Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔާމިން ރަޝީދު

ޔާމިން ރަޝީދަށް ދިން އިންޒާރުތަކަށް ފުލުހުން އިހުމާލުވި މައްސަލަ ބޭރުކޮށްލުމީ ލިބުނު ބޮޑު ހިތާމައެއް:އާއިލާ

17 ސެޕްޓެމްބަރު 2017 | އާދީއްތަ 15:05

އަނިޔާވެރިގޮތަކަށް ޔާމިން މަރާލަން ބަޔަކަށް ފުރުޞަތު ލިބުނީ، ޔާމީނަށް ބަޔަކު އިންޒާރުދެމުން ދިޔަ މައްސަލަތައް ނުބެލުމުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 17 ސެޕްޓެމްބަރު 2017 | އާދީއްތަ 15:05
ޔާމިން ރަޝީދު:މަރާލުމުގެ ކުރިން އެތައް އިންޒާރެއް ލިބުނު

ޔާމިން ރަޝީދު:މަރާލުމުގެ ކުރިން އެތައް އިންޒާރެއް ލިބުނު

ޔާމީން ރަޝީދަށް ބަޔަކު ރާވައިގެން އިންޒާރު ދިނުމާ ގުޅިގެން ފުލުހުންގެ މުވައްސަސާއަށް ތަކުރާރުކޮށް އެ މައްސަލަތައް ބަލައިދިނުމަށް އެދުމުންވެސް އެކަން ތަޙްޤީޤްކޮށް އެކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނެތުމާ ގުޅިގެން ފުލުހުންގެ އިހުމާލު އެކަމުގައި ހިމެނޭ ކަމަށް ޤަބޫލުކުރެވޭތީވެ، ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅި އެ ކޯޓުން މައްސަލަ ނުބަލަން ނިންމުމަކީ އާއިލާއަށް ލިބުނު ބޮޑު ހިތާމައެއް ކަމުގައި އެ އާއިލާއިން ބުނެފިއެވެ.

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ބްލޮގަރ އަދި ލިޔުންތެރިޔާ ޔާމީން ރަޝީދުގެ އާއިލާއިން މިހެން ބުނީ އާއިލާއިން ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން ނެރުނު ބަޔާނެއްގައެވެ.

Advertisement - newsAdvertisement

އާއިލާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ޔާމީން ރަޝީދަށް ތަކުރާރުކޮށް ބަޔަކު މީހުން އިންޒާރު ދެމުންގޮސް 22 އޭޕްރީލް 2017 ދުވަހުގެ ދަންވަރު ވަރަށް އަނިޔާވެރިގޮތަކަށް އޭނާ މަރާލަން ބަޔަކަށް ފުރުޞަތުލިބުނީ، ޔާމީނަށް ބަޔަކު އިންޒާރުދެމުން ދިޔަ މައްސަލަތައް 2010 ވަނަ އަހަރުން ފެށިގެން މޯލްޑިސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމުން، އެމައްސަލަތައް ތަޙްޤީޤުކޮށް އޭނާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުން އިހުމާލުވުފައިވާތީކަމަށް ޢާއިލާއަށް ޤަބޫލުކުރެވޭތީ، އެމައްސަލަ ސިވިލް ކޯޓަށް ޢާއިލާގެ ފަރާތުން ހުށަހަޅާފައިވަނީ 3 މެއި 2017 ވަނަ ދުވަހުކަމަށެވެ. އަދި އެމައްސަލަ 23 މެއި 2017 ދުވަހު އެކޯޓުން ބަލައިގަނެ 4 އަޑުއެހުން ބޭއްވުމަށް ފަހު، އާދީއްތަ ދުވަހު ބޭއްވުނު އަޑުއެހުމުގައި ކޯޓުން ޙުކުމްކޮށްފައި ވަނީ އެމައްސަލަ އެކޯޓުން ބަލައި ކުރިއަށް ގެންދިއުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ކަމަށެވެ.

ސިވިލް ކޯޓަށް ޔާމީންގެ ޢާއިލާގެ ފަރާތުން ހުށަހެޅި މައްސަލަ އެކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަމުން މައްސަލަ ބެއްލެވި ޤާޒީ ވިދާޅުވެފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުލުހުންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޒިންމާ އަދާކުރުމަށް އިޚްމާލުވެފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެކޯޓުން ބަލައިފިނަމަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ މަޤްޞަދު ގެއްލިގެން ދާނެ ކަމަށެވެ. ކޯޓުން މިނުކުތާގެ މައްޗަށް ބިނާކޮށް މައްސަލަ ނިންމިއިރު، އެނުކުތާއަކީ ދަޢުލަތުގެ ފަރާތުން ޝަރީޢަތުގައި ފާހަގަކޮށްފައިވާ ނުކުތާއެއް ނޫން ކަމަށާއި އެނުކުތާއަކީ ޤާޒީގެ އަމިއްލަ އިސްނެންގެވުމަށް، މައްސަލަ ހުށަހެޅިފަރާތަށް އެކަމާ ގުޅޭގޮތުން ބަހެއް ބުނުމުގެ ފުރުޞަތު ދިނުމަކާނުލައި ނިންމެވި ނިންމެވުމެއްކަން ފާހަގަކުރާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، އެކޮމިޝަނަށް ބެލެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަކި ވަކި ފުލުހުންގެ މައްސަލަތަކެވެ. އެހެންކަމުން، ފުލުހުންގެ އިދާރާގެ ފަރާތުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ މައްސަލަތައް ނުވަތަ އެމުއައްސަސާއިން އިހްމާލުވާ މައްސަލަތަކުގެ ޝަކުވާ ހުށަހަޅަންޖެހެނީ ވަކިވަކި ފުލުހުންގެ މައްޗަށްކަން އެމައްސަލައިގެ ނިންމުމުން އެގެއެވެ. ނަމަވެސް ޔާމިންގެ އާއިލާއިން ޤަބޫލުކުރާ ގޮތުގައި ވަކިވަކި ފުލުހުން ހިންގާ ޤާނޫނާ ޚިލާފު ޢަމަލުތަކުގެ ޒިންމާ އެފުލުހުންގެ އިތުރުން މުޅި ފުލުހުންގެ މުއައްސަސާއިން ވެސް ނަގަންޖެހޭނެ ކަމަށާއި އިންސާފަށް ވާސިލުވުމަށްޓަކައި މި ދެފަރާތަކީ ވެސް ޤާނޫނު ކުރިމަތީގައި ޒިންމާދާރުކުރެވެން ޖެހޭނެ ދެފަރާތް ކަމަށް ވެސް އާއިލާއިން ވަނީ ބުނެފައެވެ. މިއީ ޢާއިލާގެ ފަރާތުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އެޅުނު ހުރަހެއްކަމުގައި ވީނަމަވެސް، ޔާމީނަށް އިންސާފު ލިބެންދެން މިމަސައްކަތް ހުއްޓާ ނުލާނެ ކަމަށް ވެސް ޔާމިންގެ އާއިލާއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް