Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސައީދުގެ ޖަލު ހުކުމް

ސައީދުގެ ގަލަމުން: ވަގުތީ ބާރުވެރިކަމަށްޓަކައި ޝަރުޢީ ނިޒާމް ގަޑުބަޑުކޮށް، ނުރުހޭ މީހާ އަށް އަނިޔާވެރިވުމުގެ ބިރުވެރި ސަގާފަތް، މިއަދު އިޙުސާސް މި ކުރަނީ ލާ އިންސާނީ އަނިޔާވެރިކަމުގެ ދިރިހުރި މިސާލެއް

ވަގުތީ ބާރުވެރިކަން ހޯދުމަށްޓަކައި ތިމާމެންގެ ނެތް ތެދުވެރިކަމަކާއި ނެތް އިޚުލާސްތެރިނިޔަތެއް އަދި ރައްޔިތުންގެ މެދުގައި ނެތް ލޯތްބެއް ގަދަ ބާރުން ހޯދުމަށްޓަކައި މަހުޝަރު ދުވަހަކީ އަންނާނެ ދުވަހެއް ކަމަށް ނުދެކި ނުބައި ރޭވުންތައް ރާވާ މުއައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ކޮށް ޝަރުޢީ ނިޒާމް ވެސް ގަޑުބަޑުކޮށްގެން ނުހައްގުން އަނިޔާ ދިނުމުގެ އާޚިރު ނަތީޖާ އަކީ އެފަދަ ފާސިގުން ދެ ދުނިޔޭގަ ވެސް ބޭޒާރުވުން.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 10:54
އަޙުމަދު ސަޢީދު މުޙައްމަދު - ހުރަގޭގެ ތޭރިތަކުގެ ޝިކާރައަކަށް މިވީ ސިޔާސީ ބައެއް އަނިޔާވެރިންގެ ނުކުޅެދޭ ބޯދާ ސިޔާސަތެއްގެ ސަބަބުން ކަން މިއަދު ހާމަވޭ.

އަޙުމަދު ސަޢީދު މުޙައްމަދު - ހުރަގޭގެ ތޭރިތަކުގެ ޝިކާރައަކަށް މިވީ ސިޔާސީ ބައެއް އަނިޔާވެރިންގެ ނުކުޅެދޭ ބޯދާ ސިޔާސަތެއްގެ ސަބަބުން ކަން މިއަދު ހާމަވޭ. | ރާއްޖެއެމްވީ ގްރެފިކްސް

އަނިޔާވެރިވުމަކީ ނާއިންސާފުން ނުޙައްގުން ކަންކަން ކުރުމެވެ. އިސްލާމީ ޝަރީޢަތާއި، ސަމާވީ އެހެނިހެން ޝަރީއަތްތަކުގައި ވެސް އަނިޔާވެރިވުން ވަނީ ޙަރާމް ކުރައްވާފަ އެވެ. އަދި ހަމައެހެންމެ ވަޟަޢީ އެންމެހާ ފަލްސަފާތަކުގައި ވެސް އަނިޔާވެރިވުން ވަނީ ޙަރާމް ކުރައްވާފަ އެވެ.

އަނިޔާވެރިވުން ވަނީ ޙަރާމް ކަމެއް ކަން އިލާހީ ޤާނޫނާއި ކީރިތި ރަސޫލާގެ އަގުމާތް ސުންނަތުން ވެސް ކަށަވަރުވެފަ އެވެ.

ރިވާހުލް މުސްލިމްގައި ވެއެވެ.

"އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭ އެވެ! ތިމަން ރަސްކަލާނގެ ވަނީ ތިމަން ރަސްކަލާނގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިވުން ޙަރާމް ކުރައްވާފަ އެވެ. އަދި ތިޔަބައި މީހުން އެއްބަޔަކު އަނެއްބަޔަކާ މެދު ތިޔަބައި މީހުން އަނިޔާވެރިވުމަކީ ވެސް ތިމަން ރަސްކަލާނގެ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ފަހެ ތިޔަބައި މީހުން އަނިޔާވެރި ނުވާށެވެ"

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ޢަދުލުވެރިވުމަށާއި، ޢަދުލުވެރިކަން ދެމެހެއްޓުމަށް ވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފަ އެވެ. އިސްލާމް ދީނަކީ އެއްވެސް ތަފާތު ކުރުމެއްނެތި އެކަލާނގެ ޙަލްގު ކުރެއްވި އެންމެހާ މަޚްލޫގުންނަށް ޢަދުލުވެރިކަން ގާއިމުކޮށް ރައްކާތެރިކަން ހޯދާ ދީފައިވާ ދީނެވެ. އަދި އެހެންމެ އެއްވެސް ހާލެއްގައި އަނިޔާވެރިވުން ވަނީ ޙަރާމް ކުރައްވާފަ އެވެ.

މިއަދު މިކުޑަ ކުޑަ އިސްލާމީ މުޖުތަމައުގައި އެކި ގޮތްގޮތަށް އަނިޔާވެރިކަން ފެތުރެމުން މިދަނީ ބިރުވެރިވާހާ މިންވަރަށެވެ. ފިތުނަވެރި ކަމާ ހަސަދަވެރިކަން އާއްމުވެފައިވަނީ ކަންބޮޑުވާ މިންވަރަށެވެ.

ބާރުވެރިކަމާ ޢިއްޒަތާ ޝަރަފަކީ އެކަލާނގެ މިންވަރު ކުރައްވާ އަޅަކަށް ހުވަފެނީ ކަމެއް ކަމަށް ޔަގީން ނުކުރެއްވުމަކީ ކިހާ ޣާފިލް ކަމެއްތޯ އެވެ. މިދުނިޔެ އަކީ ކެހިވެރި ވަގުތީ ދުނިޔެ އެއް ކަން ޔަގީން ކަމާ އެކު ޤަބޫލު ނުކުރެއްވި ތަކައްބުރުކަމާ އެކު ނުރުހޭ މީހާ އަށް އެކި ގޮތް ގޮތުން އަނިޔާވެރިވަމުންދާ ސަގާފަތަކީ ޒަމާނުއްސުރެ މި މުޖުތަމަޢުގާ އާލާވަމުންދާ ވަރަށް ވެސް ބިރުވެރި ސަގާފަތެއްކަން ފާހަގަ ކުރަނީ ހިތާމަޔާއެކު ގައެވެ. ނިކަން ވިސްނާ ފިކުރު ކުރައްވާށެވެ.

ކީރިތި ޤުރުއާން ގެ ސޫރަތުލް ހަދީދްގެ ފަހު އާޔަތުގައި ﷲ ވަޙީ ކުރައްވަނީ ﴿20﴾ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

މާނައަކީ "ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެތެވެ."

ހަމައެހެންމެ ސޫރަތުލް ރަހުމާންގެ 26 އަދި 27 ވަނަ އާޔާތުގައި މާތްﷲ ވަހީ ކުރައްވާފައިވެ އެވެ.

﴿26﴾ كُلُّ مَنْ عَلَيْهَا فَانٍ "އެ ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ."

﴿27﴾ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ "އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذات ފުޅު ދެމިވޮޑިގެންވެއެވެ."

މިކާއިނާތުގެ ވެރިރައްބުގެ މި މާތް ބަސްފުޅުތަކަށް ގޮންޖައްސަވާ ހާސް އަހަރަށް ބާރުވެރިކަމުގައި މި ދުނިޔެ މަތީގައި ތިބެވޭނެ ކަމަށް ދެކި މާއްދީ ވަގުތީ ލައްޒަތަށްޓަކައި ބާރުވެރިކަމެއް ލިބޭ މަދު ވަގުތުކޮޅު ޙަސަދަވެރިކަމާއެކު ނުރުހޭ ވަކި މީހަކަށް އަނިޔާވެރިވުމަށް އަވަސްވެގަތުމަކީ ކިހާ ބިރުވެރިކަމެއްތޯ އެވެ. ޙަރާމް ކުރެއްވި އަނިޔާވެރިކަން ދެމެހެއްޓުމީ ކިހާ އަބާއްޖަވެރި ކަމެއްތޯ އެވެ.

އަނިޔާވެރިންނަށް މަހުޝަރު ދުވަހު ލިބިގެންދާނެ ވޭން ދެނިވި ޢަޒާބުގެ ބިރުވެރިކަން އިޙުސާސްކޮށްލައްވާށެވެ. ކީރިތި ގުރުއާނުގެ ސޫރަތުލް ޣާފިރުގެ 17 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެ އެވެ.

﴿17﴾ الْيَوْمَ تُجْزَىٰ كُلُّ نَفْسٍ بِمَا كَسَبَتْ ۚ لَا ظُلْمَ الْيَوْمَ ۚ إِنَّ اللَّهَ سَرِيعُ الْحِسَابِ

"މިއަދު (އެބަހީ: قيامة ދުވަހު) ކޮންމެ نفس އަކަށްމެ، އެنفس އެއް ހޯދިކަމެއްގެ ޖަޒާދެއްވާނެތެވެ. މިއަދު އެއްވެސް ބޭއިންސާފެއް ނެތެވެ. ހަމަކަށަވަރުން اللَّه އީ حساب ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެ އެވެ."

ސޫރަތުލް ޣާފިރުގެ 18 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެ އެވެ.

﴿18﴾ وَأَنذِرْهُمْ يَوْمَ الْآزِفَةِ إِذِ الْقُلُوبُ لَدَى الْحَنَاجِرِ كَاظِمِينَ ۚ مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ

"ކައިރިވަމުންއަންނަ ދުވަހާމެދު، ކަލޭގެފާނު އެއުރެންނަށް إنذار ކުރައްވާށެވެ! މޮޅިޔާއި، ހިތާމައިން ފުރިގެންވާ حال، ހިތްތައް ކަރުތެރެޔަށް އަރައިގެން އަންނަހިނދެވެ. (އެދުވަހުން) އަނިޔާވެރިންނަކަށް رحمة ތެރިޔަކު ނުވަތަ ކިޔަމަންގަނެވޭ شفاعة ތެރިޔަކުވެސް ނުވެ އެވެ."

ސޫރަތުލް އަންބިޔާގެ 46 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައި ވެއެވެ.

﴿46﴾ وَلَئِن مَّسَّتْهُمْ نَفْحَةٌ مِّنْ عَذَابِ رَبِّكَ لَيَقُولُنَّ يَا وَيْلَنَا إِنَّا كُنَّا ظَالِمِينَ

ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب ން ކިތަންމެ ކުޑަ މިންވަރެއް އެއުރެންގައި ބީހުނަސް، ހަމަކަށަވަރުން، އެއުރެން ބުނާނެތެވެ. އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން، ތިމަންމެން އަނިޔާވެރިން ކަމުގައިވީމު އެވެ.

ސޫރަތުލް ޣާފިރުގެ 52 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައި ވެއެވެ.

﴿52﴾ يَوْمَ لَا يَنفَعُ الظَّالِمِينَ مَعْذِرَتُهُمْ ۖ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ

(އެއީ) އަނިޔާވެރިންނަށް އެއުރެންގެ عذر ދެއްކުން މަންފާއެއް ނުކުރާނޭ ދުވަހެވެ. އަދި އެއުރެންނަށް ހުރީ لعنة އެވެ. އަދި އެއުރެންނަށްހުރީ ނުބައިވެގެންވާ ގޮވައްޗެވެ.

ވަގުތީ ބާރުވެރިކަން ހޯދުމަށްޓަކައި ތިމާމެންގެ ނެތް ތެދުވެރިކަމަކާއި ނެތް އިޚުލާސްތެރި ނިޔަތެއް އަދި ރައްޔިތުންގެ މެދުގައި ނެތް ލޯތްބެއް ގަދަ ބާރުން ހޯދުމަށްޓަކައި މަހުޝަރު ދުވަހަކީ އަންނާނެ ދުވަހެއް ކަމަށް ނުދެކި އަދި އެދުވަހުގެ ބިރުވެރި ނުބައި ރޭވުންތައްރާވާ މުވައްސަސާތައް ނަހަމަ ގޮތުގައި ބޭނުން ކޮށް ޝަރުޢީ ނިޒާމް ވެސް ގަޑުބަޑުކޮށްގެން ނުހައްގުން އަނިޔާ ދިނުމުގެ އާޚިރު ނަތީޖާ އަކީ އެފަދަ ފާސިގުން ދެ ދުނިޔޭގަ ވެސް ބޭޒާރުވެ ތިމާގެ މުޅި ހަޔާތް ޚަރާބުގެ މަގުން ޙަލާކުވެގެން ދިއުން އިބުރަތަކަށް ނުފުދޭތޯ އެވެ.

އަޅުގަނޑު މިއަދު ހުރަގޭގެ ތޭރިތަކުގައި އިހުސާސް ކުރަމުން މިދަނީ އެފަދަ ލާ އިންސާނީ ބިރުވެރި އަނިޔާތަކެއްގެ ދިރިހުރި މިސާލެކެވެ. ނުޙައްގުން ހަރާމް އަނިޔާވެރި ހުކުމެއް ކޮށް ލޯބިވާ އާއިލާ އާ އެކަހެރިކޮށް އިސްލާމް ދީނުގެ މާތް އަޅުކަންތައް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަހުރޫމްކޮށް އަދި ދުވަހުން ދުވަހަށް ބޭނުންވާ ޒަރޫރީ ކަންކަމުން ވެސް އެއްކިބާކޮށް ހުރަގޭގެ ތޭރިތަކުގެ ޝިކާރައަކަށް މިވީ ސިޔާސީ ބައެއް އަނިޔާވެރިންގެ ނުކުޅެދޭ ބޯދާ ސިޔާސަތެއްގެ ސަބަބުން ކަން މިއަދު ހާމަވެގެންދެ އެވެ.

މޮޅިވެރިކަމާ ހިތްދަތި ކަންމަތީ އިންސާފުގެ ތަރާދަށް އިންތިޒާރު ކުރަމުންދާއިރު ހިތައް ކުރެވޭ އިހުސާސްތައް ވަރަށް ވެސް ގިނަވެފައި ހިތާމަވެރި އެވެ. މި ދުނިޔޭގެ އެއްވެސް ކަމެއް ތާ އަބަދުމެ އެއްގޮތަކަށް ނޯންނާނެ ކަމާ އިރާދަ ކުރެއްވިއްޔާ ﷲގެ ތަނަވަސް ރަހުމަތާއެކު މި ދުވަސް ނިމި މާ އުޖާލާ މާދަމާ އެއް ﷲ މިންވަރު ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކު ދުވަސްތައް ގުނަމެވެ.

މިދުވަސްވެސް މާޒީ ވެދާނެ އެވެ. ވާދަވެރިންނަށް ހަޖަމް ނުވުން ކިހާ ޖާހިލު ތޯއެވެ. ވަރަށް ފުންކޮށް ވިސްނާ ޖާހިލު އަނިޔާވެރި ވިސްނުން ދޫކޮށް ހެޔޮ އަމަލުތައް ކުރުމަށް އަވަސްވެގަތުން ކިހާ ބުއްދިވެރިތޯ އެވެ. ތައުބާ ވެގަތުން އަވަސްކޮށް މަހުޝަރު ދުވަހަށް ތައްޔާރުވެލައްވާށެވެ.

ސޫރަތުލް އާލް އިމްރާންގެ 185 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައިވެ އެވެ.

﴿185﴾ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ

މާނައީ؛ "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި، (ތިޔަބައިމީހުން ކުޅަ عمل ތަކަށް) ތިޔަބައިމީހުންނަށް ފުރިހަމަޔަށް ޖަޒާ ދެއްވާނެކަން ކަށަވަރީ، قيامة ދުވަހުންނެވެ. ފަހެ، ނަރަކައިން އެއްކިބާކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ، އެމީހަކު نصيب ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެ އެވެ."

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

ރައްޔިތުންގެ ތަކްލީފުތަކަށް ހޯދައިދިން ހައްލު، ބައެއް ސިޔާސީ ބޭފުޅުންނަށް ހަޖަމެއް ނުވި، ނަތީޖާ އަކީ ސިޔާސީ ހަރާމް ހުކުމް: ސައީދު

18 ޖެނުއަރީ 2026
ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!

ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!

28 ޑިސެމްބަރު 2025
ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

25 އޮކްޓޯބަރު 2025
ސައީދުގެ މައްޗަށް ޙުކުމް ކުރީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒު ކުރުމަށް، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް: މައުރޫފް

ސައީދުގެ މައްޗަށް ޙުކުމް ކުރީ ސެލެކްޓިވްކޮށް ވަކި ބަޔަކަށް އަމާޒު ކުރުމަށް، މިއީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ހުކުމެއް: މައުރޫފް

29 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު