Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

މި ސަރަހައްދުގެ ގައުމުތަކުގައި ތެޔޮ ރިޒާވް ހުރި މިންވަރު މަދުވުމުގެ ސަބަބުން އިގްތިސާދީ ހީނަރުކަމެއް އަތުވެދާނެކަމުގެ ބިރު އޮތްއިރު، ބައެއް ގައުމުތަކުން މިހާރު ވަނީ ތެޔޮ އެކްސްޕޯޓްކުރުން މަނާކޮށް އަގުތައް ކޮންޓްރޯލްކުރަން ފަށާފައި. މީގެ އިތުރުން، ސަޕްލައި މެދުކެނޑުމުގެ ސަބަބުން ބޮޑެތި ކުންފުނިތަކުގެ އުފެއްދުންތެރިކަން ހުއްޓި، ކުރިއަށް އޮތް ހަފުތާތަކުގައި މި މައްސަލަ އިތުރަށް ގޯސްވެދާނެ ކަމަށް މާހިރުން ލަފާކުރޭ.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 00:42
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އައްސޭރިފަށުން ބޭރުގައި، ދުބާއީގެ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި މުދާ އުފުލާ ބޯޓެއް ބަނދަރުކޮށްފައި އޮއްވާ ފެންނަ މަންޒަރެއް.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އައްސޭރިފަށުން ބޭރުގައި، ދުބާއީގެ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި މުދާ އުފުލާ ބޯޓެއް ބަނދަރުކޮށްފައި އޮއްވާ ފެންނަ މަންޒަރެއް. | ގެޓީ އިމޭޖަސް

އީރާނާއި އިޒްރޭލާ ދެމެދު އެމެރިކާ ބައިވެރިވެގެން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ކަނޑުދަތުރުފަތުރު ހުއްޓުމަކަށް އައުމާ ގުޅިގެން، ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ސަރުކާރުތަކާއި ކުންފުނިތަކުން ހަކަތައިގެ ދަތިކަމުން ސަލާމަތްވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

ގަލްފް ސަރަހައްދާ އެތައް ހާސް ކިލޯމީޓަރެއް ދުރުގައި އޮތް ނަމަވެސް، ތެލުގެ ދަތިކަމާ ގުޅިގެން ފިލިޕީންސްގެ ސަރުކާރުގެ އޮފީސްތަކުން މިހާރު ވަނީ ހަފުތާއަކު ހަތަރު ދުވަހު މަސައްކަތްކުރާ ގޮތަށް ބަދަލުކޮށްފައެވެ. އަދި ތައިލެންޑާއި ވިއެޓްނާމްގެ އޮފިޝަލުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި ދަތުރުފަތުރު މަދުކުރުމަށް ބާރުއަޅަމުންދާއިރު، މިޔަންމާގެ ސަރުކާރުން ވަނީ ދުވަސްތައް ބަހާލައިގެން އުޅަނދުފަހަރު ދުއްވޭނެ އުސޫލެއް ކަނޑައަޅާފައެވެ. މީގެ އިތުރުން، ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި ސަރުކާރުތަކުން ދަނީ ސީދާ މާކެޓަށް ނުފޫޒު ފޯރުވަމުންނެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް ވަނީ ޑީސަލްގެ އަގު ވަގުތީ ގޮތުން ވަކި މިންވަރެއްގައި ހިފެހެއްޓުމަށް ނިންމަވާފައެވެ. އަދި ވިއެޓްނާމްގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުން ވަނީ ތެލުގެ އަގު ހަމަޖެއްސުމަށް ގާއިމުކޮށްފައިވާ ފަންޑުން ފައިސާ ބޭނުންކުރަން ފަށާފައެވެ.

ސިންގަޕޫރުގެ 'އޭޝިއާ ޑީކޯޑެޑް' ގެ ޑިރެކްޓަރު އަދި އިގްތިސާދީ މާހިރު ޕްރިޔަންކާ ކިޝޯރު ވިދާޅުވި ގޮތުގައި، ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ ނަމަ، މިހާރު ފެންނަމުންދާ ފިޔަވަޅުތަކަކީ ކުރިއަށް އޮތް ބޮޑު ތަދުގެ ކުޑަ މިންވަރެކެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ކިޝޯރު ވިދާޅުވީ، ތެލުގެ ދަތިކަން ސީދާ ގޮތުން ކުރިމަތިވުމުގެ ކުރިން، ސަރުކާރުތަކުން ދަނީ ތެޔޮ ސަޕްލައި މެނޭޖްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަކީ އަމިއްލައަށް ތެޔޮ އުފައްދާ ގައުމުތަކެއް ނަމަވެސް، އެ ސަރަހައްދަކީ ބޭރުން އިމްޕޯޓްކުރާ ތެލާއި ގޭހަށް ވަރަށް ބޮޑަށް ބަރޯސާވާ ސަރަހައްދެކެވެ. މީގެ ތެރެއިން ބޮޑު ބައެއް ދަތުރުކުރަނީ ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރި ސާފުނުކުރާ ތެލުގެ 84 އިންސައްތަ އަދި އެލްއެންޖީގެ 83 އިންސައްތަ އަކީ އޭޝިއާގެ ގައުމުތަކަށް ގެންދިޔަ ތަކެއްޗެވެ.

އެ އިދާރާއިން ބުނާ ގޮތުގައި ޗައިނާ، އިންޑިއާ، ޖަޕާން އަދި ދެކުނު ކޮރެއާއަށް ތެލުގެ ޝިޕްމަންޓްތަކުގެ ގާތްގަނޑަކަށް 70 އިންސައްތަ ދާއިރު، ބާކީ 15 އިންސައްތަ ދަނީ އޭޝިއާގެ އެހެން ގައުމުތަކަށެވެ.

ޖަކާޓާގައި ހުންނަ އިކޮނޮމިކް ރިސާޗް އިންސްޓިޓިއުޓް ފޯ އާސިއާން އެންޑް އީސްޓް އޭޝިއާ (އީއާރްއައިއޭ) ގެ އިގްތިސާދީ މާހިރު އެލޯއިޝަސް ޖޯކޯ ޕުރުވަންޓޯ ވިދާޅުވި ގޮތުގައި، ތެޔޮ ލިބުމަށް ހުރަސްއެޅުމުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލެއް އޮތީ ފިލިޕީންސް، ތައިލެންޑް، މެލޭޝިއާ އަދި ބުރުނާއީގެ އިގްތިސާދަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ހަތަރު ގައުމަކީ އެ ގައުމުތަކަށް ބޭނުންވާ ސާފުނުކުރާ ތެލުގެ 60 އިންސައްތައާއި 95 އިންސައްތައާ ދެމެދުގެ މިންވަރެއް އިމްޕޯޓަށް ބަރޯސާވާ ގައުމުތަކެކެވެ.

އަމިއްލައަށް ތެޔޮ އުފައްދާ އިންޑޮނޭޝިއާ ވެސް، އެ ގައުމަށް ބޭނުންވާ ސާފުނުކުރާ ތެލުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މިންވަރެއް ހޯދަނީ އިމްޕޯޓްކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަޕްލައި ޗެއިނަށް އައި މި ލޮޅުމުގެ ސަބަބުން، އެ ސަރަހައްދުގެ ގައުމުތަކުގައި ރައްކާކުރެވިފައި ހުރި ހަކަތައިގެ މިންވަރު މަދުކަން ވަނީ ހާމަވެފައެވެ. ކަނޑުއޮޅި ބަންދުކޮށްފައި އޮންނަ ކޮންމެ ދުވަހަކީ މި ރިޒާވްތަކަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ވިއެޓްނާމުން މިހާރު ވަނީ މެދުއިރުމަތީގެ ގައުމުތައް ނޫން އެހެން ގައުމުތަކުން 4 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ހޯދުމަށް ރާވާފައިވާކަން އިއުލާންކޮށްފައެވެ.

އެމެރިކާގެ އިންސްޓިޓިއުޓް ފޯ އެނާޖީ އިކޮނޮމިކްސް އެންޑް ފައިނޭންޝަލް އެނަލިސިސްގެ ރިސާޗަރެއް ކަމަށްވާ ސޭމް ރޭނޮލްޑްސް ވިދާޅުވީ، އެ މިންވަރަކީ އެ ގައުމަށް އެންމެ ހަ ދުވަހު ބޭނުންކުރެވޭނެ މިންވަރު ކަމަށެވެ.

ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވިއެޓްނާމްގައި 20 ދުވަހުގެ ތެޔޮ ރިޒާވް ހުރި ނަމަވެސް، އިތުރު ތެޔޮ ނުލިބިއްޖެނަމަ ތެލުގެ ދަތިކަން ކުރިމަތިވުމުގެ "ބޮޑު ނުރައްކަލެއް" އެބައޮތް ކަމަށް ރޭނޮލްޑްސް ވިދާޅުވިއެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން ބުނާ ގޮތުގައި، ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އެ ގައުމުގައި ހުރީ 21 ދުވަހާއި 23 ދުވަހާ ދެމެދުގެ ތެޔޮ ރިޒާވެކެވެ.

ތައިލެންޑުގެ އެނާޖީ މިނިސްޓަރު އައްތަޕޯލް ރާކްޕިބޫން މިދިޔަ ހަފުތާގައި ވިދާޅުވީ، އެ ގައުމުގައި 65 ދުވަހުގެ ރިޒާވް އެބަހުރި ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އިތުރު 30 ދުވަހުގެ ތެޔޮ ހޯދުމަށް ކަމަށެވެ.

ފިލިޕީންސްގައި 50 އާއި 60 ދުވަހުގެ ރިޒާވް ހުރި ނަމަވެސް، އެއީ އަމިއްލަ ކުންފުނިތަކުގެ އަތުގައި ހުރި ތަކެތި ކަމަށްވުމުން، މެނީލާ ސަރުކާރަށް ޖެހިފައިވަނީ ތެލުގެ ޓެކްސް ކުޑަކުރުމަށާއި، ގައުމީ ތެޔޮ ކުންފުނި މެދުވެރިކޮށް އިތުރަށް ތެޔޮ އިމްޕޯޓްކުރުމަށް މަސައްކަތް ކުރަން ކަމަށް ރޭނޮލްޑްސް ވިދާޅުވިއެވެ.

އަލްޖަޒީރާއާ ވާހަކަދައްކަވަމުން ރޭނޮލްޑްސް އިތުރަށް ވިދާޅުވީ، ހުރިހާ ގައުމުތަކަކުންވެސް ދަނީ މެދުކެނޑިފައިވާ ސަޕްލައިގެ ބަދަލުގައި އެހެން ގޮތްގޮތުން ތެޔޮ ހޯދަން މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް، ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ ފަރުމާ ހުންނަ ގޮތުންނާއި، ދުރު ރާސްތާ ދަތުރުތަކުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން ކުރު މުއްދަތެއްގައި ބަދަލު ހޯދުމަކީ ދަތި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ކުއްލި ހާލަތުގެ ތެޔޮ ރިޒާވް، އުތުރު އިރުމަތީ އޭޝިއާގެ ގައުމުތަކާ އަޅާބަލާއިރު ވަރަށް މަދެވެ.

ޖަޕާނުގައި 254 ދުވަހުގެ ތެޔޮ ރިޒާވް ހުރިއިރު، ދެކުނު ކޮރެއާގައި 208 ދުވަހުގެ އަދި ޗައިނާގައި 120 ދުވަހުގެ ރިޒާވް އެބަހުއްޓެވެ.

މަދުވަމުންދާ ސާފުނުކުރާ ތެޔޮ ހޯދުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމުގެ އަދި އެއް ބައެވެ.

އިގްތިސާދުތައް ކުރިއަށް ގެންދިއުމަށްޓަކައި، ސާފުނުކުރާ ތެލުން އުފައްދާ ޕެޓްރޯލް، ޑީސަލް، ޖެޓް ފިއުލް އަދި ޕެޓްރޯކެމިކަލްސް ފަދަ ބާވަތްތައްވެސް ހޯދަން ޖެހެއެވެ. އީއާރްއައިއޭގެ ޖޯކޯ ވިދާޅުވި ގޮތުގައި، ލާއޯސް، ކެމްބޯޑިއާ އަދި މިޔަންމާގައި ތެޔޮ ސާފުކުރާނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން، އެ ގައުމުތަކުން ބަރޯސާވާން ޖެހެނީ އަވަށްޓެރި ތައިލެންޑް، ވިއެޓްނާމް އަދި ސިންގަޕޫރުން އެކްސްޕޯޓްކުރާ ތެލަށެވެ. އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ މަސައްކަތް މަޑުޖެހި، އަމިއްލަ ގައުމުގެ ބޭނުމަށްޓަކައި ތެޔޮ އެކްސްޕޯޓްކުރުން ހަނިކުރުމުން، މި ގައުމުތަކަށް އިތުރު ތަކްލީފުތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތައިލެންޑުން މިހާރު ވަނީ ކެމްބޯޑިއާ އަދި ލާއޯސް ފިޔަވައި އެހެން ގައުމުތަކަށް ތެޔޮ އެކްސްޕޯޓްކުރުން މަނާކޮށްފައެވެ. އަދި ސަރަހައްދީ ގޮތުން ތެޔޮ ފޯރުކޮށްދޭ އަނެއް ބޮޑު ގައުމު ކަމަށްވާ ޗައިނާއިންވެސް ވަނީ ދައުލަތުގެ ކުންފުނިތަކުން ތެޔޮ އެކްސްޕޯޓްކުރުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.

ސަޕްލައި ޗެއިނަށް އެރި މި ލޮޅުމާއެކު، ސިންގަޕޫރުގެ 'އެސްޓަރ ކެމިކަލްސް އެންޑް އެނާޖީ' އަދި އިންޑޮނޭޝިއާގެ 'ޕީޓީ ޗަންދްރާ އަސްރީ ޕެސިފިކް' ފަދަ ޕެޓްރޯކެމިކަލް ކުންފުނިތަކުން ވަނީ، އެއްބަސްވެފައިވާ ގޮތަށް ތަކެތި ފޯރުކޮށްނުދެވޭނެ ކަމުގެ އިންޒާރު ދޭން ފަށާފައެވެ.

އަންގާރަ ދުވަހު، ތައިލެންޑުގެ ޕެޓްރޯކެމިކަލް ކުންފުންޏެއް ކަމަށްވާ 'ރަޔޮންގް އޮލެފިންސް' އިން ބުނީ، ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ބޭނުންވާ ރޯ މެޓީރިއަލްސް ނުލިބޭތީ، އެ ކުންފުނީގެ ޕްލާންޓްތަކުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

މި ހުރަސްތައް ދެމިއޮންނަނަމަ، މި ސަރަހައްދުގެ ގައުމުތަކުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ތެލާއި ގޭސް ބޭނުންކުރުމުގައި އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، 2026 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އެވްރެޖްކޮށް 80 ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ ސަބަބުން އޭޝިއާގެ ގިނަ ގައުމުތަކުގައި އިންފްލޭޝަން މަތިވެ، އިގްތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

އޭޝިއާ ޑީކޯޑެޑްގެ ކިޝޯރު ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގައި ހާލަތު ރަނގަޅު ނުވެއްޖެނަމަ، މި ސަރަހައްދުގެ އިގްތިސާދު ހީނަރުކަމެއްގެ (ރިސެޝަން) ތެރެއަށް ހިނގައިދާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި މި މައްސަލައިގެ ސީރިއަސްކަން އިތުރަށް ހާމަވެގެންދާނެއެވެ. އަދި ހޯރްމޫޒް ކަނޑުއޮޅި ހުޅުވޭނެ މަގެއް ނުފެނިއްޖެނަމަ، އެއީ މުޅި ސަރަހައްދަށް ކުރިމަތިވާނެ އެންމެ ބޮޑު ސުވާލު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އިޒްރޭލްހޯރްމޫޒް ކަނޑުއޮޅިދެކުނު އިރުމަތީ އޭޝިޔާތެލުގެ ދަތިކަންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

ޑްރޯން ހަމަލާއެއްގައި އިރާގުގައި ތިބި ފަރަންސޭސި ސިފައިންގެ މީހަކު މަރުވެ، އިތުރު ސިފައިންތަކެއް ޒަޚަމްވެއްޖެ

13 މާރިޗު 2026
އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

އިރާނުން ބަހްރެއިންގެ އެމެރިކާގެ ނޭވަލް ބޭސްއަށް ހަމަލާދީފި

13 މާރިޗު 2026
އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

އީރާނާއި ލުބްނާނަށް އިޒްރޭލާއި އެމެރިކާ އިން ދެމުންދާ ހަމަލާތައް އދ. ގެ މިނިވަން މާހިރުންގެ ޕެނެލަކުން ކުށްވެރިކޮށްފި

13 މާރިޗު 2026
އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

އައިއާރުޖީސީން އިޒްރޭލުގެ ދާޚިލީ ސަލާމަތީ އިދާރާ ޝިންބެޓްގެ މައިމަރުކަޒަށް ހަމަލާ ދީފި

13 މާރިޗު 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު