Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ތ. ގާދިއްފުށި

ތ.ގާދިއްފުށިން ސަރުކާރަށް ލިބުނު ބައްޔަށް ފަހު، ބިން ހިއްކުމުގެ މަސައްކަތް ހުއްޓާލައި ތަކެތި ވެސް އަނބުރާ ގެންދަނީ

ތ. ގާދިއްފުށީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރުމާ ގުޅިގެން، އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަށް ގެންގޮސްފައިވާ ސާމާނުތައް އަނބުރާ ގެންދަން ފަށައިފި. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ހުއްޓާލައި ތަކެތި ބަނދަރުމައްޗަށް ޖަމާކުރަމުންދަނީ ސަރުކާރު ހިންގާ ޕާޓީއަށް ނާކާމިޔާބީއާ ކުރިމަތިވުމުން ބިރުދެއްކުމުގެ ގޮތުންކަމަށް އެ ރަށުން މައުލޫމާތު ދީފައިވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 7 އެޕްރީލު 2026 | އަންގާރަ 08:57
ގާދިއްފުށީ ބިންހިއްކަން ގެންދިޔަ ތަކެތި އަނބުރާ ގެންދަނީ

ގާދިއްފުށީ ބިންހިއްކަން ގެންދިޔަ ތަކެތި އަނބުރާ ގެންދަނީ | ސޯޝަލް މީޑިއާ

ތ. ގާދިއްފުށިން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ބައްޔަށް ފަހު އެ ރަށް ހިއްކުމަށް ގެންގޮސްފައިވާ ތަކެއްޗާއި، ވަސީލަތްތައް އެ ރަށުން އަނބުރާ ގެންދަން ފަށައިފި އެވެ.

ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފައި ވަނީ މި ވެރިކަމުގެ ތެރޭގަ އެވެ. ނިމިދިޔަ އިންތިޚާބާއި ދިމާކޮށް އެތަން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް އެ ރަށުން މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

ތ. ގާދިއްފުށީގައި މިހާރު އޮތީ ޕީއެންސީގެ ކައުންސިލެއް ކަމަށް ވީ ނަމަވެސް ކައުންސިލް އިންތިޚާބުގެ އެއްވެސް ގޮނޑި އެއް އެ ޕާޓީ އަށް ކާމިޔާބު ވެފަ އެއް ނުވެ އެވެ. އާ ކައުންސިލަށް ހޮވުނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ކައުންސިލަށް ހޮވުނު މެމްބަރުންނަކީ ކައުންސިލްގެ ރައީސް ކަމަށް މުހައްމަދު މުއާޒް، ދެ މެމްބަރުންނަކީ މުހައްމަދު ހަސަން އަދި ޒުލޭހާ އަހުމަދު އެވެ. 

ކައުންސިލަށް ޕީއެންސީ ނުހޮވުމާއި އެކު އެ ތަނުގައި ތިބި މީހުން އަނބުރާ ގެންދިއުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފަ އެވެ. އަދި ބިން ހިއްކުމަށް ރޭގަނޑު މަސައްކަތް ކުރަން ގެންގުޅޭ ލައިޓާއި އެހެނިހެން ސާމާނު ވެސް އަނބުރާ ގެންދިއުމަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ފެނިގެން މި ދަނީ ވޯޓަށް ތަކެތި އެރުވިތަން. އެއް ދުވަސްވީ ވޯޓަށް މި ތަކެތި ގެނައީ ވެސް. މިހާރު ނުހޮވުނީމަ އަނބުރާ ގެންދަނީ." އޭނާ ވަނީ ބުނެފަ އެވެ.

އެ ރަށުން މައުލޫމާތި ދިން އިތުރު މީހަކު ބުނީ ޕީއެންސީ ނުހޮވުނު ހިސާބުން އެ ރަށުގައި ހުރި ބިންހިއްކަން ގެންދިޔަ ތަކެތި އަނބުރާ ފޮނުވާލަންވީ ކަމަށް ބުނެ ޕީއެންސީ އިން ބިރު ދައްކާފައިވާ ކަމަށެވެ. އަދި އެ ބިރުދެއްކުމާއި އެއްގޮތަށް ތަކެތި އަނބުރާ ގެންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަނބުރާ ގެންދިއުމަށްޓަކައި ބަނދަރުމައްޗަށް ތަކެތި އެއްކޮށްފައިވާ މަންޒަރު ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ ެވެ.

ތ. ގާދިއްފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާއި އެވެ.  110,455,574.40 ރުފިޔާގެ އަގަކަށް ހަވާލުކޮށްފައިވާ މި ކޮންޓްރެކްޓްގެ މުއްދަތަކީ 540 ދުވަހެވެ. 

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ 10 ހެކްޓަރުގެ ބިން ހިއްކުން (390،701 ކޮޑިމީޓަރު ވެލިން)މާއި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރޖެހުމާއި، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓްޖެހުމާއި އަދި 100 މީޓަރުގެ ގްރޮއިން ލުމެވެ.

ތ. ގާދިއްފުށިޕީއެންސީއެމްޑީޕީމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

ބޮޑުބައްޔާއެކު ބޮޑުންތައް ވަކިކުރަނީ. ހީނާ ވަލީދާއި ދެންތިބި މީހުން ކޮބާ؟

07 އެޕްރީލު 2026
ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

ސަރުކާރުގެ އިތުބާރެއް ނެތޭ ރައްޔިތުން ބުނެފި، ދެން ރަނގަޅީ އިސްތިއުފާ ދެއްވުން: ޣަފޫރު

07 އެޕްރީލު 2026
މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

މޭޔަރުންގެ މެސެޖު ވަރަށް ސާފު: "ޚުދުމުހުތާރު ކަމަށް ފުރުސަތެއް ނެތް، ކުރިއަށް އޮތީ ރާއްޖެ އިތުރަށް ރަން ރީނދޫ ކުލައިން ފަވާލުން."

07 އެޕްރީލު 2026
މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

މަޖިލީހުގެ މެމްބަރުންނަށް ޝާހިދު: އަނގައިގައި އަޅުވާފައިވާ ކަސްތޮޅު ނައްޓާލާ ރައްޔިތުންނާއި އެކު ނުކުންނަވާ!

06 އެޕްރީލު 2026
އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

އަސްމާގެ އޯޑިއޯގެ މައްސަލަ އެއް ފެންމަތިވެފައި ވަނިކޮށް މުންދު އަދި ސަލްމާ މަޤާމުން ވަކިކޮށްފި

06 އެޕްރީލު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު