Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑްރަގް މައްސަލަތައް

އައްޑޫސިޓީން މަސްތުވާތަކެތީގެ ތުހުމަތުގައި ހައްޔަރު ކުރި ގްރޫޕުގެ މައްޗަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާ ދީފައިވާނެކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 މާރިޗު 2026 | އަންގާރަ 05:17
ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފި | ރާއްޖެއެމްވީ

އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑަރކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ހިއްސާކުރި މައުލޫމާތުގައި ބުނީ، މި މައްސަލައިގެ ތަޙުޤީޤުގެ މުއްދަތު 2 މާރިޗު 2026 ގެ ނިޔަލަށް  ހަމަވެފައިވާ ކަމަށާއި، މި މައްސަލާގައި ކުރެވެނީ މައިގަނޑު 2 ތުހުމަތެއް ކަމަށެވެ. އެއީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 720 ވަނަ މާއްދާގެ ދަށުން، ކުށް ކުރާ ޖަމާޢަތެއްގައި ބައިވެރިވުމުގެ ކުށާއި، ޤާނޫނު ނަންބަރު: 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިންގެ  ކުށެވެ.

Advertisement - newsAdvertisement

ޕީޖީ އޮފީހުން ބުނީ، މި މައްސަލަ ތަޙުޤީޤު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމާހަމައަށް ލިބިފައިވާ ހެއްކާއި، ޤަރީނާ ވަޒަންކޮށް ބެލިއިރު، މި މައްސަލާގައި ތުހުމަތުކުރެވޭ މީހުން، ކުށްކުރާ ޖަމާޢަތެއްގައި ބައިވެރިވިކަން ނުވަތަ މަނީ ލޯންޑަރކުރިކަން ޤާނޫނުގައި ކަނޑައެޅިފައިވާ މިންގަނޑަށް ސާބިތުކޮށްދެވޭ މިންވަރަށް ޤަރީނާއި، ހެކި ލިބިފައި ނުވާ ކަމަށެވެ.  

ހަމައެއާއެކު، މި މައްސަލައިގެ ތަޙުޤީޤުގެ މުއްދަތު، ޤާނޫނު ތަންދޭ އެންމެ ދިގު މުއްދަތާ ހަމައަށް އެކި ފަހަރުމަތިން ވާނީ އިތުރުކޮށްދީފައި ކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

އެހެން ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ތަޙުޤީޤު އެކަށީގެންވާ ވަރަށް ފުރިހަމަކުރެވި، ދަޢުވާކުރެވޭ މިންވަރަށް ޤަރީނާ އާއި، ހެކި ހޯދިފައި ނުވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ،  ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ކ) ގައި، ތަޙުޤީޤުކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާނަމަ، ތަޙުޤީޤީ އިދާރާއިން އެ މީހަކު ބަންދުން ދޫކޮށްލަން ވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

 އެހެންކަމުން، މި ނިންމުމާއެކު މައްސަލައިގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ބަންދުގައި ތިބި މީހުން ބަންދުން ދޫކޮށްލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ޕީޖީ އޮފީހުން ވަނީ ލަފާދީފައެވެ.

މި މައްސަލައިގައި ދަޢުވާކުރެވޭ މިންވަރަށް މިވަގުތަށް ހެއްކާއި، ޤަރީނާ ލިބިފައި ނުވާތީ މައްސަލަ ޑިކްލައިންކުރި ނަމަވެސް، އައު ހެކި ލިބިއްޖެ ޙާލަތެއްގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 94 ވަނަ މާއްދާގެ (ވ) ގެ ދަށުން އަލުން ދަޢުވާކުރުމަށް އެދި ހުށަހެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ލަފާދީފައިވާނެ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތު ދެ އެވެ.  

މަސްތުވާތަކެތީގެ ވިޔަފާރިޕީޖީތަހުގީގު

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

ފުލުހުންނާއި ގުޅުން ހުރި ގިނަ މައްސަލަތަކެއް: މިފަހަރު ފުޓުބޯޅަ ކުޅެން އުޅުނު ކުޑަ ކުއްޖަކަށް ފުލުހަކު ބިރުދައްކައި އަނިޔާކުރި މައްސަލައެއް

23 ނޮވެމްބަރު 2025
މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

މާލެ ގެއެއްގެ ތެރޭގައި 18 އަހަރުގެ އަންހެނަކާ ގަދަކަމުން ބެހުނު މައްސަލައެއް ފެންމަތިވެއްޖެ

18 ނޮވެމްބަރު 2025
އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް

އެމްޑީޕީގެ މެންބަރު ފުލުހަށް ހާޒިރު ކުރަމުންދަނީ ސިޔާސީ ވެރިން އަންގަވައިގެން: މައުރޫފް

23 އޮކްޓޯބަރު 2025
ފުލުހުންތަކެއްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރި މައްސަލައެއް ބަލަނީ

ފުލުހުންތަކެއްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރި މައްސަލައެއް ބަލަނީ

08 ޖުލައި 2025
މުއިއްޒު ލޮޖިކް "މަށަކީ މަގޭ، ތެދު ހަދާނީވެސް މަގޭ"

މުއިއްޒު ލޮޖިކް "މަށަކީ މަގޭ، ތެދު ހަދާނީވެސް މަގޭ"

04 މެއި 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު