Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިލެކްޝަންސް ކޮމިޝަން

ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

މި ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 588 މަރުކަޒެއް ގާއިމުކޮށްފައިވާއިރު، ކޮންމެ އިންތިހާބަކަށް ވަކި ކުލައެއްގެ ލޭބަލް ޖެހި ފޮށިތައް ބޭނުންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ. ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ އީސީން ބުނި ގޮތުގައި ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށް. ލޯކަލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށް. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަ ކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 3 އެޕްރީލު 2026 | ހުކުރު 02:26
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު.

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު. | އިލެކްޝަންސް ކޮމިޝަން

ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިހާބުގައި ވޯޓުލުމަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ. 

 ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެވެ.

ބުރާސްފަތި ދުވަހުގެރޭ އީސީން ހާމަކުރި ތަފާސްހިސާބުތަކުގައި ވަނީ ވަކިވަކި އިންތިހާބުތަކަށް ޗާޕްކުރި ވޯޓު ކަރުދާސްތަކުގެ އަދަދާއި، ދާއިރާތަކަށް ހާއްސަކުރި ކަރުދާސްތަކުގެ ތަފްސީލު ވެސް ހިމަނައިފަ އެވެ. މި ވޯޓު ކަރުދާސްތައް ޗާޕްކޮށްފައި ވަނީ ނޮވެލްޓީ އިން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. 

އީސީން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 297،959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 292،706 ކަރުދާސް ޗާޕްކޮށްފައިވާ އިރު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓަށް 298،180 ކަރުދާސް ޗާޕްކޮށްފައިވެ އެވެ.

އީސީން ބުނީ މި ތިން އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 588 މަރުކަޒު ގާއިމްކުރާނެ ކަމަށެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން އަތޮޅުތަކުގައި 347 މަރުކަޒު ގާއިމްކުރަން ވަނީ ނިންމައިފަ އެވެ.

ތިން އިންތިހާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށް ވަކިވަކިން ތިން ވޯޓު ކަރުދާސް ދިނުމަށް އީސީން ނިންމައިފައިވެ އެވެ. ކޮންމެ ވޯޓު ކަރުދާހެއްގެ ނުފުށުން އެއީ ކޮން އިންތިހާބެއްގެ ވޯޓު ކަރުދާހެއްކަން އެނގޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ ދާއިރާއެއްގެ މައުލޫމާތު ވެސް ވޯޓު ކަރުދާހުގެ ނުފުށުން އެނގޭނެ އެވެ.

ވޯޓު ކަރުދާސްތައް ވައްޓާލުމަށް ކުލަކުލައިގެ ފޮށިތައް ބޭނުންކުރުމަށް އީސީން ވަނީ ނިންމައިފަ އެވެ. ފެންނަ ނުފެންނަ ވޯޓުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ހުދުކުލައިގެ ލޭބަލެއް ޖަހާފައިވާ ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ޖެހެނީ ނޫކުލައި ލޭބަލް ޖަހާފައިވާ ފޮއްޓަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓު ކަރުދާސް ވައްޓާލަން ހާއްސަކޮށްފައި ވަނީ ފެހި ކުލައިގެ ލޭބަލް ޖަހާފައިވާ ފޮއްޓަށް ކަމަށް އީސީން ބުންޏެވެ.

މި ތިން އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި އެއް ދުވަހެއްގައި ތިން އިންތިހާބު ބާއްވާ ފުރަތަމަ ފަހަރެވެ.

އިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީފެންނަ ނުފެންނަ ވޯޓު

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު

02 އެޕްރީލު 2026
ރައީސް މުއިއްޒު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ފޯމިއުލާ އެއް ނެތް، ދެ އިންތިޚާބު އެއްކޮށްލުމުގެ ބޭނުމަކީ އެ ކަމަށް ނުފޫޒު ފޯރުވުން: ރައީސް ސޯލިހު
02 އެޕްރީލު 2026

ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު

02 އެޕްރީލު 2026
ރެފަރަންޑަމަށް ނޫނެކޭ ބުނަން ޖެހެނީ ނޯތު ކޮރެއާ ސްޓައިލްގައި، ކިމް ޖޮން އުން ހެދިގެން މުއިއްޒު ހުދުމުހުތާރު ވެރިކަމެއް ކުރަން އުޅޭތީ: އަމީރު
02 އެޕްރީލު 2026

ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް: ދޮންބިލެތް

02 އެޕްރީލު 2026
ފެންނަ ނުފެންނަ ވޯޓަށްފަހު އެއްބުރުން ރައީސަކު ހޮވުމަށް ގާނޫނު އިސްލާހުކުރާނެ، އެއީ 2028 މުއިއްޒު އަށް ކާމިޔާބު ކުރެވެން އޮތް ހަމައެކަނި ގޮތް:  ދޮންބިލެތް
02 އެޕްރީލު 2026

އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު

02 އެޕްރީލު 2026
އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ތެޅިފޮޅެނީ ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ފެއިލްވުމުން: ރައީސް ސޯލިހު
02 އެޕްރީލު 2026

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު