Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބްދުﷲ ޔާމީން

އިންތިޚާބާ ގުޅިގެން އީސީން އަމަލު ކުރަމުންދާ ގޮތަށް ކުރީގެ ރައީސް ޔާމީން ވަރަށް ބޮޑަށް އީސީއަށް ފާޑު ވިދާޅުވެއްޖެ

ޔާމީން ވިދާޅުވީ އިންތިޚާބުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގައި އިލެކްޝަންސް ކޮމިޝަނުން އިހުމާލުވެފައިވާ ކަމަށް. ވޯޓު ކަރުދާސް ފަރުމާކޮށްފައިވާ ގޮތާއި ރީ-ރަޖިސްޓްރީ ކުރުމުގެ އިންތިޒާމުތަކަށް ފާޑުވިދާޅުވަމުން، ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލޭ ގޮތަށް ކޮމިޝަނުން އަމަލުކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި. މީގެ އިތުރުން، ސަރުކާރުން ދަތުރުފަތުރުގެ ނިޒާމު ހުއްޓުވައި ރައްޔިތުން ވޯޓުން މަހުރޫމް ކުރަން މަސައްކަތް ކުރާ ކަމަށް ވެސް ޔާމީން ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2026 | ހޮނިހިރު 12:40
މިއަދު ކުރިއަށް ގެންދާ ތިން އިންތިޚާބުގެ ވޯޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލައްވަނީ.

މިއަދު ކުރިއަށް ގެންދާ ތިން އިންތިޚާބުގެ ވޯޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލައްވަނީ. | ތޭރަ އޮންލައިން

ތިން އިންތިޚާބުގެ އިންތިޒާމުތަކާ ގުޅިގެން އިލެކްޝަން ކޮމިޝަން (އީސީ)އިން އަމަލު ކުރަމުންދާ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ފާޑު ވިދާޅުވެެއްޖެ އެވެ.

ވޯޓު ލެއްވުމަށްފަހު ނުކުމެ ވަޑައިގެން ދެއްވި އިންޓަވިޔުއެއްގައި ޔާމީން ވިދާޅުވީ މިއަދު ކުރިއަށް ގެންދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބު ވަރަށް މުހިންމު ކަމަށާއި، ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ އެންމެން ވެސް ވޯޓުލާން ޖެހޭ ކަމަށެވެ. އަދި އެ ހައްގު އަދާ ކުރުމަށް ޔާމީން ގޮވާލެއްވި އެވެ. 

Advertisement - newsAdvertisement

ރިފެރެންޑަމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ މިއީ އިހުތިޔާރީ ވޯޓެއް ނޫން ކަމާއި، މިއީ މަޖުބޫރު ވޯޓެއް ކަމަށެވެ. މި ވޯޓުގެ ނަތީޖާއިން މުޅި ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަން ވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އީސީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޔާމީން ވަނީ މިއިންތިޚާބަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމުގައި އީސީން މަސައްކަތް ނުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފަ އެވެ. އަދި ވިދާޅުވީ މި ތިން އިންތިޚާބުގެ ވޯޓު ކަރުދާސް ވެސް ޑިޒައިން ކޮށްފައިވަނީ އާއްމު ރައްޔިތުންނަށް ފަސޭހަ ގޮތަކަށް ނޫން ކަމަށެވެ. މިސާލަކަށް ސިލޯނަށް ބަލާލިކަމުގައި ވިޔަސް 14،000 މީހުން އުޅޭނެ. މެލޭޝިޔާގައި ވެސް އެހައިކަން ވަރަށް މީހުން އުޅޭނެ. އެހެންވީމަ ވަރަށް ގިނަ އަދަދެއްގެ ވޯޓުލުމުގެ ހައްގުހުރި ފަރާތްތަކަށް ވޯޓު ލެވޭނެ ގޮތެއް ނެތް. އިލެކްޝަނުން ވިދާޅުވެފައި އޮތީ ތިމަންނަމެން އެދޭ ވަރަކަށް ވޯޓު ރީރަޖިސްޓަރ ކޮށްފައެއް ނެތޭ އިނގޭތޯ. އެކަމަކު އެއީ އިލެކްޝަނުން ދުރާލާ އިސްވެ ކުރަން ޖެހޭ މަސައްކަތެއް އިނގޭތޯ. ދުރާލާ ކުރަން ޖެހޭ މަސައްކަތެއް. އިލެކްޝަންގެ ބޭނުމަކަށް ވާންވާނީ ރާއްޖޭގެ ގިނަ ރައްޔިތުން ނޫނިއްޔާ ވޯޓުލާން ތިބި ހުރިހާ ރައްޔިތުން މިކަމުގައި ކިހިނެތްތޯ އެނގޭތޯ. އެހެންވީމަ އިލެކްޝަނުން ނެތް މަސައްކަތް ކޮށްފައި. އޭގެ ބަދަލުގައި ވަރަށް ކަންފަސޭހަކޮށް ރީރަޖިސްޓްރީ ކުރުމުގެ އިންޓަރެސްޓެއް މީހުން ނެތޭ. އެހެންވީމަ ތިމަންނަމެން އިންޓަރެސްޓް ނެތީއޭ. މީގައި ވަކިވަކި ފަރުދުންގެ އިންޓަރެސްޓަށް ވުރެ ބޮޑުވާންވާނީ ދައުލަތުން މިކަން ހިންގާ މުއައްސަސާގެ އިންޓަރެސްޓް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިކަން ކޮށްފައި އޮތީ ވަރަށް ގައިރު ޒިންމާދާރު ކަންމަތީގައޭ — ކުރީގެ ރައީސް އަބްދުﷲ ޔާމީން

މިސަރުކާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ވަރަށް ބޮޑަށް ބިރުން އުޅޭ ކަމަށާއި، މުޅިރާއްޖޭގެ ދަތުރުފަތުރު ވެސް ހުއްޓުވާފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ވޯޓުން މަހުރޫމްވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށާއި، އީސީން މަސައްކަތް ކުރަމުންދަނީ ވަރަށް ޙައިރު ޒިންމާދާރު ކަންމަތީގައި ކަމަށް ޔާމީން ވިދާޅުވި އެވެ.

އަބްދުﷲ ޔާމީންއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓުލުން އަމާންކޮށް ކުރިއަށް ގޮސް ޑިމޮކްރަސީ ހިނގާތީ އުފާވޭ: ރައީސް ނަޝީދު

ވޯޓުލުން އަމާންކޮށް ކުރިއަށް ގޮސް ޑިމޮކްރަސީ ހިނގާތީ އުފާވޭ: ރައީސް ނަޝީދު

04 އެޕްރީލު 2026
ތިން އިންތިޚާބުގެ ވޯޓުލުން 8:00 ގައި ފަށަން ނިންމި ނަމަވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ނުފެށޭ، ތަރުހީބު ކުޑަ!

ތިން އިންތިޚާބުގެ ވޯޓުލުން 8:00 ގައި ފަށަން ނިންމި ނަމަވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ނުފެށޭ، ތަރުހީބު ކުޑަ!

04 އެޕްރީލު 2026
ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

04 އެޕްރީލު 2026
ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

04 އެޕްރީލު 2026
ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު