Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އުރީދޫ މޯލްޑިވްސް

އުރީދޫ އިން ކަރާ ފަޅަން ރަށުތެރެއަށް!

އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ މި ގޭމުގައި މެޕުން ފެންނަ ކަރާތައް ފަޅައިގެން ޓީމުތަކަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ. ކުޅުންތެރިން ތިބޭ ސަރަހައްދުތަކުން ކަރާ ހޯދައި، އެ ސަރަހައްދުތައް ކާމިޔާބުކޮށްގެން އަގުހުރި އިނާމުތައް ހޯދުމުގެ ފޯރި މި ފީޗާގެ ސަބަބުން ވަނީ އިތުރުވެފަ. މިއީ ރަމަޟާން މަހުގެ ރޫހާ ގުޅޭގޮތުން އާއިލާ އާއި ރައްޓެހިންނާ އެކު ބައިވެރިވެވޭނެ މަޖާ ޑިޖިޓަލް ތަޖުރިބާއެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 09:38
އުރީދޫ ކަރާ ފަޅަން ރަށުތެރެއަށް: ކަރާ ކުއެސްޓްގައި ބައިވެރިވެ ޓީމަށް ޕޮއިންޓް އިތުރު ކުރުމުގެ ފުރުސަތު

އުރީދޫ ކަރާ ފަޅަން ރަށުތެރެއަށް: ކަރާ ކުއެސްޓްގައި ބައިވެރިވެ ޓީމަށް ޕޮއިންޓް އިތުރު ކުރުމުގެ ފުރުސަތު | އުރީދޫ

މިއަހަރުގެ ރޯދަމަހުގައި އެންމެ މަގުބޫލުކަން ހޯދާފައިވާ "އުރީދޫ ކަރާފެޅުން" ގޭމުގައި އުރީދޫ މޯލްޑިވްސް އިން 'ކަރާ ކުއެސްޓް' ތައާރަފު ކޮށްފި އެވެ. 

އުރީދޫ އިން ބުނީ މިއީ ކުޅުންތެރިންނަށް އެމީހުންގެ ޓީމަށް ޕޮއިންޓް ހޯދައި، މޮޅުވުމަށް ވާދަކުރުމަށް ލިބުނު އިތުރު ފުރުސަތެއްް ކަމަށެވެ. 

އުރީދޫ ކަރާ ކުއެސްޓަކީ ކުޅުންތެރިން ތިބި ސަރަހައްދުގެ މެޕަކުން ކަރާ ފެންނަ ގޮތަށް ފަރުމާކޮށްފައިވާ އިންޓަރެކްޓިވް ގޭމެކެވެ. ކުޅުންތެރިންނަށް އެކި ސަރަހައްދުތަކަށް ދަތުރުކޮށް، ފެންނަ ކަރާތައް ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދޭނެ އެވެ.

ކަރައެއް ފެޅުމުން އެތަނުގައި އެ ކުޅުންތެރިއެއްގެ ޓީމުގެ ދިދަ ޖެހޭނެ އެވެ. މިއީ އެ ސަރަހައްދެއް އެ ޓީމަކުން ހޯދިކަން އަންގައިދޭ ނިޝާނެކެވެ. މިގޮތަށް އިތުރަށް ކަރާ ފަޅާ، މެޕުގެ ގިނަ ސަރަހައްދުތަކެއް ހޯދައިގެން ޓީމުގެ ޕޮއިންޓް އިތުރުކޮށް، މޮޅުވުމަށް މަގުފަހިކުރެވޭނެ އެވެ.

މި ފީޗާގެ ސަބަބުން ގޭމަށް އިތުރު ފޯރި އެއް ލިބިގެން ދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ. އެ ކުންފުނިން ބުނީ ރަމަޟާން މަހުގެ ރޫހުގައި އާއިލާ އާއި ރައްޓެހިންނާ އެކު މި ކުޅިވަރު ކުޅުމަށް ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ. 

މިއީ ރާއްޖޭގެ ކަސްޓަމަރުންގެ މެދުގައި ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައިވާ، މަޖާ އަދި އެކުވެރި ވާދަވެރިކަމަކާއި އިނާމުތަކެއް ހިމެނޭ ޑިޖިޓަލް ތަޖުރިބާއެއް ކަމަށް އުރީދޫ އިން ފާހަގަކުރެ އެވެ. 

ކުޅުންތެރިންނަށް އުރީދޫ އެޕް މެދުވެރިކޮށް ކަރާ ކުއެސްޓްގައި ބައިވެރިވެވޭނެ އެވެ. އަދި އެޕް މެދުވެރިކޮށް ޓީމާ ގުޅި، ކަރާ ފަޅައިގެން ޕޮއިންޓް ހޯދައި، އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.

ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، މުޖުތަމައުތައް ގުޅުވައިދޭ އީޖާދީ ޑިޖިޓަލް ތަޖުރިބާތައް އުރީދޫ މޯލްޑިވްސް އިން އަބަދުވެސް ތައާރަފުކުރަމުން ގެންދާ ކަން ވެސް އެކުންފުނިން ވަނީ ފާހަގަ ކޮށްފަ އެވެ. 

އުރީދޫ މޯލްޑިވްސްއުރީދޫ ކަރާފެޅުންކަރާ ކުއެސްޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

މިފަހަރު ވެސް އޫރީދޫ އާއެކު "ކަރާ ފެޅުން"، ނަސީބުވެރިއަކަށް 1 ލައްކަ ރުފިޔާގެ އަގުހުރި އިނާމު!

18 ފެބުރުއަރީ 2026
އުރީދޫ ކަލަންޑަރ 2026: ގެނެސްދެނީ ދިވެހިންގެ ސައިގެ ރަހަތައް

އުރީދޫ ކަލަންޑަރ 2026: ގެނެސްދެނީ ދިވެހިންގެ ސައިގެ ރަހަތައް

26 ޖެނުއަރީ 2026
އުރީދޫ ފަން ރަން: ބިބް ނަންބަރު ސާޗް ކޮށް ފޮޓޯތައް ޑައުންކޮށްލެވޭނެ

އުރީދޫ ފަން ރަން: ބިބް ނަންބަރު ސާޗް ކޮށް ފޮޓޯތައް ޑައުންކޮށްލެވޭނެ

30 ޑިސެމްބަރު 2025
އުރީދޫ ފަން ރަން ގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯ އެއް، ފިޓްސް އެއާރ އަދި ބޫޓް ރޫމް ގެ ސަޅި އިނާމުތަކެއް

އުރީދޫ ފަން ރަން ގެ ބައިވެރިންނަށް ހާއްސަ ލަކީ ޑްރޯ އެއް، ފިޓްސް އެއާރ އަދި ބޫޓް ރޫމް ގެ ސަޅި އިނާމުތަކެއް

19 ޑިސެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު