Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުގެ ދަށް އަގު

މަހުގެ ދަށް އަގުގެ ވައުދާ ގުޅޭގޮތުން ސަރުކާރުގެ ރާގު ބަދަލުވެއްޖެ، ވިދާޅުވީ ތެލުގެ އަގުކުޑަވީމާ ޙާސިލުވަނީ އެއްކަމެއް ކަމަށް!

އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށާއި، އަދި ތެލުގެ އަގު ކުޑަ ކުރެވުމުން، މަސް ގަންނަ އަގު ދަށް ނުކުރިނަމަވެސް ހާސިލުވަނީ އެއް ކަމެއްކަމަށް ދޭހަވާ މޭރުމުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2026 | ބުދަ 07:57
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އަދި މަސްވެރިން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް

މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް އަދި މަސްވެރިން މަސްވެރިކަމުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯ އެއް | ރާއްޖެއެމްވީ

މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުކުރާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވީނަމަވެސް، ސަރުކާރުގެ ރާގު ބަދަލުވެއްޖެއެވެ.

މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެ ކުޑަ ނުކުރާނެ ކަމަށް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވިއެވެ. އެހެން ނަމަވެސް، ސަރުކާރަށް ދެ އަހަރުވެގެންދާއިރު ވެސް އެ ވައުދު ނުފުއްދާތީ ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު ކުރަމުންނެވެ.

Advertisement - newsAdvertisement

ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ، މިފްކޯ ހަރުދަނާ ކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށާއި، މާކެޓަށް ބަލައި ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުންދާކަމަށެވެ. އަދި ސަރުކާރުގެ ވައުދާ އެއްގޮތަށް މަސް ގަންނަ އަގަށް ބަދަލު ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތުގެ މިސްރާބު ހުރީ އެދިމާލަށް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރުން ފުރަތަމަ އިސްކަމެއް ދީފައިވާނީ މިފްކޯއަށް ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދިނުމުގެ މަސައްކަތަށެވެ.

އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ދަނީ އެދިމާލަށް، ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ބެލީ މަސްވެރިން މިފްކޯއަށް ކިރުވާ މަހަށް ބަރާބަރަށް ފައިސާ ދެވޭތޯ
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

މިނިސްޓަރ އިތުރަށް ވިދާޅުވީ، މަސްވެރިން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްވެސް ސަރުކާރުން ޚާއްސަ މަޝްރޫއެއް ހިންގަމުންދާ ކަމަށާއި، އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ރަށަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ. އަދި ތެލުގެ އަގު ކުޑަ ކުރެވުމުން، މަސް ގަންނަ އަގު ދަށް ނުކުރިނަމަވެސް ހާސިލުވަނީ އެއް ކަމެއްކަމަށް ދޭހަވާ މޭރުމުން މިނިސްޓަރ ވަނީ ވާހަކަ ދައްކަވާފައެވެ.

  މި ހުރިހާ ކަމަކަށް އެޑްރެސް ކުރެވުނީމާ ހުންނާނީ މި ދަންނަވާ އަގުތަކުގައި މަހުގެ އަގުވެސް، ސީދާ އެ އަގު ނުޖެހިއެއް ކަމަކު، ތެލަށް ކުރާ ހޭދަ ކުޑަވީމާ ލިބޭ އާމްދަނީ އިތުރުވީމާ މަހުގެ އަގަށް ސީދާ މިވެނި އަގަކަށޭ މަސް ގަންނަނީ ނުދެންނެވިޔަސް އަގު ހުންނާނީ އެގޮތުގައި،
ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް

 މީގެ އިތުރުން، މަސް ގަންނަން ލިބޭ އަގު 20 ރުފިޔާއަށްވުރެ ދަށް ނުކުރުމުގެ ވައުދު ފުއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ރަށްރަށަށް ވަޑައިގެން ރައީސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެގޮތުން ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައީސް ގެންދަވަނީ އެ ވައުދު ތަކުރާރު ކުރައްވަމުންނެވެ.

މިނިސްޓަރ ޝިޔާމްމަސްވެރިން-ސަރުކާރުމަސްވެރިކަން

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2026

މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!

04 ޖެނުއަރީ 2026
މަސްވެރިންގެ ޑިމާންޑުތަކަށް އިޖާބަ ދިނުމަށް ދިން 2 ހަފްތާ ވެސް ހަމަވެއްޖެ! ސަރުކާރުގެ ހިލަމެތް ނެތް!
16 ޑިސެމްބަރު 2025

މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!

16 ޑިސެމްބަރު 2025
މަހުގެ އަގާ ބެހޭ ގޮތުން މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ޝިޔާމު ދެއްކެވި ދެއުޅި އެއްނުވާ ވާހަކަތަކުގެ ހަގީގަތް މިއޮތީ!
14 ޑިސެމްބަރު 2025

މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!

14 ޑިސެމްބަރު 2025
މަސްވެރިންނަށް މުއިއްޒު ވީ ވައުދު ތަކުގައި މިހާރު އޮތީ ވާނުވާ ޖަހާފައި!
14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު