Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބު

ކުރިން ނުކުރެވުނު ކަމެއް ބާކީ އޮތް 2 އަހަރަކު ނުވާނެ، ވޯޓު ދޭންވީ ބަދަލަކަށް: މޫސަ

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ކަނޑުވާލައި، ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ތުހުމަތުކުރައްވައި، ކުރިއަށް އޮތް އިންތިޚާބުތަކުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވުމަށް މޫސާ މަނިކު ގޮވާލައްވައިފި. ޤާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކަކީ ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވައި، ފެންނަ ނުފެންނަ ވޯޓުގައި "ނޫނެކޭ" ބުނުމަށް އޭނާ އިލްތިމާސްކުރެއްވި. މީގެ އިތުރުން، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުތައް ދެމެހެއްޓޭނީ އެމްޑީޕީގެ ފިކުރަށް ތާއީދުކޮށްގެން ކަމަށްވެސް މޫސަ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 14:45
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ).

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ). | ރާއްޖެ އެމްވީ

ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ކުރެވޭނެ ކަމަށް ސަރުކާރުން ވަކާލާތު ކުރި ނަމަވެސް، ނިމިދިޔަ 2 އަހަރު ތެރޭގައި ނުކުރެވުނު ކަމެއް ކުރިއަށް އޮތް 2 އަހަރު ތެރޭގައި ވެސް ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ އިން ރަށްރަށަށް ކުރަމުންދާ ކެމްޕޭނުގެ ތެރެއިން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހިމާޔަތްކުރުމަށާއި ރަށްރަށުގެ ތަރައްޤީ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުރިއަށް އޮތް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށެވެ. 

މި ދަތުރުފުޅަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް އެމްޑީޕީއަށް ވޯޓު ހޯދުމަށާއި، ޚާއްޞަކޮށް ލާމަރުކަޒީ ނިޒާމާއި، ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރާ ދަތުރެއްކަން މޫސަ ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް ނެތް ފަދަ މޭރުމަކުން ވާހަކަދައްކަމުންދާ ކަމަށާއި، ރަށްރަށަށް ކަމެއް ކޮށްދެވޭނީ ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ކަމަށް ބުނާ ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސަރުކާރުގެ ދައުރުގެ ބާކީ އޮތީ އެންމެ ދެ އަހަރުކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންމެ ފަސް އަހަރަކުން ވެރިކަން ބަދަލުވަމުން އަންނަ ކަމަށެވެ. އެހެންކަމުން އެންމެ ދެ އަހަރު ދުވަހަށްޓަކައި ސަރުކާރު ކެންޑިޑޭޓަކު ހޮވުމުގެ ބޭނުމެއް ނެތް ކަމަށާއި، ރައްޔިތުން އިޚުތިޔާރުކުރާ ބަޔަކު ރަށުގެ ވެރިކަމުގައި ތިބުމަކީ ލާމަރުކަޒީ ނިޒާމުގެ އަސްލު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ބަރާބަރަށް ހިންގި ނަމަވެސް ސަރުކާރުގެ ހެޔޮ ނިޔަތް ސާބިތުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

އެހެންވީމާ، ދެ އަހަރު ދުވަހަކަށް ކޮންމެހެން ކަމެއް ކުރާކަށް ބޭނުމެއް ނުވާނެ ނޫންތޯ. ކަމެއް ކުރަން މި ރަށުން ކޮންމެހެން ސަރުކާރު ކެންޑިޑޭޓެއް ހޮވާކަށެއް ނުޖެހޭނެ. ލާމަރުކަޒީ ނިޒާމުގައި ކުރިއަށްދާން ބޭނުންކަމަށްވާނަމަ، ރައްޔިތުންނަށް މިހާތަނަށް އެމް.ޑީ.ޕީ ސަރުކާރުން ފަށާދީފައި ހުރި، މިދިޔަ ފަސް އަހަރު ފަށާދީފައި ހުރި ޕްރޮޖެކްޓުތައް ބަރާބަރަށް ހިންގި ނަމަވެސް ރައްޔިތުންނަށް އޮންނާނީ ވަރަށް ބޮޑަށް ޕްރޫވްކުރެވެން. މި ސަރުކާރުން މި އުޅެނީ ހެޔޮ ނިޔަތުގައި ރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދޭން ކަމަށް. އެކަމެއް ވެސް ނުވޭ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސަ)

މީގެ އިތުރުން މޫސަ ވަނީ މާލޭގައި އަލުން އެޓޯލްސް މިނިސްޓްރީއެއް ފަދަ މިނިސްޓްރީއެއް އުފައްދައި، ރަށްރަށުގެ ބާރުތައް މާލެއަށް ޖަމާކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މިއީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުން ކަމަށާއި، މިކަމާ ދޭތެރޭ ރައްޔިތުން ވިސްނައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

ޤާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކާއި ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ، ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބުނާއިރު، ސަރުކާރުން މަސައްކަތް ކުރަނީ އެ ބާރުތައް ދުއްވާލުމަށް ކަމަށެވެ. އަދި ދެ އިންތިޚާބު އެއްކޮށްލަން އުޅެނީ ރައްޔިތުންގެ ގާތަށް ކަމަކު ދާންޖެހޭ މިންވަރު މަދުކުރުމުގެ ނިޔަތުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، މިއަދު ރާއްޖެއަށް އައިސްފައިވާ ތަރައްޤީއާއި، އެކަނިވެރި މައިންނަށްދޭ އެހީއާއި، އާސަންދައާއި، ދަތުރުފަތުރުގެ ނިޒާމަކީ އެމްޑީޕީން ޤާނޫނުއަސާސީއަށް ގެނައި ބަދަލުތަކުގެ ނަތީޖާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި "ނުފެންނަ" ކަމަށް ވޯޓު ދީގެން ނޫނީ މި ނުރައްކަލުން ސަލާމަތް ނުވެވޭނެ ކަމަށް ވިދާޅުވެ، މޫސަ ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.

މޫސާ މަނިކުއެމްޑީޕީލާމަރުކަޒުކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

ޕީއެސްއެމްގެ ވެރިންނާ ބައްދަލުކުރަން ދިއުމުން ރިސެޕްޝަންގެ ކަރަންޓް ކަނޑާލައި އޭސީތައް ނިއްވާލައި، ދާން އަންގައިފި

16 މާރިޗު 2026
ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

ހަމަހަމަ ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުމާއެކު އެމްޑީޕީން ދައުލަތުގެ މީޑިއާއަށް ދިއުމުން ބައްދަލު ކުރާނެ މީހަކު ނުވި!

16 މާރިޗު 2026
އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

އެމްޑީޕީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް އެޗްޑީސީން ނަގާ ވީޑިއޯއެއް އާއްމުވެ، ގިނަ ބައެއް ފާޑުކިޔުން އަމާޒުވެއްޖެ

16 މާރިޗު 2026
ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

ގިނިކާ މާ ދޫންޏެއްގެ ބަނޑުދަށުގައި ތިބި ދޫނިތަކަށް ވޯޓު ދީގެން ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް: ޝާތިރު

16 މާރިޗު 2026
ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

ފަތިސް ނަމާދަށްފަހު އެޗްޑީސީގެ މުވައްޒަފުން އެމްޑީޕީގެ ކެނޑިޑޭޓުންގެ ޕޯސްޓަރުތައް ވީދަނީ، މިނިވަން މުއައްސަސާތައް ނިދީގައި

16 މާރިޗު 2026

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު