Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްދަޅު ބެހުން

މިދިޔަ އަހަރު މަސްދަޅު ބަހަން ކުރި ޚަރަދުތައް ސާފުކޮށް ނުދީ، މި އަހަރު ގޭބީސީތަކަށް މަސްދަޅު ބަހަން ފަށަން ތައްޔާރުވެއްޖެ

2025 ވަނަ އަހަރުގެ ބަޖެޓުގައިވާ މައުލޫމާތުން ހާމަވަނީ މަސްދަޅު އަގުހެޔޮކުރުމަށް ސަރުކާރުން 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރިކަން. ނަމަވެސް އެ ތަފްސީލުތައް ސާފުކޮށް ހިއްސާނުކުރާތީ އާއްމުން ކަންބޮޑުވޭ. މި ފަހަރު މަސްދަޅު ކޭސް ބަހަން ފެށުމުގެ ކުރިން ޓޯކަން ނަގަންޖެހޭ، އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގެ ތަފާތު ތަންތަނުން މަސްދަޅު ބަހަން ފަށާނެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2026 | ބުރާސްފަތި 08:49
މަސްދަޅު ކޭސް ބަހަނީ ރައީސް ޑރ.މުއިއްޒު ގެ ވައުދު ފުއްދުމަށް

މަސްދަޅު ކޭސް ބަހަނީ ރައީސް ޑރ.މުއިއްޒު ގެ ވައުދު ފުއްދުމަށް | ރާއްޖެއެމްވީ

މިދިޔަ އަހަރު މަސްދަޅު ބަހަން ސަރުކާރުން ކުރި ޚަރަދުތަކުގެ މައުލޫމާތު ސާފުކޮށް ނުދީ، މި އަހަރު ވެސް ސަރުކާރުގެ ފަރާތުން ގޭބީސީތަކަށް މަސްދަޅު ބަހަން ފަށަން ތައްޔާރުވެއްޖެ އެވެ.

2025 ވަނަ އަަހަރުގެ ބަޖެޓުގައިވާ މާއުލޫމާތުން ހާމަވަނީ ސްޓޭޕަލް ފުޑް ސަބްސިޑީގެ ދަށުން މިފްކޯއިން ދޫކުރާ މަސްދަޅު އަގުހެޔޮ ކުރުމަށް ސަރުކާރުން 111 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި ކަމަށެވެ. މިއީ ސަރުކާރުން ކުރިން ހާމަ ކުރި އަދަދަށްވުރެ 30 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

Advertisement - newsAdvertisement

މި ހިސާބުތަކަށް ބާލާއިރު މަސްދަޅު ކޭހަކަށް ޖެހެނީ މާކެޓް ރޭޓަށް ވުރެ 34 އިންސައްތަ ބޮޑުކޮށް، 1005 ރުފިޔާއަށެވެ. މިއީ ސަރުކާރުން އެގެ ކުރިން ހާމަކުރި އަދަދަށްވުރެ ވަރަށް ބޮޑަށް ތަފާތު އަދަދެކެވެ. މި 30 މިލިއަން ރުފިޔާގެ ތަފާތު ކޮބައިތޯ ސުވާލު އުފެދުނު ނަމަވެސް މިއަދާއި ހަމައަށް ވެސް އެ އަދަދުތަކާއި މެދު ސަރުކާރުން އެއްވެސް ތަފްސީލެއް ހިއްސާކޮށްފަ އެއް ނުވެ އެވެ. އެހެންކަމުން މަސްދަޅު ކޭސް ބެހުމުގެ ނަމުގައި ބޮޑު ޚިޔާނާތެއް ވެފައިވަ ކަމަށް ބައެއް އާއްމުން ތުުހުމަތުކުރެ އެވެ.

އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ކުރިއަށް އޮތް ރޯދަ މަހަށް ގޭބިސީތަކަށް ސަރުކާރުން ދޭ މަސްދަޅު ކޭސްތައް އަންނަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުގައި ބަހަން ފަށާނެ ކަަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

ސަރުކާރުން ބުނެފައިވާ ގޮތުގައި މަސްދަޅު ކޭސް ބަހަން ފެށުމުގެ ކުރިން ޓޯކަން ނަގަން ޖެހޭނެ އެވެ. އަދި  ޓޯކަން އަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވަލާފަ އެވެ. ރޯދަ ހަދިޔާގެ ޓޯކަންއަށް އެދޭނީ roadhahadhiya.mv އިންނެވެ.

މަސްދަޅު ދޫކުރަން ހަމަޖެހިފައި ވަނީ މާލޭގައި މިފްކޯ މަރުކަޒު، ސޯޝަލް ސެންޓަރު، އެމްޓީސީސީ ސޯމިލް، ހެންވޭރު ބޯޅަދަނޑު އަދި ގަލޮޅު ދަނޑުގަ އެވެ. ހުޅުމާލެ- ފޭސް 1 ގައި އުމަރު ޒާހިރު ބިލްޑިންގް، ޕޮލްކޯ ޓަވަރު ތިރީގައި އަދި މުހައްމަދު ގާސިމް ޕްރީސްކޫލް ގައި މަސްދަޅު ބަހާ އިރު ހުޅުމާލެ ފޭސް 2 ގައި  ކާމިލުދީދީ ސްކޫލް، ހިޔާޓަވަރު 10 އަދި ވިނަރެސް ފްލެޓް ގައި މި މަސައްކަތް ކުރިއަށް ދާނެ އެވެ. ވިލިމާލޭގައި މަސްދަޅު ބަހާނީ ވެމްކޯ ސައިޓްގަ އެވެ.

މަސްދަޅު ކޭސް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 8:30 އިން 11:00 އަށެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެމްބަރު 17، 2024 ގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު އިއުލާނުކުރެއްވީ "ރޯދަ ހަދިޔާ" ގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބަހާނެ ކަމަށެވެ. މި އިއުލާނާ އެކު ރައްޔިތުން ފާރަވެރިވި ކަންކަމުގެ ތެރޭގައި މަސްދަޅު ހުންނާނެ ގޮތާއި، މަސްދަޅުގެ ލޭބަލްގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ޕްރޮމޯޓު ކުރެވޭނެ ގޮތް ހަދައި، މިކަމަށް ދާނެ ހަރަދާއި، މަސްދަޅުތައް ބަހާނެ ގޮތް ހިމެނެއެވެ. ނަމަވެސް އެ އަދަތުތަކާއި ބަޖެޓުގައި ހިމެނޭ އަދަދުތަކާއި ދިމާ ނުވާ އިރު އެކަމަށް ސަރުކާރުން ޖަވާބުދާރީ ވެފަ އެއް ނުވެ އެވެ.

މިފްކޯރަމަޟާން ހަދިޔާމަސްދަޅު ކޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

ރައީސް މުއިއްޒުގެ ވައުދުފުޅާ ހިލާފުވެ، މިފްކޯ ގެ ސެންޓަރު ތަކަށާއި ބޯޓުތަކަށް ކުޑަ އަގެއްގައި ކަންނެލި ގަންނަން ފަށައިފި

21 ޖެނުއަރީ 2026
"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

"ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން، ޒީރޯ ޓޮލަރެންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން"

13 ޖެނުއަރީ 2026
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު