Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2026

ތިން އިންތިޚާބުގެ ވޯޓުލުން 8:00 ގައި ފަށަން ނިންމި ނަމަވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ނުފެށޭ، ތަރުހީބު ކުޑަ!

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމްގެ ވޯޓުލުން މިއަދު ހެނދުނު ފަށާފައިވާއިރު، ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުން ލަސްވީ އާންމުންގެ ދެމީހުން ހާޒިރުނުވުމުގެ ސަބަބުން ކަމަށް އީސީން ބުނޭ. މުޅި ރާއްޖޭގައި 588 މަރުކަޒެއް ގާއިމްކޮށް، 2.9 ލައްކައަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މި އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ތައްޔާރުކޮށްފައި. ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާއިރު، ކޮންމެ ވޯޓުލާ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޫކުރާނެ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2026 | ހޮނިހިރު 05:33
ނ.ވެލިދޫގައި ތިން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ.

ނ.ވެލިދޫގައި ތިން އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދަނީ. | ރާއްޖެއެމްވީ

ފޯރިގަދަ ތިން އިންތިޚާބުގެ ވޯޓުލުން 8:00 ގައި ފަށަން ނިންމި ނަމަވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ނުފެށި ތަރުހީބު ކުޑަވެއްޖެ އެވެ. 

ހޮނިހިރު ދުވަހު ކުރިއަށް ދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގަ އެވެ. ނަމަވެސް 9:15 ވީއިރު ވެސް ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިނުވެ އެވެ. 

Advertisement - newsAdvertisement

ނަމަވެސް 9:30 ގައި ހުރިހާ މަރުކަޒެއްގައި ވޯޓުލުން ފެށިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން ބުނެ އެވެ. އީސީން ބުނީ ވޯޓުލުން ލަސްވެގެން ދިޔައީ އެ މަރުކަޒަކަށް ވޯޓުލުން ފެށުމަށް ބޭނުންވާ އާންމުންގެ ދެމީހުން ހާޒިރުނުވާ ތަންތަނުގައި ކަމަށެވެ. 

ތިން އިންތިޚާބުގެ ވޯޓުލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ގެންދާއިރު، ވޯޓުލާ 588 މަރުކަޒު މުޅި ރާއްޖޭގައި ވަނީ ގާއިމްކޮށްފަ އެވެ.

އީސީން ހާމަކޮށްފައިވާ ގޮތުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. 

އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެ އެވެ. ކޮންމެ ކަރުދާހެއް ވެސް ލާންޖެހޭނީ އެ އިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. 

މިފަހަރުގެ އިންތިޚާބުތަކަށް ތިން ބާވަތެއްގެ ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ.

އެގޮތުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޖުމްލަ 297,959 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް 292,706 ވޯޓު ކަރުދާސް ވަނީ ޗާޕްކޮށްފަ އެވެ. އަދި ރިފެރެންޑަމް ވޯޓަށް 298,180 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެ އެވެ. 

މިއިންތިޚާބުތަކަށް މުޅި ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އީސީން ބުނެ އެވެ. 

ލޯކަލް ކައުންސިލް އިންތިޚާބު 2026އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީޚިޔާލު ހޯދުމުގެ ވޯޓުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު ތަކުގައި ބައިވެރި ނުވުމަށް ހިތްވަރު ލިބޭ ގޮތަށް އީސީގެ ރައީސް ދެއްކެވި ވާހަކަތައް ކުށްވެރި ކުރަން: އެމްޑީޕީ

04 އެޕްރީލު 2026
ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

ހޮނިހިރު ދުވަހު ނަގާ ވޯޓުތަކުގައި ކޮންމެ މީހަކަށް ވެސް ދޭނީ އެމީހަކު ވޯޓުލާން ބޭނުންކަމަށް ބުނާ ކަރުދާސްކޮޅު އެކަނި: އީސީ

04 އެޕްރީލު 2026
ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

03 އެޕްރީލު 2026
ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

03 އެޕްރީލު 2026
މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

03 އެޕްރީލު 2026

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު