Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސައީދުގެ ޖަލު ހުކުމް

ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!

އަޅުގަނޑުގެ މައްޗަށް އިއްވި ހަރާމް ހުކުމުން އެނގި ހާމަވެގެން މި ދިޔައީ ދައުލަތުގެ ހިންގުމުގެ 3 ބާރު ވަކިވެފައިވީ ނަމަވެސް ވެރިކަން ހިންގުމުގެ ބާރުން ބޭނުން ވުމުން ބޭނުންވާ މީހެއްގެ މައްޗަށް އަނިޔާވެރި ހުކުމެއް ނުހައްގުން ކުރެވިދާނެ ކަން.

ރާއްޖެ އެމްވީ | 28 ޑިސެމްބަރު 2025 | އާދީއްތަ 11:15
އަޙުމަދު ސަޢީދު މުޙައްމަދު - ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އާރާއި ބާރާ ނުފޫޒް ފޯރުވާ ވެރިން މި ދައުލަތުގެ މަތީފަޑީގައި ތިބި ކަމުގެ އަލިގަދަ ހެއްކަކީ ސަޢީދަށް ކުރި ބޭއިންސާފު ހުކުމް ކަމަށް އޭނާ ގަބޫލުކުރޭ

އަޙުމަދު ސަޢީދު މުޙައްމަދު - ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އާރާއި ބާރާ ނުފޫޒް ފޯރުވާ ވެރިން މި ދައުލަތުގެ މަތީފަޑީގައި ތިބި ކަމުގެ އަލިގަދަ ހެއްކަކީ ސަޢީދަށް ކުރި ބޭއިންސާފު ހުކުމް ކަމަށް އޭނާ ގަބޫލުކުރޭ

28 ސެޕްޓެމްބަރު 2025 ވީ އާދިއްތަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއް ގައި ކްރިމިނަލް ކޯޓުން އަޅުގަނޑުގެ މައްޗަށް އިއްވި 4 އަހަރުގެ ސިޔާސީ ނާއިންސާފު އަނިޔާވެރި ހުކުމް އިއްވި ވަގުތު ހިތައް ވެރިވެގެން ދިޔަ އަސަރުގަދަ އިހުސާސްތައް ދުލަކުން، ގަލަމަކުން ބަޔާން ކުރުމަކީ ފަސޭހަ ކަމެއް ކަމަށް ނުވި ނަމަވެސް ހަނދާނާ ތާރީޚައްޓަކައި އެ ޝުޢޫރުތައް ކޮންމެވެސް މިންވަރަކަށް ތިލަ ކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.

އަޅުގަނޑުގެ މައްޗަށް އިއްވި ހަރާމް ހުކުމުން އެނގި ހާމަވެގެން މިދިއައީ ދައުލަތުގެ ހިންގުމުގެ 3 ބާރު ވަކިވެފައިވީ ނަމަވެސް ވެރިކަން ހިންގުމުގެ ބާރުން ބޭނުން ވުމުން ބޭނުންވާ މީހެއްގެ މައްޗަށް އަނިޔާވެރި ހުކުމެއް ނުހައްގުން ކުރެވިދާނެ ކަމެވެ.

ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ސަރީހަ ބަހުން ހުރިހާ ހަސްމުންނަށް ވެސް އިންސާފާ ހަމަހަމަކަން ގާއިމު ކޮށްދިނުމަށް އޮތް ނަމަވެސް ދައުލަތުގެ ބާރުތަކުން ޖަންގަލީގެ ގާނޫނުތައް ދަމަހައްޓާކަމެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް (وَإِذَا حَكَمْتُم بَيْنَ ٱلنَّاسِ أَن تَحْكُمُوا۟ بِٱلْعَدْلِ) ލިޔެފައިވާ ބޯޑެއް ފުރަގަހުގައި އަޅުވައިގެން ތިބެމެ ވަކި މީހެއްގެ އަމުރަށް އަދި ތިމާ އަށް ވަގުތީ މަންފާ ހޯދުމުގެ ދަހިވެތިކަމުގައި ﷲގެ ވަހީ ބަސްފުޅަށް ގޮންޖައްސަވާ އެ ފަދަ އަނިޔާވެރި ހުކުމް އިއްވުމުން އެ ފަދަ މީހުންނަށް ހުރި ވޭނީ އަޒާބާއި އަދި އެފަދަ މީހުންގެ ކިބައިގައި ޖާހިލުކަން ހުރި މިންވަރު އިހުސާސް ކުރެވި ލޮލުން ކަރުނަ ފާއްދާލެވުނެވެ.

މާއިދާ ސޫރަތުގެ 8 ވަނަ އާޔަތުގެ މާނަ ކިއުއްވާ ވިސްނާލައްވާށެވެ.

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށްޓަކައި އެކަލާނގެ حق ތައް ފުރިހަމަޔަށް قائم ކުރާ، އަދި عدل އަށް ހެކިދޭ ބަޔަކު ކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدل ވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން عدل ވެރިވާށެވެ! އެގޮތް تقوى ވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

މާއިދާ ސޫރަތުގެ 45 ވަނަ އާޔަތުގެ ފަހު ކަލިމަތަކަށް ވިސްނަވާށެވެ.

"މާތް اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރިންނެވެ."

މާއިދާ ސޫރަތުގެ 47 ވަނަ އާޔަތަށް ވިސްނާލާށެވެ.

"إنجيل ގެ أهل ވެރިން އެ إنجيل ގައި اللَّه ބާވައިލައްވާފައިވާ حكم ން حكم ކުރާހުށިކަމެވެ! އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ."

ﷲގެ ވަހީ ބަސްފުޅުތަކާ ޚިލާފަށް، ޢަދުލުވެރިކަމެއްނެތި ޙުކުމްކުރާ ފަރާތްތަކަށް ކުރިމަތިވާ ނިމުމުގެ ނުރައްކާތެރިކަން، އެތައް ފަހަރަކު ހިތަށް އަރައެވެ. ﷲގެ ގަދަފަދަ ކޯފާގެ ހުރި ބިރުވެރިކަން ކުޑަވެސް މިންވަރަކަށް ތަސައްވުރު ނުކުރެވޭ ކަމަކީ، ކިހާ ޖާހިލު ސިފައެއްތޯ އެވެ. މިފަދަ މީހުންނަށް ދުނިޔެ އާއި އާޚިރަތުގައި ކުރިމަތިވާ ހިތާމައިގެ ބޮޑުކަން އިޙްސާސްކުރެވި، އޭގެ ސަބަބުން ކަރުނައަޅައި ރޮވޭނެ އެވެ. ވަގުތީ މި ދުނިޔެއަށް މިފަދަ ފަރާތްތައް ޣާފިލްވެފައި ތިބުމަކީ ކިހާ ބަދުނަސީބު ކަމެއްތޯ އެވެ؟

އަޅުގަނޑަށް ކުރިމަތިވި މި ބޭއިންސާފު ސިޔާސީ ހަރާމް ހުކުމުގެ ސަބަބުން، އިންސާފާއި ހަމަހަމަކަމަށް ފުރަގަސްދީ، އަނިޔާވެރިކަމުގެ ސަގާފަތެއް ދެމެހެއްޓުމަށް މަސައްކަތްކުރާ، އަދި ޖާހިލު ވިސްނުންތަކެއް ގެންގުޅޭ ވެރިން އަދިވެސް ދައުލަތުގެ ތެރޭގައި ތިބޭކަން ހާމަވެގެން ދިޔައެވެ. ޢަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް އާރާއި ބާރާ ނުފޫޒް ފޯރުވާ ވެރިން މި ދައުލަތުގެ މަތީފަޑީގައި ތިބި ކަމުގެ އަލިގަދަ ދަލީލް އަޅުގަނޑުގެ މައްޗަށް އިއްވި ޙަރާމް ހުކުމުން ފެންނަން އެބަ އޮތެވެ.

އަޅުގަނޑުގެ ލޮބުވެތި ޢާއިލާ އާއި އިޚްލާސްތެރި ރަޙުމަތްތެރިންނާ ވަކިކޮށް ޖަލުގެ ތޭރިތަކުގެ ޝިކާރައަކަށް އަޅުގަނޑު ވީ ނަމަވެސް އަޅުގަނޑުގެ އިޚުލާސްތެރި ތެދުވެރި ޚިދުމަތް ފެނި އުފާ ކުރާނެ އެވެ.

ފަރުޟު ފަސްނަމާދުގެ ބަންގީގެ އަޑުއިވުމުން މަހުރޫމް ކުރެވި އަޑުގަދަ އިންޖީނުގެތައް ރަށްރަށުގެ އެކަހެރި ސަރަހައްދުތަކަށް ބަދަލު ކޮށް ޒަމާނުއްސުރެން ދިވެހި އެތަކެއް ރައްޔިތުން ތަހައްމަލު ކުރަމުންގެންދިއަ ތަކުލީފުތަކަށް ކުރު މުއްދަތެއްގެ ތެރޭ ދާއިމީ ހައްލެއް ގެނެސްދެވުނީތީވެ، މިއަދު ޖަލުގެ ތޭރިތަކުގައި އިންނަ އިރުވެސް އުފާވެރި ކަމާއި ހިނިތުންވުން އަޅުގަނޑަށް އިހުސާސް ކުރެވެމުން ދެ އެވެ.

ރަށްރަށުގައި ހިންގަމުންދިޔަ ގެނދަބުޅި އިންޖީނުގެ ތަކާއި ބޮނބިނަރު ނެޓްވޯކްތަކާ ދިގު ގޮނޑީގެ އޮފީސްތަކަށް ނިމުމެއް ގެނެސްދީ ހިނިތުން ކުރުވަނިވި ދާއިމީ ޙައްލެއް ޒަމާނާ އެއްގޮތަށް ގެނެސްދެވުނުކަމުގެ އުފާވެރިކަން ވެސް ހިތައްވެރިވަމުން ދެ އެވެ.

ލިބުނު ކުޑަފުރުސަތުގައި ކުރިމަތި ކުރުވި ގިނަގުނަ ގޮންޖެހުންތަކާ އެކުވެސް ދިވެހި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދީފައިވާނީ ތެދުވެރިކަމާ އަމާނާތްތެރިކަމާ އެކީ އިޚުލާސްތެރިކަން އިސްކޮށް ހެޔޮނިޔަތަކާ އެކު ކަން ﷲ ހެކިވެވޮޑިގަންނަވާނެ އެވެ.

އިންތިޚާބުތަކުގައި މަކަރާއި ހީލަތްތެރިކަން އިސްކޮށް ދޮގު ވަޢުދުތައް ވަމުން، އަނިޔާވެރި ހީލަތްތެރި މެނިފެސްޓޯތައް އެކުލަވާލައިގެން އުޅޭ އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށްލުން ވެގެން މިދިއައީ އެފަދަ އަނިޔާވެރިންގެ ޖާހިލުކަމާއި ތަކައްބުރުކަން ފިރިއައުނަށްވުރެ ވެސް މަތީ ދަރަޖައެއް ގައި ހުރިކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ހާމަވެގެން ދިޔަކަމެވެ. ރަށްރަށުގެ މަލަމަތިން ފެންނަ ޗާލު ބިނާތަކާ، ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުން ހަޖަމް ނުކުރެވުމަކީ ކިހާ ބޯދާ ވިސްނުމެއްތޯ؟

"ޟާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުސާދުގައި ޚާލިގުމް ކަރުނައިން ނިވާކަން ނޭގެނީތަ އަޖައިބެކޭ."

"މިތުރުންގެ ހިތައް ދަތިކުރި ކަޅުފޮއި ކޮންމެ ރެއެއް ފިތުރަތުގެ އުސޫލުން ނިމިގެން ދަނީ ފަތިހަށޭ އަމުދުން."

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

25 އޮކްޓޯބަރު 2025
ސައީދުގެ މައްޗަށް ޙުކުމް ކުރީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒު ކުރުމަށް، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް: މައުރޫފް

ސައީދުގެ މައްޗަށް ޙުކުމް ކުރީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒު ކުރުމަށް، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް: މައުރޫފް

29 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

28 ޖޫން 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު