Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ނަޞްރު

އައް ނަޞްރުގެ ފަރިތަކުރުން ތަކުގައި ރޮނާލްޑޯ ބައިވެރިވާން ފަށައިފި

އެންމެ ފަހުން އައް ނަޞްރުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގައި ރޮނާލްޑޯ ވަނީ ބައިވެރިވެފައި. އެހެންކަމުން ދެން އެންމެ އަވަހަށް އަލް ނަޞްރު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 މާރިޗު 2026 | ހޯމަ 05:04
އަލް ނަޞްރުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ރޮނާލްޑޯ ބައިވެރި ވަނީ

އަލް ނަޞްރުން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި ރޮނާލްޑޯ ބައިވެރި ވަނީ | ސޯޝަލް މީޑިއާ

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާ ކުޅެމުން އަންނަ ސައުދީ ޕްރޯ ލީގުގެ އައް ނަޞްރުގެ ފަރިތަކުރުން ތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ރޮނާލްޑޯ އަށް އަނިޔާވެފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު އައް ނަޞްރުން ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ރޮނާލްޑޯ އަށް އަނިޔާވި ނަމަވެސް، އޭގެ ފަހުން އަލް ފައިޙާއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ކުޅުނެވެ. ނަމަވެސް، އޭގެ ފަހުން ނިއޯމްއާ ދެކޮޅަށް ކުޅުނު މެޗާއި، އަލް ޚަލީޖާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ކުޅެފައި ނުވެ އެވެ.

އަނިޔާ އިން މުޅިން ރަނގަޅު ނުވުމުގެ ސަބަބުން، ޕޯޗުގަލް އިން ކުޅެން އޮތް ދެ މެޗަށް އެކުލަވާލި ސްކޮޑުގައި ވެސް ރޮނާލްޑޯ ނުހިމަނަ އެވެ. އެގޮތުން އެމެރިކާ އާއި މެކްސިކޯއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުގައި ރޮނާލްޑޯ ނުހިމަނަ އެވެ. އެކަމާ ގުޅޭ ގޮތުން ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފައި ވަނީ، ސްކޮޑުގައި ރޮނާލްޑޯ ނުހިމެނީ އެންމެ ރަނގަޅަށް ރިކަވަރީ ނުވާތީ ކަމަށާއި، ނަމަވެސް ފީފާ ވޯލްޑް ކަޕަށް ރޮނާލްޑޯ ފިޓުވާނެ ކަމަށެވެ. 

އެންމެ ފަހުން އައް ނަޞްރުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގައި ރޮނާލްޑޯ ވަނީ ބައިވެރިވެފަ އެވެ. އެހެންކަމުން ދެން އެންމެ އަވަހަށް އައް ނަޞްރު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރޮނާލްޑޯ އަންނަނީ މި ސީޒަންގައި އައް ނަޞްރުގައި މޮޅު ކުޅުމެއް ވެސް ދައްކަމުންނެވެ. އެގޮތުން މި ސީޒަންގައި އައް ނަޞްރަށް މިހާތަނަށް ކުޅެދިން 25 މެޗުގައި ރޮނާލްޑޯ ވަނީ 22 ލަނޑު ޖަހައިފަ އެވެ. 

ޕޯޗުގަލްގެ ޤައުމީ ޓީމުގައި ވެސް އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ރޮނާާލްޑޯ ކަމަށްވާއިރު، ޤައުމީ ޓީމުގައި ވެސް އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެންމެ ފަހުން ޕޯޗުގަލްގެ ޤައުމީ ޓީމާ އެކު ރޮނާލްޑޯ ކުޅެފައި ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގައި ރޮނާލްޑޯ ލަނޑު ވެސް ޖަހާފައިވާއިރު، އޭގެ ފަހުން އާމޭނިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ.

އަލް ނަޞްރުކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އާއި މެކްސިކޯ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ

އެމެރިކާ އާއި މެކްސިކޯ މެޗުގައި ރޮނާލްޑޯ ނުކުޅޭނެ

21 މާރިޗު 2026
ރޮނާލްޑޯގެ ދެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނަ އަށް

ރޮނާލްޑޯގެ ދެ ލަނޑުން މޮޅުވެ، އަލް ނަޞްރު އެއް ވަނަ އަށް

22 ފެބުރުއަރީ 2026
އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ އެނބުރި އައިސް ލަނޑު ޖަހައިފި

އަލް ނަޞްރު މޮޅުވީއިރު، ރޮނާލްޑޯ އެނބުރި އައިސް ލަނޑު ޖަހައިފި

15 ފެބުރުއަރީ 2026
ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

ރޮނާލްޑޯ ނެތި ކުޅުނު މެޗުގައި، އަލް ނަޞްރުން އަލް އިއްތިހާދު ބަލިކޮށްފި

07 ފެބުރުއަރީ 2026
ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ރޮނާލްޑޯގެ ލަނޑުން މޮޅުވެ، އަލް ނަޞްރުން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު