Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޓެލްކޯގެ އިޖުތިމާއީ ޒިންމާ

"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް ސްޓެލްކޯގެ އެހީ

މިއީ ސްޓެލްކޯގެ އިޖުތިމާއި ޒިންމާގެ ދަށުން ފޯރުކޮށްދޭ އެހީތެރިކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 4 ޖުލައި 2022 | ހޯމަ 13:56
ސްޓެލްކޯއާއި ޑަޔަބެޓިކް ސޮސައިޓީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން

ސްޓެލްކޯއާއި ޑަޔަބެޓިކް ސޮސައިޓީއާ ދެމެދު އެމްއޯޔޫގައި ސޮއިކުރުން

ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސުން ހިންގަމުން އަންނަ "ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދޭން ސްޓެލްކޯއިން އެއްބަސްވެއްޖެއެވެ.

ހޯމަ ދުވަހު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ. ސްޓެލްކޯގެ ފަރާތުން މި އެއްއޯޔޫގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފެވެ. އަދި ޑަޔަބެޓިކް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާގެ ޗެއަރޕަރސަން އާއިޝަތު ޝިރުހާނާއެވެ.

Advertisement - newsAdvertisement

މި އެއްބަސްވުމުގެ ދަށުން ސްޓެލްކޯއިން، ޑަޔަބެޓިކް ސޮސައިޓީގެ ސޭވް އަ ޑަޔަބެޓިކް ޗައިލްޑް ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ. މި އެހީތެރިކަން މިއަހަރުގެ ނިޔަލަށް ދެމުންގެންދާނެކަމަށް ސްޓެލްކޯއިން ބުނެއެވެ.

"ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމް ހިންގަމުން އައީ ޑަޔަބެޓިކް ސޮސައިޓީން އަމިއްލައަށެވެ. އެގޮތުން، ބޭރުގެ އެހީގެ ދަށުން، ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންވާ އިންސިއުލިން ފޯރުކޮށްދޭއިރު، ހިލޭ ޚިދުމަތްދޭ ކްލިނިކެއްވެސް ވަނީ ހުޅުވާފައެވެ.

ޑަޔަބެޓިކް ސޮސައިޓީގެ ޗެއަރޕަރސަން އާއިޝަތު ޝިރުހާނާ ވިދާޅުވީ، ކުރިން އަމިއްލައަށް އެ ޕްރޮގްރާމް ހިންގިނަމަވެސް 2020 ވަނަ އަހަރު އެ ޖަމްއިއްޔާގެ މާލީ ހާލަތު ދަށްވެ ޕްރޮގްރާމް ހިންގުމުގައި ދަތިތަކާ ދިމާވެފައިވާކަމަށެވެ. މިއާއެކު އެ ޕްރޮގްރާމް ހިންގުމަށް އެކި ފަރާތްތަކުގެ އެހީއަށް އެދިފައިވާކަމަށާއި، އެކަމަށް ސްޓެލްކޯއިން އިޖާބަދިނުމުން ޝުކުރުވެރިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވީ "ސޭވް އަ ޑަޔަބެޓިކް ޗައިލްޑް" ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އެ ކުންފުނިން ފޯރުކޮށްދޭނެކަމަށެވެ. އަދި ސްޓެލްކޯއަކީ ރައްޔިތުންގެ ކުންފުންޏަކަށްވާއިރު ރައްޔިތުންނާ ގުޅުންހުރި މިފަދަ ކަންކަމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

ޑަޔަބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އުފައްދާފައިވަނީ 2000 ވަނަ އަހަރުގައެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ކުންފުނިން ވަނީ ހަކުރު ބައްޔާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމާއި، ހަކުރު ބަލި ޖެހިފައިވާ ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސްޓެލްކޯޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

ބިލު ބޮޑުވެ އިރުއިރުކޮޅާ ކަރަންޓު ކެނޑުނީމަ އެޑިއުކޭޓް ވާންވީ ރައްޔިތުން؟

03 ޑިސެމްބަރު 2025
ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

ރަމަޟާން މަހު ކަރަންޓު ބިލު 400 ރުފިޔާ އަށް ވުރެ ބޮޑު ނުވާނެ ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަން ފަށައިފި

15 ނޮވެމްބަރު 2025
ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

ޖެންސެޓުތަކެއް ރަށްރަށަށް ފޮނުވަން ސްޓެލްކޯ އިން ހުޅުވާލި ބީލަން އެތެރެ އެތެރެ އިން ނިންމާލި މައްސަލަ އެއް އޭސީސީ އަށް

26 އޮކްޓޯބަރު 2025
ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

ރޭގައި ހުޅުމާލެ-ފޭސް2 އަކުން ކަރަންޓު ކެނޑުނީ ސަބްސްޓޭޝަނަކަށް ގެއްލުން ދޭން އުޅެނިކޮށް، މައްސަލަ ވަނީ ހުށަހަޅާފައި

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު