Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީ

އެމްއައިޓީޑީސީ އުވާލާ އެމްއެމްޕީއާރުސީ އަމިއްލައަށް ފުދިގެން އުޅުމަށް ލަފާދީފި

ކެމްޕޭންތައް ހިންގުމާއި ލޯނު އަނބުރާ ދެއްކުމަށް އެމްއެމްޕީއާރުސީން ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ދައުލަތުގެ ފައިސާގެ މައްޗަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 ޖުލައި 2025 | ބުދަ 13:21
އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކޮށް އަމިއްލައަށް ފުދިގެން އުޅޭ ކުންފުންޏަކަށް ވުމަށް މަޖިލީހުން ވަނީ ލަފާދީފައި

އެމްއެމްޕީއާރުސީގެ ހަރަދު ކުޑަކޮށް އަމިއްލައަށް ފުދިގެން އުޅޭ ކުންފުންޏަކަށް ވުމަށް މަޖިލީހުން ވަނީ ލަފާދީފައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހަރަދުތައް ކުޑަކޮށް، ކުންފުނިން އަމިއްލަ ފުދުންތެރިކަން ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ލަފާދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީން ވަނީ އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ވެސް ހާލަތު މުރާޖައާކޮށް ރިޕޯޓެއް އެކުލަވާލާފަ އެވެ.

Advertisement - newsAdvertisement

އެ ކޮމިޓީން ނިންމާފައި ވަނީ މައިގަނޑު ކެމްޕޭންތައް ހިންގުމާއި ލޯނު އަނބުރާ ދެއްކުމަށް އެމްއެމްޕީއާރުސީން ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ދައުލަތުގެ ފައިސާގެ މައްޗަށެވެ. އެގޮތުން އަމިއްލަ ފުދުންތެރިކަން ހުރި ކުންފުންޏަކަށް ހެދުމަށް ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ލަފާދީފައިވެ އެވެ.

ކޮމިޓީގެ ރިޕޯޓުގައިވާ ކަންކަން ފާސްކުރުމަށް ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ތަޅުމުގައި ވޯޓަށް އެހުމުން 62 މެންބަރުންގެ އިއްތިފާގުން ވަނީ އެ ރިޕޯޓް ފާސްކޮށްފައެވެ.

އެސްއޯއީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން 2020 ވަނަ އަހަރުން ފެށިގެން އެމްއެމްޕީއާރުސީއަށް ފައިދާއެއް ލިބިފައި ނުވާއިރު، ކެމްޕޭންތައް ހިންގަން ބޭނުންވާ ވަރަށް ފައިސާ ވެސް ނެތެވެ. ކޮމިޓީން ބުނި ގޮތުގައި އެމްއެމްޕީއާރުސީ ބަނގުރޫޓުވުމުގެ ނުރައްކާ އެބައޮތެވެ.

އެމްއެމްޕީއާރުސީން މިވަގުތު ތަފާތު 25 ކެމްޕޭނެއް ހިންގަމުންދާއިރު، އޭގެ ތެރެއިން އެންމެ އަގުބޮޑު ކެމްޕޭނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މަތީ ފަންތީގެ ކްލަބް ލިވަޕޫލް އެފްސީއާ ގުޅިގެން ކުރަމުންދާ ކެމްޕޭނެވެ. 2024 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުން ފެށިގެން 2028 ވަނަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނަށް އެ ކޯޕަރޭޝަނުން ވަނީ 20.6 މިލިއަން ރުފިޔާ ބަޖެޓެއް ކަނޑައަޅާފަ އެވެ.

އަދި އޭޕްރީލް 28 އިން މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދުބާއީގައި ކުރިއަށް ގެންދިޔަ އަރަބިއަން ޓްރެވަލް މާކެޓަށް ވެސް އެ ކޯޕަރޭޝަނުން ވަނީ 17.6 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ކޮމިޓީން ނިންމާފައި ވަނީ ބަނގުރޫޓުވުމުގެ ބިރު އޮތް މައިގަނޑު ސަބަބަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައި ޖަމާވި 203 މިލިއަން ރުފިޔާގެ ގެއްލުމުގެ ސަބަބުންނެވެ.

މީގެ އިތުރުން 2016 ގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާ އޮންނަ ގޮތަށް އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުވާލައި ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ޒިންމާ އެމްއެމްޕީއާރުސީއަށް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ. ސަރުކާރުން ވެސް އޮތީ ސެޕްޓެމްބަރު 2024 ގައި އެމްއައިޓީޑީސީ އުވާލަން ނިންމާފަ އެވެ. އެ ނިންމުމާ އެއްގޮތަށް ކުންފުނި އުވާލުމުގެ މަރުހަލާ ކުރިއަށްގެންދިޔުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ތަޅުމުން ފާސްކުރި ރިޕޯޓުގައި ވަނީ އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ނިމުމުން އެކަމުހެ ހާއްސަ ރިޕޯޓެއް އެސްއޯއީ ކޮމިޓީއަށް ފޮނުވަމަށެވެ.

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީމޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންލިވަރޕޫލް އެފްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ހުލާސާ ރިޕޯޓް އާންމުކުރާނީ މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު: އޭސީސީ

15 މެއި 2017
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް ނިމިއްޖެ، މައްސަލަ ވަނީ ދައުވާ ކުރަން ފޮނުވުމުގެ މަރުހަލާގައި: އޭސީސީ

30 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް: ފުލުހަކު ތަހުގީގަށް ދިން ބަޔާން އަމިއްލައަށް ދޮގު ކޮށްފި!

ރިޔާޒްގެ ޝަރީއަތް: ފުލުހަކު ތަހުގީގަށް ދިން ބަޔާން އަމިއްލައަށް ދޮގު ކޮށްފި!

26 އެޕްރީލު 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފި

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ދައުވާކުރާ މައްސަލައިގެ އަޑުއެހުންތައް ފަށައިފި

10 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު