Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންތިޚާބު 2026

ވޯޓަކީ ޒިންމާ އެއް! ކޮންމެ ގޮތެއް ވަރިހަމަކޮށް ނުލާ!

އިންތިޚާބުތަކުގައި ވޯޓުލުމަކީ ކޮންމެ ފަރުދަކަށްމެ ލިބިފައިވާ އަމިއްލަ ހައްގަކަށްވާއިރު، އެއްވެސް ނުފޫޒެއް ނެތި ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަކީ މުހިންމު ކަމެއް. ރިޝްވަތުގެ އެންމެހައި ކަންކަމުން ދުރުހެލިވެ، ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކިގެން އެންމެ ގާބިލު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އިސްކަންދޭންޖެހޭ. އެހެންކަމުން، ގާނޫނުއަސާސީން ލިބިދޭ މި ހައްގުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސްކުރަމެވެ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 3 އެޕްރީލު 2026 | ހުކުރު 15:04
ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ވަނީ ރީރެޖިސްޓާ ވެފައި.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް 26،454 މީހުން ވަނީ ރީރެޖިސްޓާ ވެފައި. | އިލެކްޝަންސް ކޮމިޝަން

އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކަށް މި ދަނީ ވަގުތު ކުޑަ ތަން ވަމުންނެވެ.  ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ނަގާ އާންމު ވޯޓާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފޯރި އާއި އެކު ޕާޓީތަކުން މި ވަނީ ނިންމާލާފަ އެވެ.

ކޮންމެ މީހަކަށް ވެސް ފަހު ވަގުތާއި ހިސާބަށް ވެސް ފޯނަށް ކޯލާއި މެސެޖުތައް ދިޔައީ އަންނަމުންނެވެ. ނުދަންނަ އެތައް ބަޔަކު ގުޅަމުން ދިޔައީ ވޯޓުދިނުމަށް އެދިގެންނެވެ. މަގަކުން ފެނުނަސް ބުނަމުން ދިޔައީ އެވެނި މިވެނި މީހަކަށް ވޯޓު ދިނުމަށެވެ. ސިޔާސީ ވާދަވެރިކަން އިންތިހާ އަށް އޮތީ އިތުރުވެފަ އެވެ.

ގުޅާލާފަ ވޯޓު ދޭން އެހުމުގެ އިތުރުން ވޯޓު ދެނީ ކާކަށްތޯ ވެސް އަހަމުން ދިޔަ އެވެ. އެކަމަކު ހަގީގަތުގައި ވޯޓަކީ ސިއްރެކެވެ. ވޯޓު ދެނީ ކިހިނެއްތޯ އެހުމަކީ އެއީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ ތިމާ މީހާ އަށް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިން ލިބިފައިވާ ތިމާ މީހާގެ އަމިއްލަ ހައްގެކެވެ. އެކަމަކާއި ބަސް ބުނެވޭނެ އިތުރު މީހެއް ނުހުންނާނެ އެވެ.

ވޯޓަކީ އެހެން މީހަކަށް ކޮށްދޭ ހެޔޮ ކަމަކަށް ނުހަދާށެވެ. ހެޔޮކަމެއްގެ ބަދަލަކަށް ވެސް ނުހަދާށެވެ. އެއަށް ވުރެ ޒިންމާދާރުވާން ޖެހެ އެވެ. ވޯޓާއި މެދު ގޮތެއް ނިންމުމުގެ ކުރިން ނަޒާހަތްތެރި، އިޚުލާސްތެރި ގާބިލް މީހަކީ ކޮބައިތޯ ތިމާގެ ވިސްނުމުން ވިސްނާށެވެ. ކެނޑިޑޭޓުން ދެއްކި ވާހަކަތައް އަޅާ ކިޔުމަށް ފަހު ހަމަ ވިސްނުމުން ވިސްނާ މިނެ ކިރާށެވެ. ވޯޓަކީ ވަރަށް މުހިންމު ޒިންމާއެކެވެ. އެ ކަމާއި މެދު ފަރުވާތެރި ވާން ވާނެ އެވެ.

ބައިވެރިޔަކަސް، ގާތް ރަހުމަތްތެރިއަކަސް، އާއިލާ މީހަކަސް އެ ވޯޓަށް ބަސް ބުނެވިގެން ނުވާނެ އެވެ. އެ ވޯޓު ދޭން ވާނީ ތިމާގެ ވިސްނުމާއި ތިމާގެ ފިކުރަށް ބެލުމަށް ފަހުގަ އެވެ. އުމުރުން 18 ފުރިފައިވާ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން މީހަކަށް ވޯޓު ދެވޭނެ އެވެ. އެ ހައްގަކީ އެހެން މީހެއްގެ ބަހަކަށް ދޫކޮށްލާ ވޯޓަކަށް ވެގެން ނުވާނެ އެވެ. 

މި ވޯޓު ލާ އިރު ވިސްނާލަން ޖެހޭ ބައެއް ކަންކަން އެބަ ހުއްޓެވެ. ވޯޓުގެ ސިއްރުކަން ހިފެހެއްޓުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. ވޯޓު ލީ ގޮތް އެހުމާއި، ވޯޓު ލާ ގޮތް އަންގަން ބުނުމަކީ ފަހަރެއްގައި ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެނގިގެން ވިޔަސް ނޭނގި ވިޔަސް އެ ކުރެވެނީ ކުށެކެވެ.

އަނެއްކަމަކީ ވޯޓު ދިނުމަށް ޝަރުތުކޮށް ދޭ ބިސްކޯދެއް ނޫނީ މެޓައެއްގެ މިންވަރު ވިޔަސް އޭގައި ހިފައިގެން ނުވާނެ އެވެ. އެއީ ކިތަންމެ ރީތި ލަވަ އެއް ކިޔާފައި ދިނަސް ރިޝްވަތެވެ. ކިތަންމެ ގާތް މީހަކު ދިނަސް އެޔަށް ހަދިޔާއެކޭ ކިޔޭނެ އެއްގޮތެއް ވެސް ނެތެވެ.

ވޯޓަކީ ކުރިން ވެސް ބުނިހެން ތިމާގެ ހައްްގެކެވެ. އެކަމަކު އެއީ ނީލަން ކިޔާ މުދަލެއް ނޫނެވެ. ވިއްކާ ހަލާސްކުރާ އެއްޗެއް ވެސް ނޫނެވެ. ހަގީގަތުގައި ވޯޓު ދޭންވީ އެމީހަކަށް ފެންނަ ގޮތަށް ބަލައި އެންމެ ރަނގަޅު ކެންޑިޑޭޓަކަށެވެ. ބައެއް މީހުން ބުނާތީ އަޑު އިވެއެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ އެވެ. ވޯޓު ލާން ދިޔަޔަސް ނުދިޔަޔަސް ކޮންމެވެސް ބަޔަކު ހޮވޭނެތާއެވެ.؟

އެކަމަކު އެއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫނެވެ. ގައުމަށްޓަކައި ތިމާގެ ހައްގެއް ވެ އެވެ. ތިމާގެ ރަށާއި ސިޓީ އާއި އަވަށަށްޓަކައި ތިމާގެ ޒިންމާ އެއް ވެއެވެ. އެ ހައްގު އަދާކުރުމުގައި ވަރިހަމަކޮށްލައިގެން ނުވާނެ އެވެ. ގައުމުގެ ކަންކަން ނިންމުމުގައި ބަސް ބުނަން ތިމާ އެދޭ މީހަކު ހޮވަން މަސައްކަތް ކުރުމަކީ ތިމާގެ ހައްގެކެވެ. އެއީ ގައުމަށްޓަކައި ކޮށްދިނުން މުނާސަބު ކަމެކެވެ. ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ނުކުމެ އެމީހަކަށް ފެންނަ ގޮތަކަށް ވޯޓު ދޭން ޖެހެ އެވެ. ވޯޓަކީ ފަރުދީ ޒިންމާ އެކެވެ. ފަހަރުގައި ތިމާ ލާ ވޯޓަކީ އިންތިޚާބުގެ ނަތީޖާ ބަދަލުކޮށްލާ ވޯޓަށް ވެސް ވެދާނެ އެވެ. 

އޭޕްރީލް 4ލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

ވޯޓުލުމަށް ދަތުރު ކުރާ މީހުންނަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ސަރުކާރުން ދަނީ ފްލައިޓްތަކުގެ ޖާގަ ކޮންޓްރޯލް ކުރަމުން: އެމްޑީޕީ

03 އެޕްރީލު 2026
މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

މާދަމާ ވޯޓުލާ ގޮތަކުން ގާނޫނުއަސާސީ ނިމުމަކަށް އަތުވެދާނެ: ޖަމީލު

03 އެޕްރީލު 2026
ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

ކައުންސިލް އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ރޭ" ރަސްމީކޮށް ފަށައިފި

03 އެޕްރީލު 2026
ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

ހޮނިހިރު ދުވަހު ބައްވާ ތިން އިންތިހާބަށް 888،845 ވޯޓު ކަރުދާސް ޗާޕްކޮށްފި

03 އެޕްރީލު 2026
ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާ ތައް ފޯރިއާއެކު ނިންމާލައިފި

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ޕިކަޕް ޖަލްސާ ތައް ފޯރިއާއެކު ނިންމާލައިފި

02 އެޕްރީލު 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު