޯގަސްޓު 2025
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަނެއްކާ ވެސް 'ޓްރާންސްފަރ މާކެޓް' ގެ މޫސުމެއް!؟
18 ޖުލައި 2025

" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."

18 ޖުލައި 2025
" ރަތްމަންދޫ އާރްއޯ ޕްލާންޓުގެ ބައެއް ތަކެއްޗާއި، ބިލްޑިންގައި ހުރި ބައެއް އޭސީތައް ވަނީ ގެންގޮސްފައި."
09 ޖުލައި 2025

އެމްއައިޓީޑީސީ އުވާލާ އެމްއެމްޕީއާރުސީ އަމިއްލައަށް ފުދިގެން އުޅުމަށް ލަފާދީފި

09 ޖުލައި 2025
އެމްއައިޓީޑީސީ އުވާލާ އެމްއެމްޕީއާރުސީ އަމިއްލައަށް ފުދިގެން އުޅުމަށް ލަފާދީފި
09 ޖުލައި 2025

ކަރަންޓު ބިލުތަކަށް އިތުރަށް ފައިސާ ނަގާކަމުގެ ތުހުމަތުތަކާއި އެކު، ސްޓެލްކޯގެ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރަނީ

09 ޖުލައި 2025
ކަރަންޓު ބިލުތަކަށް އިތުރަށް ފައިސާ ނަގާކަމުގެ ތުހުމަތުތަކާއި އެކު، ސްޓެލްކޯގެ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކުރަނީ
08 ޖުލައި 2025

މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި

08 ޖުލައި 2025
މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ހުންނެވި އެމްޑަބްލިއުއެސްސީގެ ޑިއެމްޑީ ފަޒީލް ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް