Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަރިވަރުންނަށް ފައިސާދިނުން

މިނިސްޓަރ ވިދާޅުވީ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވަނީ ޔުނިވަރސިޓީތަކުން ފަހު ވަގުތު އިންވޮއިސް ފޮނުވާތީކަމަށް!

4 މާރިޗު 2026 | ބުދަ 05:57

މިނިސްޓަރ ވިދާޅުވީ، ފައިސާ ދޫކުރުމުގައި އަދިވެސް ލަސްތައް އުޅޭ ކަމަށާއި، އެހެން ދިމާވަނީ ފައިސާ ދޫކުރުމުގެ ކަންކަން 3 އިދާރާއަކުން ބަލާތީކަމަށް. އެގޮތުން އެންމެ ބޮޑަށް މައްސަލަ ދިމާވަނީ ޔުނިވަރސިޓީތަކުން ފަހު ވަގުތު އިންވޮއިސް ފޮނުވާތީކަމަށް ވިދާޅުވި،

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 މާރިޗު 2026 | ބުދަ 05:57
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަޙުމަދު

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަޙުމަދު | ރާއްޖެ އެމްވީ

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވާ އެންމެ ބޮޑު ސަބަބަކީ ޔުނިވަރސިޓީތަކުން ފަހު ވަގުތު އިންވޮއިސް ފޮނުވާތީކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.

ފައިސާ ނުލިބުމުގެ ސަބަބުން ދަރިވަރުންނަށް ބޮޑެތި ދަތިތައް ކުރިމަތިވަމުންދާއިރު، އަދި އެކަންކަމުގައި މިނިސްޓްރީއާ މުއާސަލާތު ކުރުމުގެ ދަތިތައް ގިނަ ދަރިވަރުން ހިއްސާ ކުރަމުންދާއިރު، އެކަމާ ގުޅިގެން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، ދަރިވަރުންނާއި ފަސޭހައިން މުއާސަލާތު ކުރެވޭނެ ގޮތްތައް ހެދުމަށް އެންމެ ފުރަތަމަ ވަޓްސްއަޕް ގްރޫޕު ތައާރަފްކުރީ. 50 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކަށް ޚާއްސަކޮށްގެން ކަމަށެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް މިހާރު 25 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާ ޤައުމުތަކަށް ޚާއްސަކޮށްގެންވެސް ވަޓްސްއަޕް ގްރޫޕުތައް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާދެއްވާފައިވާ ކަމަށާއި، 3 ޤައުމެއް ފިޔަވައި ދެން ހުރި ޤައުމުތަކުގައި އެކަން ޤާއިމުވެސް ކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

  އެއްވެސް ގޮތަކަށް މައްސަލައެއް އެކަމުގައި އުޅޭކަން އަޅުގަނޑުމެންނަށް ފާހަގަވެފައެއް ނެތް
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަޙުމަދު

މިނިސްޓަރ ވިދާޅުވީ، ފައިސާ ދޫކުރުމުގައި އަދިވެސް ލަސްތައް އުޅޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެހެން ދިމާވަނީ ފައިސާ ދޫކުރުމުގެ ކަންކަން 3 އިދާރާއަކުން ބަލާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެންމެ ބޮޑަށް މައްސަލަ ދިމާވަނީ ޔުނިވަރސިޓީތަކުން ފަހު ވަގުތު އިންވޮއިސް ފޮނުވާތީކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

  ޕޭމަންޓު ޑިލޭތަކެއް އުޅޭ، އެހެން ވަނީ 3 އިދާރާއަކުން ބަލާފައި ފައިސާ ދޫކުރުމުގެ ކަންކަން އަންނަނީ، ބައެއް ފަހަރަށް ޔުނިވަރސިޓީތަކުން އަޅުގަނޑުމެންނަށް އިންވޮއިސް އަންނައިރު އޮންނަނީ ހަފްތާއަކަށްވެފައި ޑެޑްލައިނަށް، އެހެންވީމާ ވާ ގޮތަކީ އެ ޑެޑްލައިން މީޓް ކުރުމުގައި އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ދިމާވޭ، އެއީކަންނޭނގެ އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އަލީ ހައިދަރު އަޙުމަދު

ދުވަހުން ދުވަހަށް ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުންދާއިރު، ސްޓައިޕެންޑް ރިވިއު ކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން މިނިސްޓްރީން ބަލަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާ ޤައުމުތަކަށް ޚާއްސަކޮށް އެ މަސައްކަތް ވީހާވެސް އަވަސް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓަރހައިދަރުދަރިވަރުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ލޯން އަދި ސްކޮލަރޝިޕްގެ މައްސަލަ: ވުޒާރާ އާއި މެދު ދަރިވަރުންގެ ޝަކުވާތައް ހިމެނޭ 19 ސޮފްހާ ރިޕޯޓެއް ވަޒީރަށް!

25 ޑިސެމްބަރު 2025
ލޯން އަދި ސްކޮލަރޝިޕްގެ މައްސަލަ: ވުޒާރާ އާއި މެދު ދަރިވަރުންގެ ޝަކުވާތައް ހިމެނޭ 19 ސޮފްހާ ރިޕޯޓެއް ވަޒީރަށް!
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
05 އޮކްޓޯބަރު 2025

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ
12 ޖުލައި 2025

ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ

12 ޖުލައި 2025
ކިޔަވާކުދިންނަށް ލޯނު ދޫކުރި މިންވަރު 39 ޕަސެންޓް ދަށްވެއްޖެ
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
28 ޖޫން 2025

މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު

28 ޖޫން 2025
މެލޭޝިއާގައި ކިޔަވާ ދަރިވަރުން އަތުން 6% ޓެކްސްއެއް ނެގި ނަމަވެސް ދަރިވަރުންނަށް އެކަން ބުރައަކަށް ނުވާނެ: މިނިސްޓަރު ހައިދަރު
27 ޖޫން 2025

ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް

27 ޖޫން 2025
ފައިނު އެކްސިޑެންޓް: އަނިޔާވި ކުޑަ ދެކުދިންނާއި ޓީޗަރުގެ ހާލު ސީރިއަސް، އިތުރު ފަރުވާއަށް މާލެއަށް
01 މެއި 2025

މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އުނދަގޫވާތީ ނަސޭހަތްދިނުމަށްފަހު: ފުލުހުން

01 މެއި 2025
މުޒާހަރާ ރޫޅާލީ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އުނދަގޫވާތީ ނަސޭހަތްދިނުމަށްފަހު: ފުލުހުން
30 އެޕްރީލު 2025

ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު

30 އެޕްރީލު 2025
ދަރިވަރުންނަށް ޖަވާބު ދިނުން ލަސްވަނީ ރޭވިފައިވާ ވަރަށްވުރެން ގިނައިން ލޯނުދޭން ޖެހުމުން: މިނިސްޓަރު ހައިދަރު
20 އެޕްރީލު 2025

ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް

20 އެޕްރީލު 2025
ކިޔަވައިގެން ތިބި މީހުންގެ ދައުރު އަދާކުރުމުގައި ފަރުވާކުޑަވެއްޖެ ނަމަ މުޖުތަމައުދާނީ ފަހަތަށް، ޖެހޭނީ އިޖުތިމާއީ ބަލިތައް: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް