Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޯކަަލް ކައުންސިލް އިންތިހާބު

ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

4 އެޕްރީލު 2026 | ހޮނިހިރު 02:23

ހޮނިހިރު ދުވަހު ބާއްވާ ތިން އިންތިޚާބުގައި ވޯޓުލާ މީހާ ބޭނުންވާ ކަރުދާސް އެކަނި ދޫކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ވޯޓުގެ ސިއްރުކަން ގެއްލޭ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުން. މިގޮތަށް އަމަލުކުރުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާއިރު، ކޮމިޝަނުން ބުނީ މި ބަދަލު ގެނައީ މަރުހަލާގެ ތެރެއިން ދިމާވެދާނެ މައްސަލައެއް ހައްލުކުރުމަށް ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 4 އެޕްރީލު 2026 | ހޮނިހިރު 02:23
ހުކުރު ދުހަވުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވާހަކަދައްކަވަނީ

ހުކުރު ދުހަވުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ހޮނިހިރު ދުވަހު ބާއްވާ ތިން ވޯޓުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ލާން ބޭނުންވާ ވޯޓެއްގެ ކަރުދާސް އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ ފުލުހުންނާ އެކު ބޭއްވި ޕްރެސް ކޮންފަރެންސްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނަމަ އެ މީހަކަށް ދޭނީ އެ އިންތިހާބެއްގެ ވޯޓު ދޭން ބޭނުންވާ ކަރުދާސް އެކަނި ކަމަށެވެ.

ވޯޓުލާން ދާ މީހާ ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ހާލަތުގައި އެކަން އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާންކުރާނެ ކަމަށް ޒާހިދު ވިދާޅުވިއެވެ. އެގޮތަށް ހަދަނީ ވޯޓުލުމުގެ މަރުހަލާ އިތުރަށް ކުރިއަށްދާއިރު މައްސަލައެއް ކުރިމަތިވި ނަމަވެސް އެކަން އެންމެންނަށް އަންގާފައި ބޭއްވުމުގެ ގޮތުން ކަމަށް ޒާހިދު ވިދާޅުވި އެވެ.

ތިން ކަރުދާސްކޮޅު އަޅުގަނޑުމެން އޭނާއަށް ދޭނެ. ދެން އެއްވެސް މީހަކު ވަކި، ލާން ބޭނުން ނޫން ކަމަށްވަންޏާ އެ ކަރުދާސްކޮޅެއް ނުދޭނެ. ނުދީ އަޅުގަނޑުމެން އިއުލާންކުރާނެ އިނގޭތޯ. އަޅުގަނޑުމެން އިއުލާންކުރާނެ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް.
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު

ހޮނިހިރު ދުވަހުގެ ވޯޓަށް ވަގުތުކުޑަތަން ވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަނުން މިފަދައިން އިއުލާނުކުރުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެ ކުރިން ވެސް ބައެއް ފަރާތްތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުން މިފަދައިން އަމަލުކުރަން އުޅޭ ކަމަށް ބުނެ މިއީ ވޯޓުގެ ސިއްރުކަން ގެއްލޭ ކަމެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިކަމާ ގުޅިގެން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވީ އިންތިހާބު އިއުލާނު ކުރީއްސުރެ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ވަކި އަތަކަށް ނަތީޖާ އަނބުރާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ ސީދާ ގޮތެއްގައި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ވަހީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ވޯޓުގެ ސިއްރުކަން ދިފާއުކުރުމަކީ ޑިމޮކްރަސީގެ މުހިންމު އަސާސެކެވެ. ވޯޓުލާ މީހާ ކޮން ވޯޓެއް ލާކަން އެހެން މީހަކަށް އެނގޭ ގޮތަށް އަމަލުކުރުމަކީ ވޯޓުގެ ސިއްރުކަމަށް ނުރައްކާވާނެ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ 3 އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ހޮނިހުރި ދުވަހު ބާއްވާ އިންތިހާބު ތަކަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބާއި މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަންމުޙައްމަދު ޒާހިދުލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު 2026ޚިޔާލު ހޯދުމުގެ ވޯޓު

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

5

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2026

ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް

01 އޯގަސްޓު 2026
ލޯކަލްކައުންސިލު އިންތިޚާބާއި ރެފަރެންޑަމް ވޯޓުގެ ތެރޭގައި ޕީއެސްއެމް އިން ވަނީ ގާނޫނާ ޚިލާފުވެފައި، ޕީއެސްއެމް އިސްލާހު ކުރަން ޖެހޭ: ޓީއެމް
31 ޖުލައި 2026

އޭޕްރީލް މަހު އޮތް އިންތިޚާބުތަކުގައި ވޯޓަކަށް 3،000 އާއި 10،000ރ. އާ ދެމެދުގެ ރިޝްވަތު ހުށަހެޅި، ޕީއެސްއެމް ވަކިފަރާތަކަށް ޖެހި، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރި: ޓްރާންސްޕޭރަންސީ

27 ޖުލައި 2026

ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ

27 ޖުލައި 2026
ސިޔާސީ ޕާޓީތަކުގެ މާލީ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލާ އައު އުސޫލު މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައި: އީސީ
22 ޖުލައި 2026

ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!

22 ޖުލައި 2026
ޕީއެންސީން ސްކޫލަށް ގެއްލުންދިން މައްސަލަ: ދައުލަތުގެ މުދަލަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރާވަން އީސީން އިލްތިމާސްކުރި!
22 ޖުލައި 2026

ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި

22 ޖުލައި 2026
ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަހަޅާފައިނުވާ 3 ޕާޓީއެއް ޖޫރިމަނާކޮށްފި
14 ޖުލައި 2026

ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ

14 ޖުލައި 2026
ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓޭނެހެން މަސައްކަތް ކުރުމަށް އެމްޑީޕީން އެދިއްޖެ
11 ޖުލައި 2026

އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް

11 ޖުލައި 2026
އީސީގައި ޝަކީލް ހުންނެވުމެކޭ ރައީސް މުއިއްޒު ހުންނެވުމެކޭ ތަފާތެއް ނެތް: އައިކް
11 ޖުލައި 2026

ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް

11 ޖުލައި 2026
ޕާޓީތަކުން ހިންގިޔަސް އަޚުލާގީ ގޮތުން ދަށުދަރަޖައިގެ ކަންކަމަށް އެއްބާރުލުމެއް ނުލިބޭނެ: ޝަކީލް
06 ޖުލައި 2026

2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ

06 ޖުލައި 2026
2025 އޮޑިޓް ރިޕޯޓް ހުށަހެޅީ 5 ޕާޓީ އިން، އަދާލަތުންނާ އެމްއެންޕީ އިން ރިޕޯޓު ހުށަހަޅާފައެއް ނުވޭ: އީސީ
03 ޖުލައި 2026

އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ

03 ޖުލައި 2026
އެމްޑީޕީ އަށް ސޮއިކުރުމުން ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް