Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

3 އެޕްރީލު 2026 | ހުކުރު 08:55

މާދަމާ ބާއްވާ އިންތިޚާބުތަކާއި ރިފެރެންޑަމްގައި ވޯޓުލާ ގޮތަކުން ގާނޫނު އަސާސީ ނިމުމަކަށް އަތުވެދާނެ ކަމަށް ވިދާޅުވެ، ރިފެރެންޑަމްގައި "ނޫނެކޭ" ބުނުމަށް ކުރީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޖަމީލު ގޮވާލެއްވި. ގައުމުގެ ހައްގުތަކާއި ޑިމޮކްރަސީ ސަލާމަތް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކާ ދެކޮޅަށް ވޯޓު ދިނުމަކީ ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތުކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން ގައުމު އަނބުރާ ހޯދުމަށް އެންމެން އެކަތިގަނޑަކަށްވެ، ނުފެންނަ ގޮޅީގައި ފާހަގަޖެހުމަށް ޖަމީލު ވަނީ އިލްތިމާސް ކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 3 އެޕްރީލު 2026 | ހުކުރު 08:55
ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މާދަމާ ވޯޓުލާ ގޮތަކުން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ ކަމަށް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޖަމީލު ވިދާޅުވީ، ފެހި ގާނޫނުއަސާސީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ވެރިކަމުގައި ކަމަށާއި، އޭގެފަހުން މުހައްމަދު ނަޝީދު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ރާއްޖޭގެ ވެރިކަން ކުރެއްވި ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ބޭފުޅެއް ގާނޫނު އަސާސީން ސަލާމަތް ނުވެގެން ނޫޅުއްވާ ކަމަށް ޖަމީލު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މީގެ އިތުރުން ޖަމީލު ވިދާޅުވީ މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ވޯޓުލާ ގޮތަކުން ރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އަދި ހައްގުތަކާއި ގާނޫނުއަސާސީ ސަލާމަތް ކުރުމަށްޓަކައި ރިފެރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ ވިސްނުމުގައި ބަހައްޓަވަންވީ މާދަމާ ތިމަންނަމެން ވޯޓު ދޭ ގޮތަކުން ދެން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ މިހާރު މިއޮތް ގާނޫނު އަސާސީ ނިމުމަކަށް އަންނާނެ. އެހެންވީމަ ގާނޫނު އަސާސީ ސަލާމަތް ކުރަން ތެދެއް މިދަންނަވަނީ. ގާނޫނު އަސާސީ ސަލާމަތް ކުރަން އަޅުގަނޑުމެން މިގެނައި އިސްލާހު ރާއްޖެއަށް މިގެނައި ބަދަލު މި އެއްޗެހި ސަލާމަތް ކުރަން ބޭނުންވާ ކަމަށްވާނަމަ މާދަމާ ނުކުމެ ވަޑައިގެން ނުފެންނަ ގޮޅީގައި ހެޔޮ ފާހަގައެއް ޖައްސަވާ. 
ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު

މީގެ އިތުރުން ޖަމީލު ވިދާޅުވީ ސަރުކާރުން ޖަހަން އުޅޭ ސަކަރާތަށް ޖާގަ ނުދިނުމުގެ ފުރުސަތު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ރިފެރެންޑަމް އިންތިޚާބަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތު ކަމަށެވެ. ނަމަވެސް ރިފެރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ގައުމު އެތައް އަހަރަށް ފަހަތަށް ސޮއްސައިލައިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޖަމީލު ވިދާޅުވީ ރިފެރެންޑަމް އަށް ރައްޔިތުން ނޫނެކޭ ބުނެފި ކަމަށްވާނަމަ ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށާއި، މައްސަލަތަކަށް ހައްލު ހޯދާނެ ކަމަށެވެ.

އެހެންކަމުން ގައުމު އަނބުރާ ހޯދުމަށް އެންމެން އެކައްޗެއް ކިޔައި ރިފެރެންޑަމްއަށް ނޫނެކޭ ބުނުމަށް ޖަމީލް ގޮވާލެއްވި އެވެ. 

މުހައްމަދު ޖަމީލު އަހުމަދުޚިޔާލު ހޯދުމުގެ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

03 އެޕްރީލު 2026

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައި

03 އެޕްރީލު 2026
ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައި
03 އެޕްރީލު 2026

ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

03 އެޕްރީލު 2026
ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި
02 އެޕްރީލު 2026

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާ ތައް ފޯރިއާއެކު ނިންމާލައިފި

02 އެޕްރީލު 2026
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާ ތައް ފޯރިއާއެކު ނިންމާލައިފި
02 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު
02 އެޕްރީލު 2026

19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު

02 އެޕްރީލު 2026
19 އަހަރު ކުރިން ފެނުނީ ދިވެހިން މާބޮޑަށް ތަސައްރަފު ފުދިފައިވާ މަންޒަރު: މުއިއްޒު
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!
02 އެޕްރީލު 2026

ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!

02 އެޕްރީލު 2026
ހުޅުމާލެއިން އުސޫލާ ހިލާފަށް 600 އަށްވުރެ ގިނަ ޕާކިން ޖާގަ ވިއްކައިފި، އެޗްޑީސީގެ ބަހެއް ނެތް!
02 އެޕްރީލު 2026

މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު

02 އެޕްރީލު 2026
މުޅި ރާއްޖޭގައި އޮތީ ހާލަތު ބަދަލު ކުރުމުގެ ''ވައިބްސް''، އިންސާފުވެރި އިންތިޚާބުތަކެއް ނޫން ނަމަވެސް ރައްޔިތުން ނުކުމެ ވޯޓުލާން ޖެހޭ: ޝިފާޒު
02 އެޕްރީލު 2026

އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު

02 އެޕްރީލު 2026
އިންތިޚާބުތަކާއި ގުޅުވައި އެމްޑީޕީއަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ، ނަތީޖާ އެއްގެ ގޮތުން މިސަރުކާރުން އެދަނީ މުޅި ދައުލަތް ހުސްކުރަމުން: މެންބަރު ޝަމްހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް