Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހދ.ނޮޅިވަރަމް

އިއްޔެއިން ފެށިގެން ނޮޅިވަރަމުގެ ގިނަ ގޭބިސީތަކުގައި ކަރަންޓެއް ނެތް، ޚިދުމަތް ލިބޭނެ އިރެއް ނޭނގޭ

ނޮޅިވަރަމުގެ ކޭބަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑި، ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައި. މި މައްސަލަ ހައްލުކުރުމަށް ފެނަކައިން މަސައްކަތް ކުރަމުންދާއިރު، ކަރަންޓުގެ ޚިދުމަތް ލިބޭނެ އިރެއް ނޭނގޭ.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 08:52
ހދ.ނޮޅިވަރަމް، އެރަށުގައި 1900ށްހާ މީހުން ދިރިއުޅޭ.

ހދ.ނޮޅިވަރަމް، އެރަށުގައި 1900ށްހާ މީހުން ދިރިއުޅޭ. | ޓްވިޓަރ

ހދ. ނޮޅިވަރަމުގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެ އެވެ. 

ރާއްޖެއެމްވީއަށް އެރަށުން މައުލޫމާތު ދިން މީހުން ބުނީ، ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ހާއިރު ކަރަންޓުގެ ޚިދުމަތް ކެނޑުނު ގޮތަށް އަދިވެސް ނުލިބޭ ކަމަށާއި، ހުކުރު ދުވަހުގެ ރޭ އެއްކޮށް ހޭދަ ކުރީ ކަރަންޓާ ނުލައި އަނދިރީގައި ކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތުގައި ބައެއް ސަރަހައްދުތަކަށް އިރުކޮޅަކަށް ކަރަންޓު ލިބުނު ނަމަވެސް މިހާރު ކަރަންޓު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

މީގެ އިތުރުން އޭނާ ބުނީ، ރަމަޟާން މަހު ކަރަންޓު ދިއުމުން ވަރަށް ދަތިވާ ކަމަށެވެ. އަދި ކުއްލިކުއްލި ކަރަންޓު ކެނޑުމަކީ ވެސް އިލެކްޓްރޯނިކް ސާމާނު ހަލާކުވާ ސަބަބެއް ކަމަށާއި، ހުރިހާ ގެއްލުމެއް ލިބެމުންދަނީ ރައްޔިތުންނަށް ކަމަށެވެ.

ގާތްގަނޑަކަށް 1900 އާބާދީއެއް އޮންނަ ނޮޅިވަރަމްއަށް ކަރަންޓު ލިބޭނެ އިރެއް ނޭނގޭއިރު، މިމައްސަލައާ ގުޅިގެން އެރަށުގެ ކައުންސިލްގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ކޭބަލް އަކަށް މައްސަލަ ދިމާވެ ރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. ކޭބަލް ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ކޭބަލްއަށް ދިމާވީ ސީދާ ކޮން މައްސަލައެއްކަން ނޭނގޭ ކަމަށެވެ. 

މި މައްސަލައާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ހދ.ނޮޅިވަރަމްޔޫސުފް މޫސާފެނަކަ

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

13 މާރިޗު 2026
މާލެއިން ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި މައްސަލަތަކެއް، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

މާލެއިން ނަޑެއްލާއަށް ގެންދިޔަ 26 ޓަނުގެ ފެނުގައި މައްސަލަތަކެއް، ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި

25 ފެބުރުއަރީ 2026
ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

25 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

ރައީސް މުއިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފޮނުވި ޖަނަރޭޓަރު ހަލާކުވެ ނޮޅިވަރަންފަރު އަނދިރީގައި

24 ފެބުރުއަރީ 2026
ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

ށ.ފުނަދޫ ފެނަކަ އޮފީސް ހިންގަން ދީފައިވާ އިމާރާތަށް ކުލި ނުދައްކާތާ 15 މަސް، ނޯޓިސް ދީގެން ވެސް ތަން ހުސް ނުކުރޭ!

24 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު