Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން އެމެރިކާ ހަމަނުޖެހުން

ފޯޅަވަހި ހިމެނޭ ގޮތަށް އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭނެކަމަށް އީރާނުން އިންޒާރުދީފި

20 ފެބުރުއަރީ 2026 | ހުކުރު 08:33

އީރާނުގެ ނިއުކްލިއާ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތާ ގުޅިގެން، އެމެރިކާއިން އަސްކަރީ ހަމަލާއެއް ދީފިނަމަ އެ ގައުމުގެ މަރުކަޒުތަކަށް ރައްދު ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން އދ. އަށް ދީފި. ދެ ގައުމުގެ ދެމެދުގައި މަސްރަހު ގޯސްވެ، އެމެރިކާއިން ސަރަހައްދަށް ސިފައިން ޖަމާކުރަމުންދާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ނަމަވެސް، އޮމާން މެދުވެރިވެގެން ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުންމީދު އޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފަ.

މަޚްތޫމް
މަޚްތޫމް | 20 ފެބުރުއަރީ 2026 | ހުކުރު 08:33
ފޯޅަވަހީގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ ބޭސް.

ފޯޅަވަހީގައި އެމެރިކާއިން ގާއިމްކޮށްފައިވާ އަސްކަރީ ބޭސް. | ގެޓީ އިމޭޖަސް

އެމެރިކާއިން ދެމުންދާ އަސްކަރީ އިންޒާރުތަކާ އެއްގޮތަށް އަމަލުކޮށްފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި، ވަސީލަތްތަކާއި އަދި މުދަލަކީ އީރާނުން ހަމަލާދިނުން ހުއްދަ "ޝަރުއީ އަމާޒުތަކެއް" ކަމަށް ބަލާނެ ކަމުގެ އިންޒާރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ހުކުރު ދުވަހު އީރާނުން ފޮނުވި ސިޓީއެއްގައި ދީފި އެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އާމިރު ސައީދު އިރަވާނީ ފޮނުއްވި މި ސިޓީގައި ވިދާޅުވީ، އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް "ސާބިތުކަމާއެކު" ރައްދުދޭނެ ކަމަށާއި، އެ ސަރަހައްދުގައި ހިންގާ އަސްކަރީ އުދުވާންތަކުގެ ނަތީޖާ ވަރަށް ހިތިވާނެ ކަމަށެވެ.

އީރާނުގެ އިންޒާރު މިހެން ދީފައިވާއިރު، ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހީގައި ވެސް އެމެރިކާގެ އަސްކަރީ ބޭހެއް އޮވެ އެވެ. އަދި އެއީ އީރާނަށް ހަމަލާ ދިނުމަށް އެމެރިކާ ބޭނުން  ކުރާ އެއް މަރުކަޒުކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. 

މި ކުރިމަތިލުންތައް އުފެދިފައި މިވަނީ، ނިއުކްލިއާ މައްސަލައިގައި ވޮޝިންޓަނާއެކު އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް "ގިނަވެގެން 10 ނުވަތަ 15 ދުވަހުގެ" މުހުލަތެއް ދެއްވުމާ ގުޅިގެންނެވެ. އަދި ދެ ފަރާތުން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ "ނުރައްކާތެރި ކަންތައްތަކެއް" ހިނގާނެ ކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އދ. ގައި ހުންނަ އީރާނުގެ މިޝަނުން ޓްރަމްޕްގެ ވާހަކަތަކަށް ފާޑުކިޔަމުން ބުނީ، މިއީ އަސްކަރީ އުދުވާނެއް ފެށުމުގެ ހަގީގީ ބިރު އޮތް ކަމުގެ ނިޝާނެއް ކަމަށެވެ. ނަމަވެސް، ތެހެރާނުން ހަނގުރާމައަކަށް ބޭނުންނުވާކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައިވަނީ، ކޮންޓްރޯލް ނުކުރެވޭ ފަދަ ނުރައްކާތެރި ނަތީޖާއެއް ނުކުމެދާނެ ކޮންމެ ކަމެއްގެ ފުރިހަމަ އަދި ސީދާ ޒިންމާ އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށެވެ.

މެދުއިރުމަތީގައި މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި އެމެރިކާއިން އަސްކަރީ ބާރުތައް ޖަމާކުރަމުންދާތީ އދ. އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް، އެހެން ފަރާތްތަކެކޭވެސް އެއްފަދައިން، މި ފެންނަ އަސްކަރީ ތައްޔާރުތަކާއި، ހަނގުރާމައިގެ ކުޅިވަރުތަކާއި އަދި ތަމްރީނުތަކާ މެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން، އޮމާން މެދުވެރިވެގެން ކުރިއަށްގެންދާ މަޝްވަރާތައް އީރާނާއި އެމެރިކާއިންވެސް ކުރިއަށް ގެންދިއުމަށް އދ. އިން ބާރުއަޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ބޭއްވި މަޝްވަރާތަކުގެ ދެވަނަ ބުރު، އޮމާން މެދުވެރިވެގެން ފެބްރުއަރީ 17 ވަނަ ދުވަހު ޖެނީވާގައި ވަނީ ބާއްވާފަ އެވެ. އެ މަޝްވަރާތަކަށްފަހު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އެއްބަސްވުމަކަށް އާދެވިދާނެ ފަދަ ލިޔެކިޔުންތަކެއް އެކުލަވާލުމަށް ތެހެރާނާއި ވޮޝިންޓަނުން މަސައްކަތް ކުރާނެ ކަމަށެވެ.

އެމެރިކާގެ ދެ މަތިންދާބޯޓު އުފުލާ މަނަވަރާއި އެތައް ހާސް ސިފައިންނެއް ގަލްފް ސަރަހައްދަށް ފޮނުވާފައިވާ ޓްރަމްޕް، ސޯޝަލް މީޑިއާގައި ވަނީ އީރާނަށް ދޭ އިންޒާރުތައް ވަރުގަދަކުރައްވާފަ އެވެ.

ޓްރަމްޕްގެ "ޓްރުތް ސޯޝަލް" ޕްލެޓްފޯމްގައި ލިޔުއްވާފައިވަނީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންނުވާނަމަ، "ނުރައްކާތެރި ސަރުކާރަކުން" ދީފާނެ ހަމަލާއެއް ނައްތާލުމަށްޓަކައި، ޗާގޯސް އައިލެންޑްސްގައި އޮންނަ އިންޑިއާ ކަނޑުގެ ވައިގެ މަރުކަޒު ބޭނުންކުރަން އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށެވެ.

މީގެ ކުރިން ކުރެވުނު މަޝްވަރާތައް މިދިޔަ އަހަރު ނާކާމިޔާބުވީ، އިސްރާއީލުން އީރާނަށް ހަމަލާދީ 12 ދުވަހުގެ ހަނގުރާމައެއް ފެށުމުންނެވެ. އެ ހަނގުރާމައިގައި އެމެރިކާއިން ބައިވެރިވެ، އީރާނުގެ ފޯޑޯ، ނަޓާންޒް އަދި އިސްފަހާންގައި ހުރި ނިއުކްލިއާ ތިން މަރުކަޒަކަށް ބޮން އަޅާފައިވެ އެވެ.

ޓްރަމްޕް އެންމެ ފުރަތަމަ އަސްކަރީ ހަމަލާއެއްގެ އިންޒާރު ދެއްވީ، ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި މީހުންނަށް އީރާނުން ދިން ނުރައްކާތެރި ހަމަލާތަކާ ގުޅިގެން ޖެނުއަރީ މަހުގަ އެވެ. އޭގެ ރައްދުގައި ތެހެރާނުން ވަނީ ގަލްފްގެ ތެޔޮ ބޭރުކުރާ މައި މަގު ކަމަށްވާ ސްޓްރެއިޓް އޮފް ހޯމްޒް ބަންދުކުރާނެ ކަމުގެ އިންޒާރުދީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމަށް ބުނެފަ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއީރާން ނިއުކްލިއަރ ޕްރޮގްރާމްފޯޅަވަހިއީރާން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖުލައި 2026

އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟

24 ޖުލައި 2026
އެމެރިކާގެ ޕެންޓަގަންއަށް އެތައް އަހަރެއް ކުރިން ބޭނުންކުރުން ހުއްޓާލާފައިވާ މުސްކުޅި މިސައިލްތައް ހޯދަން މަޖުބޫރުވީ ކީއްވެ؟
24 ޖުލައި 2026

ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟

24 ޖުލައި 2026
ހޫޘީން ޗައިނާގެ އުޅަނދުފަހަރަށް ހުއްދަ ދެނީ، ބުރާސްފަތިދުވަހު ހުރްމުޒް ހުރަސްކުރީ އެންމެ ޓޭންކަރެއް، އެމެރިކާއާ އީރާނުން ހަމަލާ ބަދަލުކުރަނީ: އެންމެ ފަހުން ހިނގީ ކޮން ކަމެއް؟
24 ޖުލައި 2026

ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި

24 ޖުލައި 2026
ބަހްރައިންއާއި އުރުދުންގައި ހުންނަ އެމެރިކާގެ މުހިންމު ދެ އަސްކަރީ މަރުކަޒަކަށް އީރާނުގެ އަސްކަރިއްޔާއިން ހަމަލާދީފި
24 ޖުލައި 2026

އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި

24 ޖުލައި 2026
އިރާގުގެ ބޮޑުވަޒީރު މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް އީރާނުން ނޫނެކޭ ބުނެފި
24 ޖުލައި 2026

އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!

24 ޖުލައި 2026
އީރާނުން އިނގިރޭސިވިލާތައް - ތިޔައީ މި ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވި ހުރިހާ ނުބައިކަމެއްގެ އަސްލު، ރެކޯޑު އިތުރަށް ހަޑިކުރާނެ ކަމެއް ނެތް، ހަމަލާތަކުގައި ބައިވެރިވާނަމަ ހަމަލާ ދޭނަން!
24 ޖުލައި 2026

ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި

24 ޖުލައި 2026
ޓްރަމްޕް ހުންނެވީ "ބަދަލުހިފުމުގެ ރޫހެއްގައި" - މެދުއިރުމައްޗަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަން ފަށައިފި
24 ޖުލައި 2026

އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި

24 ޖުލައި 2026
އެމެރިކާގެ ރައީސް އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވުމަށްފަހު، ޖެހިޖެހިގެން 13 ވަނަ ރޭ އީރާނަށް ބޮންއަޅައިފި
23 ޖުލައި 2026

އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ

23 ޖުލައި 2026
އީރާނުން އެމެރިކާގެ ހަމަލާތަކަށް ރައްދުދޭން އާ ގޮތްތަކެއް ރާވައިފި ކަމުގައި އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެ
23 ޖުލައި 2026

ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"

23 ޖުލައި 2026
ރޫބިއޯ: ޓްރަމްޕްގެ ސިޔާސަތަކީ "ލޮލަކަށް ބޮލެއް"
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް