ދޮންނަ މެޝިނެއްގައި އަލިފާން ރޯވެ ފިހުނުމީހާގެ ހާލު ރަގަޅު: އައިޖީއެމްއެޗް
16 ސެޕްޓެމްބަރު 2017 | ހޮނިހިރު 10:02އަނިޔާ ލިބުނު މީހާގެ 55 އިންސައްތަ ވަނީ ފިހިފައި


އަލިފާން ރޯވިކަމަށް ބުނާ ދޮންނަ މެޝިން
ހުކުރު ދުވަހުގެރޭ އިރާކޮޅު ހިނގި ދޮންނަ މެޝިނެއްގައި އަލިފާން ރޯވުމުގެ ހާދިސާގައި، ފިހުނުމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި އަލިފާނުގެ ހާދިސާގައި އަނިޔާވި 57 އަހަރުގެ އަންހެން މީހާގެ ހަށިގަނޑުގެ 55 އިންސައްތަ ފިހިފައިވާކަމަށެެވެ. އަދި އޭނާއަށް މިވަގުތު ފަރުވާދެމުންދަނީ، ސާރޖިކަލް ވޯޑްގެ އައިސީޔޫގައިކަމަށް އައިޖީއެމްއެޗް އިން ބުންޏެވެ. އޭނާ މިވަގުތު އޮބްޒަވޭޝަންގައި އޮތް އިރު ހާލު ސްޓޭބަލްކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
ހުކުރު ދުވަހުގެރޭ 20.04 ހާއިރު މ. ފެސިނޭޝަން ގޭގައި ހިނގާދިޔަ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފް ފަޔަރ އެންޑު ރެސްކިޔު ސާރވިސަސް އާއި މޯލްޑިވްސް ޕޮލިސް ސާރވިސަސް އިން އަދިވެސް ދަނީ އިތުރަށް ތަހްޤީޤްކުރަމުން ނެވެ.






