Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޑރ. ސަލްމާ ރަޝީދު

2 ދުވަސް ކުރިން މަގާމުން ވަކިކުރި ސަލްމާގެ ވަޒީފާ އިއާދަކޮށްދީފި

ޖެނީވާގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު މަގާމުން ވަކިކުރުމަށްފަހު، އެ ނިންމުން ބާތިލުކޮށް އޭނާގެ ވަޒީފާ ސަރުކާރުން އަލުން އިއާދަކޮށްފި. މި ބަދަލު އައިސްފައި ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަދެއްކެވި ކަމަށް ބުނާ އޯޑިއޯއެއްގެ މައްސަލައިގައި ސަފީރު މުހައްމަދު ހުސައިން ޝަރީފާއި ސަލްމާ މަގާމުން ވަކިކުރިތާ ދެ ދުވަސް ފަހުން. ނަމަވެސް، ސަލްމާގެ ވަޒީފާ އިއާދަކުރި ނަމަވެސް މުހައްމަދު ހުސައިން ޝަރީފުގެ މަގާމާ މެދު ސަރުކާރުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 8 އެޕްރީލު 2026 | ބުދަ 14:19
އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ބައިވެރި ވަނީ

އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އދ. ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ސަލްމާ ރަޝީދު ބައިވެރި ވަނީ | ސޯޝަލް މީޑިއާ

މީގެ 2 ދުވަސް ކުރިން މަގާމުން ވަކިކުރި، ޖެނީވާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ވަޒީފާ އިއާދަކޮށްދީފި އެވެ. 

ސަލްމާގެ އިތުރުން ޔޫއޭއީގައި ރާއްޖެ ތަމްސީލްކުރައްވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް މަގާމުން ވަކިކުރި އެވެ. މި ދެބޭފުޅުން މަގާމުން ވަކިކުރީ ހޯމަ ދުވަހު އެވެ. މި ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި މިވަނީ، ސަރުކާރު ހިންގާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ހިތްވަރުދީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވާހަކަދައްކަވާ އޯޑިއޯއެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. މިހާރު މަޤާމުން ވަކިކޮށްފައިވާ މުންދުއަކީ އަސްމާގެ ދަރިކަލުންނެވެ. މީގެ އިތުރުން ސަލްމާއަކީ އަސްމާގެ ކޮއްކޮ އެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ސަލްމާ މަގާމުން ވަކިކުރިކަމުގެ ޗިޓް ބާތިލް ކުރުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް މުންދު ގެ މަގާމު އިއާދަކޮށްފައި ނުވެ އެވެ. މިކަމާއި ގުޅިގެ ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. 

ސަލްމާއާއި މުންދު މަގާމުން ވަކިކުރި ހަބަރާއެކު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް ވެސް މަގާމުން ވަކިކުރި ހަބަރުތައް ފެންމަތިވި އެވެ. އޭނާ އަކީ އަސްމާގެ އާއިލާ މެންބަރެކެވެ. ނަމަވެސް އޭނާ މަގާމުން ވަކިނުކުރާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ސަރުކާރުން ނެގި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ވަނީ ބޮޑު ބައްޔަކާއި ކުރިމަތިލާން ޖެހިފަ އެވެ. އެއާއެކު ސަރުކާރުގެ ސިޔާސީ އިސް މަގާމުތަކުގައި ތިބި ފަރާތްތައް ދަނީ މަގާމުން ވަކިކުރަމުންނެވެ. 

ޑރ. ސަލްމާ ރަޝީދުމުހައްމަދު ހުސައިން ޝަރީފު (މުންދު)އަސްމާ ރަޝީދުޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

އެންމެ ހިނގާ ޕޯސްޓް: ވަޒީފާ ގެއްލިދާނެތީ "މިހުރީ ރައީސާއެކު ގަދަކޮށް"

09 އެޕްރީލު 2026
ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

ބަތް ކައްކާ ކުޅޭ އުސޫލުން ހިނގާ، ޕީއެންސީ އިން ކޮންޓްރޯލް ކުރާ 20 ވަނަ މަޖިލީސް ފަށަނީ، މިފަހަރު މަސައްކަތް ކުރާނީ ކިތަށް ދުވަހަށް؟

08 އެޕްރީލު 2026
މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

މިސަރުކާރުގެ ބޭފުޅުންނާ ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް މުއިއްޒުއާއެކު ނޫން: މެންބަރު ޒިޔާދު

08 އެޕްރީލު 2026
ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

ފެނަކައިގެ ޑީއެމްޑީ އާރިފް މަގާމުން އިސްތިއުފާ ދެއްވައިފި

07 އެޕްރީލު 2026
ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

07 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު